logo
Bank of Maldives

Bank of Maldives

ޚަބަރު

މުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙް

ޢައްފާން މުޙައްމަދު
4 އޮކްޓޯބަރު 2025 - 05:58
މުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން  ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙް

އެމްޑީޕީން މީގެ އެތައް ދުވަސްތަކެއް ކުރިން ފެށިގެން ރާވައި އިންތިޒާމުކުރަމުން އައި އެއްވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން މާބޮޑު ތަރުހީބެއް ލިބިފައިނުވާއިރު، އެ އެއްވުމުން ހާމަވެގެން ދިޔައީ، މި ސަރުކާރާ މެދު ރައްޔިތުން ތިބީ ލޮލުން ބޮލުން ރުހިގެންކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާޙީމް ފަލާހް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވަނީ، އެމްޑީޕީން ބޭއްވި އެއްވުމުން "ބުނެދިން" އެތައް ވާހަކައެއް ހިއްސާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާޙް ވަނީ، ދެމަސްދުވަސް ވަންދެން ކޮށްމެރެއަކާއި ކޮށްމެދުވަހަކު އެމްޑީޕީގެ މުޅި ލީޑަރޝިޕާއި. އާންމު އެތައް މެމްބަރުންނެއް މާލެ،ހުޅުމާލެ،،ވިލިމާލެެ އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް 188 ރަށުގައި، މި މުޒާހަރާއަށް މީހުން ގެނައުމަށް ކުރި ބުރަމަސައްކަތުން ރަށަކުން 4 މީހުން ވެސް ހަމަ ނުވާއިރު، ލަދުންބޯހަލާކު ނުވޭތޯ އައްސަވާފައެވެ.

މި މުޒާހަރާއަށް 19 މިލިއަން ރުފިޔާ ވިޔަފާރިވެރިންގެ އަތުން ނަގައި، ރަށްރަށުން މުޒާހަރާއަށް ގެނައި މީހުން، ބޭތިއްބީ މަގުމަތީގައި ބިކަކަށްލާފައިކަމަށް ފަލާހް ވިދާޅުވިއެވެ. އަދި މުޒާހަރާއަށް ލިބުނު ލާރިކޮޅުގެ ފައިދާ ހޯދީ ލީޑާޝިޕުގައި ހިމެނޭ ދެތިން މީހަކުކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ.

މި މުޒާހަރާގައި އެންމެ ބޮޑު ޖޯކަކަށް ރައްޔިތުންނަށް ވީ، "ޕާޓީގެ ރިޔާސީ 3 ކެންޑިޑޭޓުން ވެސް މި މުޒާހަރާގައި ހުވާކުރަންތައްޔާރުވުމުން" ކަމަށާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ބެންކޮކުގައި ހުންނަވަނިކޮށް ރާއްޖެ ގެނެސް މުޒާހަރާގައި ބައިވެރިކުރުމުން ވެސް، މި މުޒާހަރާއިން ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްނުވުމުންކަމަށް ފަލާޙް ވިދާޅުވިއެވެ.

ފާޙަގަކޮށްލަން ޖެހޭ ގޮތުގައި، މި މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލާނެކަމަށް އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ.

10.000މީހުން މި މުޒާހަރާގައި ބައިވެރިކުރަން އެމްޑީޕީން ރޭވިނަމަވެސް، ޕީއެންސީގެ ހަރުގެ ޖަލްސާއެއްގެ ސައިޒުވެސް އެއްވުމުން ދައްކާ ނުލެވުނީމައި، އެމްޑީޕީގެ މުޅި ކޮރަޕްޓް ލީޑަރޝިޕް ބަދަލުނުކޮށް އެ ޕާޓީއަށް ސިޔާސީ މައިދާނުގައި ކުރިއަށް ހިނގައިވެސް ނުގަނެވޭނެކަން ވަރަށް ސާފުވެއްޖެކަމަށް ފަލާހް ވިދާޅުވިއެވެ.

ރައްޔިތުން ތިއްބެވީ ލޮލާއި،ބޮލާއި، ހިތުގެއަޑިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރާ މެދު ރުހި ޤަބޫލުވެ، ފިސާރި ސާބިތުކަމާއެކު 2028 ވެސް ރަޢީސް މުޢިއްޒުއަށްދޭން ތައްޔާރަށްކަން ރޭގެ އެއްވުމުން ރައްޔިތުން ބުނެދީފިކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ.

ޤާނޫނާ ޚިލާފުވެ، ވެފައިވާ އެއްބަސްވުމާ ޚިލާފަށް އެމްޑީޕީން ރޭ އަމަލުކޮށްފައިވާިއރު، ރޭގެ މުޒާހަރާގައި ދިވެހި ފުލުހުން ދެއްކެވި ކެތްތެރިކަމާއި ޕްރޮފެޝަނަލް މަސައްކަތަށް ސެލިއުޓްކުރައްވާކަމަށް ފަލާޙްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމު ހަމައަކަށް އަޅުވަން،އެމްޑީޕީ މެމްބަރުން އަޙްލާޤީ ގޮތުން ރަނގަޅުވާންޖެހޭ: މެމްބަރ ފަލާހްޚަބަރު | 5 ގަޑިއިރު ކުރިންސަލާމަތީ ބާރުތަކާއި ކުރިމަތިލައި ގާނޫނު މުގުރާ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭނެ: ފަލާހްޚަބަރު | 7 ދުވަސް ކުރިންއެމްޑީޕީގެ އެއްވުން: އަންހެން ފުލުހެއްގެ ގައިމަތިން ހިނގައި، ފިރިހެން ދެ ފުލުހަކަށް ބެރިކޭޑާއި ޝީލްޑުން އަނިޔާދީފައިވޭޚަބަރު | 9 ދުވަސް ކުރިންޤައުމު ހަލަބޮލިކުރަން އެމްޑީޕީން ކުރި މަސައްކަތް ނާކާމިޔާބުވީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް އާއި އޯގާތެރިކަމުގެ ސަބަބުން: މެމްބަރު ޒަމީރުޚަބަރު | 9 ދުވަސް ކުރިން