logo
MPL

MPL

ޚަބަރު

ރައީސް ޔާމީނު މަސައްކަތްކުރައްވަނީ ދަޢުލަތުން ވަގަށްނެގި ރުފިޔާތައް މަނީލޯންޑުކުރަން: މެމްބަރު ފަލާހް

އައިޝަތު ނަޝާ
15 ނޮވެމްބަރު 2026 - 04:59
ރައީސް ޔާމީނު މަސައްކަތްކުރައްވަނީ ދަޢުލަތުން ވަގަށްނެގި ރުފިޔާތައް މަނީލޯންޑުކުރަން: މެމްބަރު ފަލާހް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް މަސައްކަތްކުރައްވަނީ، ރައްޔިތުންނަށް އޮޅުވާލައިގެން ހުރެ ދަޢުލަތުން އެމަނިކުފާނު ވަގަށްނެގި އެތައްސަތޭކަ މިލިއަންރުފިޔާ މަނީލޯންޑުކޮށް ދޮވެސާފުކުރަން ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

މެމްބަރު ފަލާހް މިފަދައިން ވިދާޅުވީ, ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ޔާމީން ވަނީ ގާނޫނާއި ހިލާފަށް އިންވެސްޓް ކުރަން ރާއްޖެގައި އިންވެސްޓް ނުކުރުމަށް އީގަލް ހިލްސްއަށް ގޮވާލައްވާފަ އެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެެއްވީ ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ދިވެހީން ތިބިކަން ހާމަކުރުމަށް މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އޮތް އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ދުބާއީގެ އިންވެސްޓަރުން އެ މީހުންނަށް ގެއްލުންވާ ގޮތަކަށް އިންވެސްޓް ނުކުރާނެ ކަމަށެވެ. ރަސްމާލެ މަޝްރޫއު ކަންކަމުގައި ދިވެހި ރައްޔިތުން ތިބިގޮތް އެ މީހުންނަށްވެސް ފެންނާނެ ކަމަށާ އެހެން ކަމުން ސަރުކާރުން ބޭނުންވިޔަސް އަވަސް އަރުވާލާފައި މި މަޝްރޫއު އެ ކުންފުނިން ފަށާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމުގައި ވިދާޅުވި އެވެ.

މިވާޙަކަތަކަށް ރައްދުދެއްވާ ފަލާހް ވިދާޅުވީ، ރައްޔިތުން ނިކުމެ ރައީސް ޔާމީން ދައުލަތުން ވަގަށް ނަގާފައިވާ ހުރިހާ ފައިސާ ައތުލަންޖެހޭ ކަމަށެވެ.

" ޔާމީނު އެކުރާމަސައްކަތަކީ ދެނަހުރިކަމަށްވެސް ނުހަދާ ހުރެގެން ދަޢުލަތުންވަގަށްނެގި އެތައްސަތޭކަ މިލިއަންރުފިޔާ މަނީލޯންޑުކޮށް ދޮވެސާފުކުރަނީ" ފަލާހް ވިދާޅުވިއެވެ.
 

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލާ އެއް ފަރާތަކީ ކުރީގެރައީސް ޔާމިން އެވެ. އެގޮތުން އެމަނިކުފާނު ވަނީ މިމަހުގެ 13ވަަނަ ދުވަހު ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ދިވެހީން ތިބިކަން ހާމަކުރުމަށް އެއްވުމެއްވެސް ބާއްވާފައެވެ.

 ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކަށް ފަލާޙު މީގެކުރިން ވެސް ވަނީ ރައްދުދެއްވާފައެވެ. ފަލާހު ވިދާޅުވީ ރައީސް މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޤައުމުގެ އިސްތިޤުލާލަށް އުނިކަމެއް ނުގެނެސް، އެއްވެސް ރައްޔިތެއްގެ ޙައްޤެއް ނުގެއްލި، އަދި ދަޢުލަތަށް ކުޑަވެސް ގެއްލުމެއް ނާންނާނެ ގޮތަށް ކަމަށެވެ.

އަދި މިއަދު ޤައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކު ރައީސް ޔާމީނަށާއި، މިފަދައިން ޤައުމަށް ނިކަމެތިކަން ދޭން މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޔާމީނު މަސައްކަތްކުރައްވަނީ ދަޢުލަތުން ވަގަށްނެގި ރުފިޔާތައް މަނީލޯންޑުކުރަން: މެމްބަރު ފަލާހްޚަބަރު | 2 ގަޑިއިރު ކުރިންމަޖިލީހުގެ ރައީސްގެ މުސާރައަށް ބަދަލު ގެނައީ ތިންބާރުގެ ހަމަހަމަކަން ގާއިމުކުރުމަށް: ފަލާހްޚަބަރު | 20 ދުވަސް ކުރިންފުއްގިރި މައްސަލައިގެ ހުކުމް މި މަހުގެ 29 އަށް ތާވަލުކޮށްފިޚަބަރު | މަހެއް ކުރިންތިން ރައީސުންގެ އެއްބަސްވުން ތޮޅިއަށްރިޕޯޓް | މަހެއް ކުރިން