logo
Bank of Maldives

Bank of Maldives

ޚަބަރު

ސަލާމަތީ ބާރުތަކާއި ކުރިމަތިލައި ގާނޫނު މުގުރާ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭނެ: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޮކްޓޯބަރު 2025 - 05:39
ސަލާމަތީ ބާރުތަކާއި ކުރިމަތިލައި ގާނޫނު މުގުރާ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭނެ: ފަލާހް

ސަލާމަތީ ބާރުތަކާއި ކުރިމަތިލައި ގާނޫނު މުގުރާ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭނެކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިބްރާހިމް ފަލާހް، މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ''އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ'' ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، 2008 އިން ފެށިގެން މިހާތަނަށް ބޭއްވުނު މުޒާހަރާތަކަށް ބަލާއިރު، 3 އޮކްޓޯބަރުގައި ކުރި މުޒާހަރާ ފެނުނީ އާދަޔާ ޚިލާފް ނުރައްކާތެރި މުޒާހަރާއެއްގެ ގޮތުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހް އިތުރަށް ވިދާޅުވީ، އެ މުޒާހަރާގައި ދިވެހި ފުލުހުންނާއި ކުރިމަތިލި މަންޒަރު ފެނުނު ކަމަށާއި، ވަކިން ހާއްސަކޮށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންނަށް ހުރަސްއެޅި މަންޒަރު ފެނިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

"އެވަރު ކުށެއްކޮށްފިނަމަ ގޮނޑި ގެއްލެންޖެހޭނެ،" ފަލާހް ވިދާޅުވިއެވެ.

އޭނާ ވަނީ މިފަދަ ކަންކަން ހުއްޓުވުމަށް ގާނޫނުތަކާއި ޤަވާއިދުތަކަށް ބޮޑެތި އިސްލާހްތަކެއް ގެންނަންޖެހޭކަމަށް ވެސް ގޮވައިލައްވާފައެވެ. އެހެން ނޫނީ މިގައުމަށް އަމާންކަމެއް، ރައްކާތެރިކަމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މުޒާހަރާއަކީ ދުރާލާ ނުބައި ރޭވުންތަކެއް ރާވައިގެން ކުރި މުޒާހަރާއެއްކަން ފާހަގަކުރައްވައި ފަލާހް ވިދާޅުވީ، ރ. އަތޮޅު ގޮތަށް ނުވަތަ ލ.އަތޮޅު ގޮތަށް ހުރިހާ ރައްޔިތުން ނުވިސްނާނެކަމަށެވެ.

"ރ. އަތޮޅު 25 ހާސް އާބާދީން 3 މީހުންނާދޭ،" ފަލާހް ވިދާޅުވިއެވެ.

އޭނާ ވަނީ ސިފައިންނާއި ފުލުހުންނަކީ ގައުމަށް އަމާނާތްތެރި ބައެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދު ެވސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލު ބެލުމުގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގާނޫނަށް ބަދަލު ގެނެވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަލާހް ވަނީ އެމްޑީޕީގެ ވެރިކަމުގެ ފަހުކޮޅު، ލައިސަންސް ލުއިކުރުމުގެ ނަމުގައި 3000 އެއްހާ ޒުވާނުންނަށް ލައިސަންސް ދޫކުރީ ވޯޓު ހޯދުމުގެ ބޭނުމުގައިކަމަށް ތުހުމަތުކުރައްވާފައެވެ.

"މިވެސް ބުނާނެ ދޮގެކޭ،" ފަލާހް ވިދާޅުވިއެވެ.

ފަލާހް ވަނީ މުޅި ސިސްޓަމް ފެއިލްކޮށްލަނީ އެމްޑީޕީން ކަމަށް ތުހުމަތުކުރައްވާފައެވެ. ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާޢިދުތަކާއި ޚިލާފަށް ސީދާ ކުށެއްގެ ގޮތުގައި، ގާނޫނުއަސާސީގައި ގާނޫނީ ވެރިކަން ކުށެއްނެތި މަސައްކަތްނުކުރުމަކީ ބޮޑު ކުށެއްކަމަށް ބުނާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފުރަމަ މަޖިލީހުގެ މެންބަރުންނަށް އެނގެންޖެހޭނެކަމަށާއި، މެމްބަރުންނަކީ ކޮންމެ ދުވަހަކު ޤާނޫނުއަސާސީގެ ބާބުތައް ކިޔަމުން އަންނަ ބަޔެއް ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަލާމަތީ ބާރުތަކާއި ކުރިމަތިލައި ގާނޫނު މުގުރާ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭނެ: ފަލާހްޚަބަރު | 7 ދުވަސް ކުރިންމުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙްޚަބަރު | 9 ދުވަސް ކުރިންއެމްޑީޕީއަށް ވެރިކަންލިބުނުނަމަ މިއަދު ރައްޔިތުންތިބޭނީ ކަނުއަނދިރީގައި ނުކައިނުބޮއެ ބަނޑަށް: ފަލާހްޚަބަރު | 16 ދުވަސް ކުރިންއެމްޑީޕީން ފެނަކައިން އެކަނިވެސް 2.2 ބިލިއަން'ކައިލި'، 'ލޫޓުވައިފި' ބަހުގެ މާނަ މިހާރު ސާފުވާނެ: ފަލާހްޚަބަރު | 17 ދުވަސް ކުރިން