logo
Bank of Maldives

Bank of Maldives

ޚަބަރު

2 ސަރުކާރު ނިމުނުއިރު ޕޮލިސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގެ މަސައްކަތް ހުރީ ނުނިމި

އާމިނަތު ޝަފާ
8 އޯގަސްޓު 2025 - 14:09
2 ސަރުކާރު ނިމުނުއިރު ޕޮލިސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގެ މަސައްކަތް ހުރީ ނުނިމި

2 ސަރުކާރު ނިމުނުއިރު ނުނިމިހުރި ޕޮލިސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ބައްލަވައިލައްވައިފިއެވެ.

ޕޮލިސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގގެ މަސައްކަތް ނިންމުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް މިނިސްޓަރ ބައްލަވައިލައްވފައިވާއިރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ފައްޓާ، ކޮންކްރީޓް މަސައްކަތް ނިންމުމަށް ފަހު ހުއްޓިފައި ހުރި، މި ޢިމާރާތުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވެސް ކޮށްފައި ވެއެވެ. ނަމަވެސް ޞާލިޙުގެ ސަރުކާރު ނިމުނު އިރު މި ޢިމާރާތުގެ ސިމެންތީގެ މަސައްކަތް ވެސް އެއްކޮށް ހުރީ ނިންމާ ނުލެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރީގެ ދެ ސަރުކާރަށް ނިންމާނުލެވުނު ޕޮލިސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގގެ މަސައްކަތް ޖުލައިމަހުތެރޭ ފައްޓައިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ. މި ސަރުކާރުން، މި މަސައްކަތް ސިޓީސް މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިންގުން ރަނގަޅުކުރަން މުހިއްމު އެއް ކަމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން: ވަޒީރު ޚަބަރު | 12 ގަޑިއިރު ކުރިން2 ސަރުކާރު ނިމުނުއިރު ޕޮލިސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގެ މަސައްކަތް ހުރީ ނުނިމި ޚަބަރު | 4 މަސް ކުރިން