logo
Bank of Maldives

Bank of Maldives

ޚަބަރު

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: މިނިސްޓަރ އާދަމް

ޒިދާން މުޙައްމަދު
4 ޖެނުއަރީ 2026 - 05:00
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: މިނިސްޓަރ އާދަމް

ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މި ހިނގާ ޖަނަވަރީ މަހުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މި ފެށުނު 2026 ވަނަ އަހަރަށް މިނިސްޓްރީން ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން މުވައްޒަފުންނާ ބައްދަލުކުރައްވާ މިނިސްޓަރ މިއަދު ވިދާޅުވީ، މި ދިޔަ އަހަރުގެ ރަމަޟާން މަހެކޭ އެއްފަދައިން މި އަހަރު ވެސް ރޯދަ ހަދިޔާ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

''މި މަހުގެ ކުރީކޮޅު ރޯދަ ހަދިޔާގެ މަސައްކަތް ފަށާނެ' ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި އަހަރު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމާފައިވެއެވެ.

މި ފަހަރުގެ ޢީދުގައި ވެސް އާބާދީ ބޮޑެތި ރަށްރަށުގައި ޢީދު ދިއްލުންތައް ދިއްލަން ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ސިޓީތަކަށް ވެސް އީދު ލައިޓް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: މިނިސްޓަރ އާދަމްޚަބަރު | 2 ދުވަސް ކުރިންހިންގުން ރަނގަޅުކުރަން މުހިއްމު އެއް ކަމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން: ވަޒީރު ޚަބަރު | މަހެއް ކުރިން2 ސަރުކާރު ނިމުނުއިރު ޕޮލިސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ބިލްޑިންގެ މަސައްކަތް ހުރީ ނުނިމި ޚަބަރު | 5 މަސް ކުރިން