ހުއްދަ ނުހޯދާ ހިންގަމުން ދިޔަ ކްލިނިކެއް ބަންދުކުރަން ފުލުހުން އަންގައިފި
24 ސެޕްޓެމްބަރު 2024 - 06:24

ހެލްތް މިނިސްޓްރީން ހުއްދަ ނުހޯދާ ހިންގަމުން ދިޔަ "ފަޒީސް ހިޖާމާ ކްލިނިކް" ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ، ހުއްދަ ނުހޯދާ ހިންގަމުން ދިޔަ ހިޖާމާ ކްލިނިކެއްގެ މައްސަލަ ބަލައިދޭން ހެލްތް މިނިސްޓްރީން އެދުމުން، އެ މައްސަލައާ ގުޅިގެން އިތުރަށް ފުލުހުން ބަލަންޖެހޭ ކަންކަން ބަލާފައިވާކަމަށެވެ. އަދި ޤާނޫނާއި ގަވާއިދާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަ ނަގައިިގެން ކްލިނިކް ގެ ޚިދުމަތްތަށް ކުރިއަށް ގެންދިއުމަށް އަންގާފައިވާކަމަށާއި، ހުއްދަ ލިބެންދެން ޚިދުމަތް ހުއްޓާލުމަށް ލިޔުމުން ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އެ ކްލިނިކުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އަލުން އެ ކްލިނިކްގެ ޚިދުމަތް ދޭން ފަށާނީ ހެލްތް މިނިސްޓްރީގެ ހުއްދަ ލިބުމުންކަމަށެވެ. އަދި މިހާރުވެސް ހުއްދަ ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕޭޖުގައި ބުނެފައިވެއެވެ.
ނަގަންޖެހޭ ހުއްދަތައް ނުނަގައި ހިޖާމާ ޖެހުމުގެ ޚިދުމަތް ދެމުންދާތީ އެކަން ހުއްޓުމަށް ތަކުރާރުކޮށް ފަޒީލާއަށް މީކުރިންވެސް ހެލްތް މިނިސްޓްރީން އަންގާފައިވެއެވެ. ބައެއް މީޑިއާތަކަށް މީގެ ކުރިން ފަޒީލާ ބުނެފައިވާގޮތުގައި ކޮންމެ ސެޝަނަކަށް 1000ރ ގެ މަގުން ދުވާލެއްގެ މައްޗަށް 30000ރ ގެ އާމްދަނީއެއް އޭނާއަށް ލިބެއެވެ. އަދި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 800000ރ ލިބޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

-01.jpg&w=3840&q=75)
