logo
MPL

MPL

ޚަބަރު

ޅައިމަގު ސިއްޙީ މަރުކަޒު މަޝްރޫޢުގެ 85 އިންސައްތަ ނިމިއްޖެ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
19 ނޮވެމްބަރު 2026 - 09:12
ޅައިމަގު ސިއްޙީ މަރުކަޒު މަޝްރޫޢުގެ 85 އިންސައްތަ ނިމިއްޖެ

ށ. އަތޮޅު ޅައިމަގު ސިއްޙީ މަރުކަޒު އިމާރާތް ބޮޑުކުރުމުގެ މަޝްރޫޢުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ސޯޝަލް މީޑިއާ އަށް ދޫކޮށްލި ޕޯސްޓެއްގައި ބުނެފައި ވަނީ މިއިމާރާތް ބޮޑުކުރުމުގެ މަސައްކަތް މަޑުޖެހުމަކާނުލާ ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢު ނިމުމުން، ޅައިމަގުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ލިބިގެންދާނެ ކަމަށާއި، ރަށު ފެންވަރުގައި ދެވޭ ސިއްޙީ ޚިދުމަތްތަކުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢަކީ ރަށްރަށުގެ މުޖުތަމަޢުތަކުގައި ސިއްޙީ ޚިދުމަތްދޭ ތަންތަން ރަނގަޅުކުރުމަށާއި އަސާސީ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިޔަށްް ގެންދާ މަޝްރޫއެކެވެ. ރަށްރަށުގެ ސިއްޙީ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަކީ، އަސާސީ ސިއްޙީ ޚިދުމަތްތައް ހޯދުމަށް އެހެން ރަށްރަށަށް ނުވަތަ ވެރިރަށް މާލެއަށް ދަތުރުކުރަން ނުޖެހި، ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްޙީ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޅައިމަގު ސިއްޙީ މަރުކަޒު މަޝްރޫޢުގެ 85 އިންސައްތަ ނިމިއްޖެޚަބަރު | ގަޑިއިރެއް ކުރިންހުއްދަ ނުހޯދާ ހިންގަމުން ދިޔަ ކްލިނިކެއް ބަންދުކުރަން ފުލުހުން އަންގައިފިޚަބަރު | 2 އަހަރު ކުރިން