logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެޑިކަލް ރިޕޯޓްގައި ސޮއިކުރުމާއެކު ސްޓެގެން އަށް ކެޕްޓަންކަން އަނބުރާ ދީފި

އަބްދުﷲ ޣާނިމް
9 އޯގަސްޓު 2025 - 07:53
ސްޓެގެން
ސްޓެގެން

ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓަރ ސްޓެގެންގެ ކެޕްޓަންކަން އަތުލުމަށްފަހު 24 ގަޑިއިރު ނުވަނީސް އޭނާއާ ދެކޮޅަށް ނަގާފައިވާ ޑިސިޕްލިނަރީ ފިޔަވަޅުތައް ބާތިލްކޮށް، އަނބުރާ ކެޕްޓަންކަން ހަވާލުކޮށްފިއެވެ.

ޖުލައި މަހު ބުރަކަށީގެ އޮޕަރޭޝަނަކާ ގުޅިގެން އުފެދުނު ޚިލާފަކާ ހުރެ ބުރާސްފަތި ދުވަހު ޖަރުމަނު ގޯލްކީޕަރުގެ ކެޕްޓަންކަން ވަނީ އަތުލާފައެވެ. ބާސެލޯނާއިން ބުނި ގޮތުގައި އޭނާގެ މެޑިކަލް ރިޕޯޓު ލަ ލީގާއާ ހިއްސާކުރުމަށް ހުއްދަ ދިނުމަށް އިންކާރުކުރި ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް މިހާރު ޓަރ ސްޓެގެން ވަނީ މެޑިކަލް ރިޕޯޓު ހިއްސާކުރުމުގެ ހުއްދަ ދީފައެވެ. އަދި މީޑިއާގައި ޝާއިއުކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ ކްލަބުގެ މެނޭޖްމަންޓާއެކު މި މައްސަލަ ހައްލުކުރުމަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް ހުރި ކަމަށެވެ.

"އަހަރެންގެ އިންޖަރީ މުއްދަތު އެހެން ކުޅުންތެރިން ރަޖިސްޓްރީކުރުމަށް ބޭނުންކުރާ ކަމަށް ދެކެވޭ ވާހަކައަކީ އިންސާފުވެރި އަދި ސައްހަ ވާހަކައެއް ނޫން." ޓަރ ސްޓެގެން ބުނެފައިވެއެވެ.

2014 ވަނަ އަހަރު ބޮރޫސިއާ މޮންޝެންގްލަޑްބާކުން ބާސެލޯނާއަށް ބަދަލުވި ފަހުން ޓަރ ސްޓެގެން ވަނީ 400 އަށް ވުރެ ގިނަ މެޗު ކުޅެފައެވެ. އޭނާއާއެކު ބާސެލޯނާއިން ޗެމްޕިއަންސް ލީގާއި ލަ ލީގާގެ 6 ޓައިޓަލް ހޯދާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިޔަރުގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިކުޅިވަރު | 6 ގަޑިއިރު ކުރިންފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 4 ދުވަސް ކުރިންލަމީން ޔަމާލްގެ މޮޅުކުލުމާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 8 ދުވަސް ކުރިންޕެރޭޒްއަށް ބާސެލޯނާގެ ރައީސްގެ ވަރުގަދަ ރައްދެއް، އަސްލު އެއްވަނައިގައި އޮންނަންޖެހޭނީ އަހަރެމެންކުޅިވަރު | 8 ދުވަސް ކުރިން