logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯގެ ޝަކުވާތަކަށް ތިންއަހަރުފަހުން ޔުނައިޓެޑުން ޓްރެއިނިންގް ގްރައުންޑް އަޕްގްރޭޑްކޮށް ހުޅުވައިފި

އަބްދުﷲ ޣާނިމް
9 އޯގަސްޓު 2025 - 08:13
ރޮނާލްޑޯ ވަނީ މީގެ ތިން އަހަރުކުރިން ޔުނައިޓެޑްގައި ހުރި ބޮޑެތި މައްސަލަތައް މީޑިޔާތަކަށް ތިލަކޮށްފައި
ރޮނާލްޑޯ ވަނީ މީގެ ތިން އަހަރުކުރިން ޔުނައިޓެޑްގައި ހުރި ބޮޑެތި މައްސަލަތައް މީޑިޔާތަކަށް ތިލަކޮށްފައި

މެންޗެސްޓަރ ޔުނައިޓެޑުން އެ ކުލަބުގެ ކެރިންގްޓަން ޓްރެއިނިންގ ގްރައުންޑްގެ ފިރިހެނުންގެ ޓީމުގެ ބިލްޑިންގ 50 މިލިއަން ޕައުންޑު (67 މިލިއަން ޑޮލަރު) ހޭދަކޮށްގެން އަޕްގްރޭޑްކޮށްހުޅުވައިފިއެވެ. ޔުނައިޓެޑުން މިއަޕްގްރޭޑް ގެނައީ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބުގެ ފެސިލިޓީތަކާމެދު ފާޑުކިޔާފައިވާތާ ތިން އަހަރު ފަހުންނެވެ.

މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެވޯޑް ވިނިންގ އާކިޓެކްޓް ސަރ ނޯމަން ފޮސްޓަރގެ ބެލުމުގެ ދަށުންނެވެ. ފޮސްޓަރ އަކީ ޔުނައިޓެޑްގެ އަލަށް ހުށަހަޅާފައިވާ 2 ބިލިއަން ޕައުންޑުގެ (2.7 ބިލިއަން ޑޮލަރު) 100،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްގެ ޑިޒައިން މަސައްކަތް ވެސް ކުރިއަށް ގެންދާ ފަރާތެވެ. މި މަޝްރޫއު ނިންމާފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި، ޕްރިމިއަރ ލީގު ފެށުމުގެ އެއް ހަފްތާއަށް ވުރެ ގިނަ ދުވަސް ކުރިންނެވެ. މި މަޝްރޫޢުގެ ތެރެއިން ޓްރެއިނިން ފެސިލިޓީ މިހާރު ވަނީ އެންމެ ޒަމާނީ ފެންވަރަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ތަރައްޤީކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-08-09 132836.png

މި މަޝްރޫއަށް ފައިސާ ހޯދާފައިވަނީ ކުލަބުގެ ކޯ-އޯނަރ ސަރ ޖިމް ރެޓްކްލިފް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުލަބުގެ 27.7 އިންސައްތަ ހިއްސާ ގަތުމާއެކު އިންވެސްޓްކުރި 300 މިލިއަން ޑޮލަރުގެ އެހީގައެވެ. މިއީ 2000 ވަނަ އަހަރު ޓްރެއިނިންގ ގްރައުންޑް ހުޅުވުނު ފަހުން ފިރިހެނުންގެ ފެސިލިޓީތަކަށް ގެނެވުނު އެންމެ ބޮޑު އަޕްގްރޭޑެވެ.

Screenshot 2025-08-09 131901.png

2022 ވަނަ އަހަރު ޕިއަރސް މޯގަންއާއެކު ކުރި މަޝްހޫރު އިންޓަވިއުގައި ރޮނާލްޑޯ ވަނީ ކުލަބުގެ ފެސިލިޓީތައް ޒަމާނާ ނުގުޅޭ ކަމަށް ބުނެ ފާޑުކިޔާފައެވެ. މި އިންޓަވިއު އާއި ގުޅިގެން އޭރު ޔުނައިޓެޑްގެ ގިނަ ބަޔަކު ރޮނާލްޑޯއަށް ފާޑުކިޔާފައިވެއެވެ. އޭރުބުނެފައިވަނީ ރޮނާލްޑޯއަށް ޓީމާއެކު ނުކުޅެވޭތީ ބަހަނާ ދައްކަނީ ކަމަށެވެ. އެ އިންޓަވިއުގެ ސަބަބުން ރޮނާލްޑޯ ވަނީ ކުލަބާ ވަކިވެ، ސައުދީ އަރަބިއާގެ އަލް-ނަސްރަށް ބަދަލުވެފައެވެ.

ނަމަވެސް އޭގެ ދުވަސްތައްފަހުން ރޮނާލްޑޯ އެ އިންޓަވިއުގައި ދެއްކި ގިނަ ވާހަކަތަކަކީ ހަޤީގަތެއްކަން އެކިފަހަރުތަކެއްގެ މަތީން މީޑިޔާއަށް ވަނީ ތިލަވެފައެވެ.

"އެއްވެސް އެއްޗެއް ބަދަލުވެފައެއް ނެތް. ޕޫލް، ޖަކޫޒީ އަދި ޖިމްވެސް ހަމަ އެހެން ހުރީ. ބަދިގެ އާއި ޝެފުންވެސް، އަޅުގަނޑު ވަރަށް އިހްތިރާމްކުރާ، ލޯބިވާ ބައެއް. އެކަމަކު ހުރިހާ އެއްޗެއް ހުއްޓިފައި ހުރީ. އަޅުގަނޑު 21، 22 އަދި 23 އަހަރުގައި ދުށް އެއްޗެހި މިހާރުވެސް ފެންނަނީ. ފާގަސަން ދިޔަ ފަހުން ކުލަބުގައި އެއްވެސް ކުރިއެރުމެއް ނެތް. ހުރިހާ އެއްޗެއް ތަޅާލާފައި އަލުން އިމާރާތްކުރަން ޖެހޭ،" ރޮނާލްޑޯ އޭރު އިންޓަވިއުގައި ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ލެވަންޑޮވްސްކީ އާއެކު ކުޅެންކުޅިވަރު | ދުވަހެއް ކުރިން10 އަހަރު ފަހުން ޗެންޕިއަން ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް ޔުނައިޓެޑުން ވަރުގަދަ މެސެޖެއްކުޅިވަރު | 2 ދުވަސް ކުރިންރޮނާލްޑޯގެ ދެގޯލާއެކު ވޯލްޑްކަޕަށް ކޮލިފައިވުމުގެ މަގުމަތީގައިވާ ޕޯޗުގަލް, ފަހުވަގުތު ހަންގޭރީއިން ހިފަހަށްޓައިފިކުޅިވަރު | 7 ދުވަސް ކުރިންފުޓްބޯޅައިގެ ތާރީޚުގެ އެންމެ ފުރަތަމަ ބިލިޔަނަރުގެ ލަޤަބު ރޮނާލްޑޯއަށްކުޅިވަރު | 13 ދުވަސް ކުރިން