logo
Bank of Maldives

Bank of Maldives

ކުޅިވަރު

10 އަހަރު ފަހުން ޗެންޕިއަން ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް ޔުނައިޓެޑުން ވަރުގަދަ މެސެޖެއް

އަބްދުﷲ ޣާނިމް
19 އޮކްޓޯބަރު 2025 - 18:37
10 އަހަރު ފަހުން ޗެންޕިއަން ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް ޔުނައިޓެޑުން ވަރުގަދަ މެސެޖެއް

މެންޗެސްޓަރ ޔުނައިޓެޑްއިން 10 އަހަރުގެ ދިގު މުއްދަތަކަށްފަހު އެންފީލްޑްގައި ލީގުމެޗެއް ކާމިޔާބުކޮށްފިއެވެ. ހެރީ މެގުއާ މެޗުގެ ފަހު ވަގުތުގެ ބޮލުންޖެހި ލަނޑަކުން ލިވަޕޫލް 2-1 އިން ބަލިކޮށްލުމަށް ޔުނައިޓެޑް ވަނީ ލީގުގައި މުހިންމު މޮޅެއް ހޯދާފައެވެ. ރޫބެން އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ވިދިވިދިގެން ދެ މެޗު ކާމިޔާބުކުރުމާއެކު، ޔުނައިޓެޑުން ވަނީ މި ސީޒަނުގައި ޕްރީމިއަރ ލީގުގެ ޗެންޕިއަން ބަލިކުރުމާއެކު، ވޯލްޑް ޗެންޕިއަން (ޗެލްސީ) ވެސް މި ސީޒަނުގައި ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ މިނެޓުގައި އަމަދު ޑިއަލޯގެ ޕާހަކުން އެމްބޫމޯ ވަނީ ޔުނައިޓެޑަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ލިވަޕޫލުން ފުރަތަމަ ހާފުގައި ފުލުފުލުގައި ނުރައްކާތެރި ހަމަލާތަކެއް ގޯލަށް ފޮނުވާލާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ޖުމުލަ ތިން ފަހަރު ލިވަޕޫލުން ވަނީ ގޯލު ދަނޑީގައި ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ފެޑެރިކޯ ކިއެސާގެ ހުރަހަކުން ގަކްޕޯއިން ލިވަޕޫލްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ނަމަވެސް 87 ވަނަ މިނެޓުގައި ކޯނަރ ކިކަކަށްފަހު ފަނާންޑޭސްގެ ފުރިހަމަ ހުރަހަކުން ހެރީ މެގުއާ ވަނީ ބޮލުން ގޯލެއް ޖަހައި ޔުނައިޓެޑް އަށް މުހިންމު ތިން ޕޮއިންޓް ހޯދައިދީފައެވެ.

މި ބައްޔާއެކު ލިވަޕޫލް ވިދިވިދިގެން ތިން މެޗު ޕްރިމިއަރ ލީގުގައި ބަލިވެފައިވާއިރު، އާނެ ސްލޮޓްގެ ޓީމު ވަނީ ޗެންޕިއަންސް ލީގާއެލު ޖުމްލަ ހަތަރު މެޗަކުން ޖެހިޖެހިގެން ބަލިވެފައެވެ.

ޔުނައިޓެޑްއަށް މިއީ ހަމައެކަނި ތިން ޕޮއިންޓަށްވުރެ މާ މުހިންމު ކާމިޔާބީއެކެވެ. އިނގިރޭސި ފުޓުބޯޅައިގެ އެންމެ އުނދަގޫ ދަނޑުތަކުގެ ތެރެއިން ދަނޑެއްގައި ދެއްކި ހިތްވަރުގަދަ ކުޅުމަކީ އަމޮރިމްގެ ޔުނައިޓެޑް ޕްރޮޖެކްޓުގެ އައު ދައުރެއްގެ ފެށުމެއް ކަމުގައި ބެލެވެއެވެ. އަދި ކުރިން ފާޑުކިޔުންތަކާ ކުރިމަތިލާންޖެހުނު މެގުއާ މިއަދު ވެގެން ދިޔައީ ޓީމުގެ ހީރޯއަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އަހަރު ފަހުން ޗެންޕިއަން ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް ޔުނައިޓެޑުން ވަރުގަދަ މެސެޖެއްކުޅިވަރު | 4 ގަޑިއިރު ކުރިންޕްރީމިއަރ ލީގު ޗެންޕިއަން ޓީމަށް ހިތިގޮތަކަށް ހިތިފަތު ފެން ބޯންދީފިކުޅިވަރު | 19 ދުވަސް ކުރިންފަހުވަގުތު ގޯލުޖަހަމުން މޮޅުވަމުން އައި ލިވަޕޫލް ފަހުވަގުތު ސައިޒަށް ކަނޑާލައިފިކުޅިވަރު | 22 ދުވަސް ކުރިންޕެނަލްޓީ ދީގެންވެސް ޔުނައިޓެޑް އަށް ޕޮއިންޓެއް ލިބޭނެ މަގެއް ނުފެނުނުކުޅިވަރު | 22 ދުވަސް ކުރިން