logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕްރީމިއަރ ލީގުގެ އެންމެ އަގުބޮޑު ފޯވާޑް 13 މެޗުފަހުން ލަނޑެއް ޖަހައި ލިވަޕޫލަށް މޮޅެއް ހޯދައިދީފި

އަބްދުﷲ ޣާނިމް
30 ނޮވެމްބަރު 2025 - 16:41
ޕްރީމިއަރ ލީގުގެ އެންމެ އަގުބޮޑު ފޯވާޑް 13 މެޗުފަހުން ލަނޑެއް ޖަހައި ލިވަޕޫލަށް މޮޅެއް ހޯދައިދީފި

ޕްރީމިއަރ ލީގުގެ ތާރީޚުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އިސާކް 13 މެޗަށްފަހު ގޯލެއް ޖަހައިފިއެވެ. އިސާކްގެ މިލަނޑާއެކު ލިވަޕޫލުން ވެސްޓް ހަމް ޔުނައިޓެޑްގެ މައްޗަށް ކާޟިޔާބުހޯދީ 2-0 ންނެވެ. ތަވާލަުގެ 17 ވަނައިގައިވާ ވެސްޓްހޭމް އާއި ދެކޮޅަށް ކުޅެ މޮޅުވުމާއެކު، ވަކިކޮށްފާނެ ކަމުގެ ބިރުހީވެފައިހުރި ލިވަޕޫލުގެ ކޯޗަށް ވަނީ ހިތްހަމަޖެހުން ލިބިފައެވެ.

ނިއުކާސަލް ޔުނައިޓެޑް ދޫކޮށް ލިވަޕޫލަށް ބަދަލުވި ފަހުން ޕްރީމިއަރ ލީގުގައި އިސާކް ޖެހި ފުރަތަމަ ގޯލުޖެހީ 60 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ދިން ބޯޅައަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވެސްޓް ހަމްގެ ލޫކަސް ޕެކެޓާ އަށް މެޗުގެ ފަހު ހަ މިނިޓަށް ވެފައި ވަނިކޮށް ބޭކާރު ގޮތެއްގައި ރަތް ކާޑެއް ދެއްކުމުން އެ ޓީމު ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ. ޕެކެޓާ އަށް ރަތް ކާޑު ދެއްކީ 54 ސިކުންތުގެ ތެރޭގައި ދެ ރީނދޫ ކާޑު ދެއްކުމަށްފަހުއެވެ. މިއީ ލިވަޕޫލުން ހުރިހާ މުބާރާތަކުން ވެސް ޖެހިޖެހިގެން ތިން މެޗުން ބަލިވުމަށްފަހު ހޯދި މޮޅެކެވެ.

ލިވަޕޫލުގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކޯޑީ ގާކްޕޯއެވެ. މި މޮޅާއެކު މިދިޔަ އަހަރުގެ ޗެންޕިއަން ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ 8 ވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެލިގޭޝަނުގައި އޮތް ވުލްވްސް އަތްދަށުވެ ލިވަޕޫލަށް ޗެންޕިއަންސް ލީގުގެޖާގަ ގެއްލުމުގެ ބިރުހީވެއްޖެކުޅިވަރު | 7 ދުވަސް ކުރިންއާސެނަލްގެ ކޯނަރ އެފްސީގެ ޓައިޓަލް ލިވަޕޫލަށްކުޅިވަރު | 10 ދުވަސް ކުރިންމެކަލިސްޓާގެ ފަހުވަގުތުގެ ގޯލާއެކު ލިވަޕޫލް އަށް މުހިންމު މޮޅެއްކުޅިވަރު | 16 ދުވަސް ކުރިންނިއުކާސަލް އަދި ސިޓީ އާއެކު ލިވަޕޫލްވެސް އެފްއޭކަޕްގެ ފަސްވަނަބުރަށް ދަތުރުކޮށްފިކުޅިވަރު | 24 ދުވަސް ކުރިން