logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހަތުން އަރައި ޕެލަސް ބަލިކުރުމަށްފަހު ޔުނައިޓެޑް ތާވަލުގެ 7 ވަނައަށް

އަބްދުﷲ ޣާނިމް
30 ނޮވެމްބަރު 2025 - 16:30
ފަހަތުން އަރައި ޕެލަސް ބަލިކުރުމަށްފަހު ޔުނައިޓެޑް ތާވަލުގެ 7 ވަނައަށް

އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި މެންޗެސްޓަރ ޔުނައިޓެޑުން 2-1 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ. މި މެޗުގައި ޔުނައިޓެޑަށް ކާމިޔާބީ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރީ ދެވަނަ ހާފުގައި ގޯލު ޖެހި މޭސަން މައުންޓާއި ޖޯޝުއާ ޒިރްކްޒީއެވެ.

ސެލްހާސްޓް ޕާކްގައި ކުޅުނު މި މެޗުގައި ރޫބެން އަމޮރިމްގެ ޓީމަށް ކުޅުނު ޔުނައިޓެޑުން ނިކުތީ އަނިޔާގައި ތިބި އެޓޭކިން ދެ ކުޅުންތެރިން ކަމަށްވާ މެތިއުސް ކުންހާ އަދި ބެންޖަމިން ސެސްކޯ ނުލައެވެ. ނަމަވެސް، ބްރަޔަން އެމްބިއުމޯއާއެކު އެޓޭކިން ތިނެއްގައި ހިމެނުނު މައުންޓާއި ޒިރްކްޒީ ވަނީ މުހިންމު ދަނޑިވަޅުގައި ޓީމަށް ކާމިޔާބީ ހޯދައިދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފުގައި މެޗުގެ 36 ވަނަ މިނެޓުގައި ލެނީ ޔޮރޯގެ ފައުލަކާ ގުޅިގެން ޕެނަލްޓީއަކުން ޖީން-ފިލިޕް މެޓޭޓާ ޕެލަސްއަށް ލީޑު ނަގައިދިނެވެ.

ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގެ ނުވަ ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހިލޭ ޖެހުމަކުންނެވެ. ބްރޫނޯ ނަގައިދިން ބޯޅަ ޒިރްކްޒީ ކޮންޓްރޯލްކޮށް،ޑީން ހެންޑަސަން ކައިރިން ވަނީ ގޯލަށް ވައްދާލާފައެވެ. މިއީ ޕްރިމިއަރ ލީގުގައި ގޯލެއް ނުޖެހި 364 ދުވަސް ފަހުން ޒިރްކްޒީ ޖެހި ފުރަތަމަ ގޯލެވެ.

ޔުނައިޓެޑްގެ ކާމިޔާބީގެ ލަނޑު ޖެހީ އޭގެ ނުވަ މިނެޓު ފަހުން މޭސަން މައުންޓެވެ. ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހިލޭ ޖެހުމެއް މައުންޓް ވަނީ ޕެލަސްގެ ޑިފެންސުން ހެދި ފާރުގެ ތެރެއިން ވަދެގެން ގޯލުގެ ކައިރީ ދަނޑި ކައިރިން ވައްދާލާފައެވެ.

މިމޮޅާއެކު ޔުނައިޓެޑް ވަނީ ކުޅުނު 13 މެޗުން ލިބުނު 21 ޕޮއިންޓާއެކު ތާޥަލުގެ 7 ވަނަ އަށް ޖެހިލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ކެރިކްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބަލިކުޅިވަރު | 5 ދުވަސް ކުރިންއަހަރު ފެށުނުފަހުން އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައަށްކުޅިވަރު | 8 ދުވަސް ކުރިންބެންޖަމިން ސެސްކޯގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން އެވަަޓަން ބަލިކޮށްފިކުޅިވަރު | 14 ދުވަސް ކުރިންޔުނައިޓެޑް ޖެހިޖެހިގެން ފަސް މެޗުން މޮޅުވުން ފެއިލްވެ، ސަޕޯޓަރ ޔުނައިޓެޑް ސްޓްރޭންޑްގެ ބޯކޮށުމުގެ އިންތިޒާރު ދިގުލައިފިކުޅިވަރު | މަހެއް ކުރިން