logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ކުޅިވަރު

އަހަރު ފެށުނުފަހުން އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައަށް

އަބްދުﷲ ޣާނިމް
2 މާރިޗު 2026 - 04:00
އަހަރު ފެށުނުފަހުން އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެކްސެންސް ލަކްރޮއާ އަށް ދެއްކި ރަތް ކާޑާއެކު 10 މީހުންނަށް މަދުވި ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ. އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބެންޖަމިން ސެސްކޯއެވެ.

މެޗުގެ ވަރަށް ކުރީކޮޅު، ހަތަރުވަނަ މިނެޓުގައި ލަކްރޮއާ ވަނީ ޕެލަސްއަށް ކުރިހޯދައިދީފައެވެ. ބްރެނަން ޖޯންސަން ނަގައިދިން ކޯނަރަކުން ލަކްރޮއާ މި ލަނޑު ޖެހީ ޔުނައިޓެޑުގެ ލެނީ ޔޯރޯއަށްވުރެ ކުރިހޯދައި ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް މާ އެދެވޭ ކުޅުމެއް ނުކުޅެވުނު ނަމަވެސް، ކަސެމީރޯ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތިން ބޭރަށް ދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. ޕެލަސްގެ އޭރިއާ ތެރެއިން މެތިއަސް ކޫންހާއަށް ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނުއިރު، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ލަކްރޮއާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ލިބުނު ޕެނަލްޓީ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށް ބްރޫނޯ ފެނާންޑޭޒް ނަތީޖާ އެއްވަރުކޮށްދިނެވެ.

ޔުނައިޓެޑް މޮޅުވި ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ ސެސްކޯއެވެ. މިއީ ފެނާންޑޭޒް ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ މިދިޔަ ހޯމަ ދުވަހު އެވަަޓަންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސެސްކޯ ޖެހި ޖެހިގެން މޮޅުކޮށްދިން ދެވަނަ ލަނޑެވެ. މެޗުގެ ފަހުކޮޅު ކަސެމީރޯ އާއި އަމަދު ޑިއާލޯ ފޮނުވާލި ހަމަލާތައް ޕެލަސްގެ ކީޕަރު ހެންޑަސަން ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ވަގުތީ ކޯޗު މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް އަދިވެސް ބަލިނުވެ އޮތްއިރު، އެ ޓީމު ވަނީ އެސްޓަން ވިލާ ފަހަތަށް ޖައްސާލުމަށްފަހު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. 2026 ވަނަ އަހަރު ފެށުނު ފަހުން ޔުނައިޓެޑް ވަނީ ބަލިވަމުން ދިޔަ ފަސް މެޗެއްގައި ބަލިނުވެ ސަލާމަތްވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ލަކްރޮއާ ވެފައިވަނީ 1998 ވަނަ އަހަރު މައިކަލް އޯވެންއަށްފަހު އޯލްޑް ޓްރެފޯޑްގައި ލަނޑު ޖަހައި ރަތް ކާޑު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި ސެސްކޯ ވަނީ 2026 ވަނަ އަހަރު މިހާތަނަށް 6 ލަނޑު ޖަހާފައެވެ. މުޅި މެޗުގައި ޔުނައިޓެޑުން 20 ހަމަލާ އުފެއްދިއިރު، ޕެލަސްއަށް އުފެއްދިފައިވަނީ އެންމެ 8 ހަމަލާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެކަމްގެ ރެކޯޑް ފެނާންޑޭޒް މުގުރާލައި ތާވަލުގެ ތިންވަނައިގައި ޔުނައިޓެޑް ހަމަޖެހިލައިފިކުޅިވަރު | 10 ގަޑިއިރު ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ކެރިކްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބަލިކުޅިވަރު | 11 ދުވަސް ކުރިންއަހަރު ފެށުނުފަހުން އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައަށްކުޅިވަރު | 14 ދުވަސް ކުރިންބެންޖަމިން ސެސްކޯގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން އެވަަޓަން ބަލިކޮށްފިކުޅިވަރު | 20 ދުވަސް ކުރިން