logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޮކަފޯގެ ދެ ގޯލާއެކު 45 އަހަރުފަހުން ފުރަތަމަ ފަހަރަށް އޯލްޑް ޓްރެފޯޑްގައި ލީޑްސް މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
14 އޭޕްރީލު 2026 - 03:15
އޮކަފޯގެ ދެ ގޯލާއެކު 45 އަހަރުފަހުން ފުރަތަމަ ފަހަރަށް އޯލްޑް ޓްރެފޯޑްގައި ލީޑްސް މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅުނު މެންޗެސްޓާ ޔުނައިޓެޑް 2-1 އިން ބަލިކޮށް، ލީޑްސް ޔުނައިޓެޑުން ލީގުގައި ދެމިއޮތުމަށް މުހިންމު ފިޔަވަޅެއް އަޅައިފިއެވެ. މިއީ 1981 ވަނަ އަހަރުގެ ފަހުން އޯލްޑް ޓްރެފޯޑްގައި ލީޑްސް އިން ޔުނައިޓެޑްގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ލީޑްސްގެ ތަރިއަކަށް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި ދެ ގޯލު ކާމިޔާބުކުރި ނޯއާ އޮކަފޯ އެވެ. އޭނާގެ މި ދެ ގޯލާއެކު ލީޑްސް އިން ވަނީ ރެލިގޭޝަން ޒޯނާ ހަ ޕޮއިންޓް ދުރަށް ޖެހިލާފައެވެ. ޔުނައިޓެޑުން މެޗުގެ ފަހުކޮޅު ނަތީޖާ އަނބުރާލުމަށް މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް ކާމިޔާބު ކުރެވުނީ 69 ވަނަ މިނެޓުގައި ކަސެމީރޯ ބޮލުން ޖެހި ލަނޑު އެކަންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ކުރީކޮޅު ޑޮމިނިކް ކަލްވާޓް-ލިއުއިން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި ނަމަވެސް، މާގިނަ އިރުތަކެއް ނުވެ ޔުނައިޓެޑްގެ ލެނީ ޔޯރޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޮކަފޯ ވަނީ ލީޑްސް އަށް ކުރިހޯދައިދީފައެވެ. އަދި މެޗުގެ ބައިގަޑިއިރު ނުވަނީސް އޭނާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ 56 ވަނަ މިނެޓުގައި އެ ޓީމުގެ އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އަށް ރަތް ކާޑު ދެއްކުމުންނެވެ. ވީއޭއާރު ބެލުމަށްފަހު އޭނާ އަށް ރަތް ކާޑު ދެއްކީ ކަލްވާޓް-ލިއުއިންގެ އިސްތަށިގަނޑަށް ދަމައިގަތުމާ ގުޅިގެންނެވެ. މީގެ ކުރިން މާޓިނޭޒް ވަނީ ލީޑްސްގެ އާއޯ ޓަނާކާ ފޮނުވާލި ހަމަލާއެއް ގޯލުގެ ރޮނގުމަތިން ދިފާއުކޮށްފައެވެ.

މެޗުގެ ފަހުކޮޅު ކަސެމީރޯ ލަނޑެއް ޖަހައި އުންމީދު އާކޮށްދިން ނަމަވެސް، 85 ވަނަ މިނެޓުގައި އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ކަލްވާޓް-ލިއުއިން ވަނީ ރޮނގުމަތިން ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން މެނުއަލް އުގާޓޭ ފޮނުވާލި ބޯޅަ ވެސް އޭނާ ވަނީ ހުއްޓުވާފައެވެ.

މިބައްޔާއެކު ޔުނައިޓެޑް މިވަގުތު އޮތީ 55 ޕޮއިންޓާއެކު ގޯލުގެ ތަފާތުން އެސްޓަން ވިލާ އަށްވުރެ ކުރީގައި ތާޥަލުގެ ތިންވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސެނަލްގެ ސަޕޯޓަރުން ކެމްޕެއިން ފެއިލްވެ، ބްރޫނޯއަށް ޕްރީމިއަރ ލީގުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ދީފިކުޅިވަރު | 11 ދުވަސް ކުރިންޕްރީމިަރ ލީގުގެ އެސިސްޓް ރެކޯޑްހަދައި ފެނާންޑޭޒް ބެލަންޑޯއާއި ދިމާލަށްކުޅިވަރު | 17 ދުވަސް ކުރިންކުލަބާ ހަވާލުވިފަހުން އެމުއްދަތުގައި ޕްރީމިއަރ ލީގުގެ އެންމެ ގިނަ ޕޮއިންޓް ހޯދި ކެރިކްއަށް ޔުނައިޓެޑްގެ ދާއިމީ ކޯޗުކަންކުޅިވަރު | 19 ދުވަސް ކުރިންސަންޑަލޭންޑުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެކުޅިވަރު | 25 ދުވަސް ކުރިން