އާސެނަލްގެ ސަޕޯޓަރުން ކެމްޕެއިން ފެއިލްވެ، ބްރޫނޯއަށް ޕްރީމިއަރ ލީގުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ދީފި
23 މޭ 2026 - 22:30

މެންޗެސްޓާ ޔުނައިޓެޑް ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ބްރޫނޯ ފެނާންޑޭޒް، މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކާމިޔާބުކޮށްފިއެވެ. މި އެވޯޑް ފެނާންޑޭޡް ކާޟިޔާބުމިކުރީ މިއަހަރުގެ ޗެންޕިއަންސް އާސެނަލްގެ ސަޕޯޓަރުން އެކުލަބުގެ ކުޅުންތެރިޔަކަށް މިއަހަރުގެ މޮޅުކުޅުންތެރިޔާގެ އެވޯޑް ދިނުމަށްއެދި ބޮޑެތި ކެމްޕޭނުތަކެއް ކުރިޔަށްގެންދިޔަ ދަނޑިވަޅެއްގައެވެ. އެގޮތުން އާސެނަލްގެ ބައެއް ސަޕޯޓަރުން ކީޕަރު ރާޔާއަށް ކެމްޕޭން ކުރާއިރު، އަނެއްބަޔަކު ކެމްޕޭނު ކުރަމުންގެންދިޔައީ ރައިސް އަށެވެ. އަދި އަނެއްބަޔަކު ކުރަމުންގެންދިޔައީ ގެބްރިއެލްއަށެވެ. އެމީހުން އެމީހުންނަށްވެސް އެޓީމުގެ އެންމެ މޮޅުކުޅުންތެރިޔާ ނޭނގޭކަހަލައެވެ.
ޕޯޗުގަލްގެ މިޑްފީލްޑަރު ފެނާންޑޭޒް ވަނީ މި ސީޒަނުގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅުކުރުމުގައި އިސް ދައުރެއް އަދާކޮށް، ލީޑަޝިޕާއި އުފެއްދުންތެރި ކުޅުމެއް ދައްކާފައެވެ. ނިމިދިޔަ ހަފުތާ ބަންދުގައި އޭނާ ވަނީ މި ސީޒަނުގެ 20 ވަނަ އެސިސްޓް ހަމަކޮށް، ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިންގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

Ad by Hajj Corporation
މި ރެކޯޑް މިހާރު ފެނާންޑޭޒް ހިއްސާކުރަނީ އާސެނަލްގެ ލެޖެންޑް ތިއަރީ އޮންރީ (2002-03) އަދި މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާ (2019-20) އާއެވެ. ނަމަވެސް، އަންނަ އާދިއްތަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ކުޅޭ ލީގުގެ ފަހު މެޗުގައި މި ރެކޯޑް މުގުރާލުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.
މި އެވޯޑަކީ މި މަހުގެ ކުރީކޮޅު ފުޓްބޯޅަ ރައިޓާސް އެސޯސިއޭޝަނުން ހޮވި އިންގްލެންޑްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައިވާ ފެނާންޑޭޒްއަށް ލިބުނު އިތުރު ކާމިޔާބީއެކެވެ.
ގިނަ ގޯލުތަކަކާއި އެސިސްޓްތަކެއްގެ އިތުރުން މުޅި ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު، ފެނާންޑޭޒް ވެފައިވަނީ ޔުނައިޓެޑް އަލުން ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތަށް ގެންގޮސްދިނުމުގެ އެންމެ މުހިންމު ތަނބަށެވެ.


