logo
MPL

MPL

ކުޅިވަރު

އައު ސީޒަނެއް، ޔުނައިޓެޑްގެ ތަފާތެއް ނެތް. އަލަށް ޕްރޮމޯޓްވި ބައެއް އަތުން ބަލިވެއްޖެ

އަބްދުﷲ ޣާނިމް
22 އޯގަސްޓު 2026 - 20:18
އައު ސީޒަނެއް، ޔުނައިޓެޑްގެ ތަފާތެއް ނެތް. އަލަށް ޕްރޮމޯޓްވި ބައެއް އަތުން ބަލިވެއްޖެ

އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ހަލް ސިޓީން، ސީޒަނުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް 2-0 އިން ބަލިކޮށް ބޮޑު ހައިރާންކަމެއް ގެނުވައިފިއެވެ. އެމްކޭއެމް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ހަލް ސިޓީގެ ފަރާތުން ފެނިގެންދިޔައީ ތާރީޚީ މޮޅު ކުޅުމެކެވެ.

2016-17 ވަނަ އަހަރުގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ހަލް ސިޓީއަށް ލީޑު ނަގައިދިނީ މެޗުގެ 17 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ސެމީ އަޖާޔީއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 38 ވަނަ މިނެޓުގައި ރީގަން ސްލޭޓާ ނަގައިދިން ހިލޭ ޖެހުމަކުން ނޯބެލް މެންޑީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ހަލް ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރިހަމަ ކޮންޓްރޯލް ހަލް ސިޓީއަށް

ދެވަނަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅަށްފަހު ފުރަތަމަ ފަހަރަށް ކުޅުނު މާކަސް ރެޝްފޯޑްގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނުނު ނަމަވެސް، ހަލް ސިޓީގެ ކީޕަރު ކޮންސްޓަންޓިނޯސް ޓްޒޮލާކިސް ވަނީ ކްލީން ޝީޓަކާއެކު މެޗު ނިންމާލާފައެވެ. މުޅި މެޗުގައި ޔުނައިޓެޑުން 21 ހަމަލާ އުފެއްދި ނަމަވެސް ގޯލާ އަމާޒުވީ އެންމެ ފަސް ހަމަލާއެވެ.

މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި ހަލް ސިޓީން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު 10 މެޗުން ވެސް އެ ޓީމަށް ޔުނައިޓެޑް އަތުން މޮޅެއް ހޯދިފައެއް ނުވެއެވެ. މި މޮޅާއެކު ސާޖެއި ޔަކިރޮވިޗްގެ އިރުޝާދުގެ ދަށުން ކުޅޭ ހަލް ސިޓީން ވަނީ އައު ސީޒަނަށް ވަރުގަދަ ފެށުމެއް ހޯދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޫނިއާގެ ލަނޑާއެކު ޔުނައިޓެޑުން ފުލަމްއާ އެއްވަރުކޮށް ލަދުވެތި ބަލިވުމަކުން ސަލާމަތްވެއްޖެކުޅިވަރު | 15 ދުވަސް ކުރިންއަމިއްލަ ދަނޑުގައި ދެގޯލު ޖަހާފައިވަނިކޮށް ލަދުވެތި ގޮތަކަށް ފަހަތުން އަރައި ޔުނައިޓެޑް ކަޕުން ބޭރުކޮށްލައިފިކުޅިވަރު | 19 ދުވަސް ކުރިންމެސީ ލައިޓް 2.0 މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފިކުޅިވަރު | 20 ދުވަސް ކުރިންތިން އަހަރުފަހުން ޗެންޕިއަންސް ލީގަށް އެނބުރިއައިސް ޔުނައިޓެޑް ފެށީ ގަދަކޮށްކުޅިވަރު | 25 ދުވަސް ކުރިން