logo
MPL

MPL

ކުޅިވަރު

އިމާމަކަށް ބަދަލުވެ ޤްރުއާން ހިތުދަސްކުރަން މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިޔާ ވޯލްޑްކަޕަށްފަހު ރިޓަޔާކުރަނީ

އަބްދުﷲ ޣާނިމް
22 ޖޫން 2026 - 05:24
އިމާމަކަށް ބަދަލުވެ ޤްރުއާން ހިތުދަސްކުރަން މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިޔާ ވޯލްޑްކަޕަށްފަހު ރިޓަޔާކުރަނީ؟

މޮރޮކޯގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނުސައިރު މަޒްރައުއީ، ކުރިއަށް އޮތް ވޯލްޑް ކަޕް ފައިނަލަށްފަހު ފުޓްބޯޅައިން ރިޓަޔާކުރުމާ މެދު ވިސްނަމުންދާ ކަމަށް ބުނެ، ގިނަ ބަޔަކު ހައިރާންކޮށްލާފަދަ ބަޔާނެއް ދީފިއެވެ. އޭނާ ބުނި ގޮތުގައި ދިރިއުޅުމަކީ ކުރު އެއްޗެއް ކަމަށާއި، އޭނާގެ އަމިއްލަ އެދުމަކީ ކީރިތި ގުރުއާން ހިތުދަސްކޮށް، މިސްކިތެއްގެ އިމާމަކަށް ވުމަށް ވަގުތު ހުސްކުރުމެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑިފެންޑަރު މަޒްރައުއީ އަކީ ފަހަކަށް އައިސް މޮރޮކޯގެ ގައުމީ ޓީމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. ގައުމީ ޓީމާއި މެންޗެސްޓަރ ޔުނައިޓެޑްގެ އިތުރުން ބަޔާން މިޔުނިކްގައި އޭނާ ވަނީ ބޮޑެތި މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޒްރައުއީގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގަޔާއި ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ބައެއް މީހުން އޭނާގެ ދީނީ އަދި އަމިއްލަ ގަބޫލުކުރުންތަކަށް އިހުތިރާމް ކުރާއިރު، އަނެއް ބަޔަކު ތިބީ އޭނާގެ ކެރިއަރުގެ އެންމެ ކުރީގައި ހުރެ، ރިޓަޔާކުރުމުގެ ވާހަކަ ދެއްކުމުން ހައިރާންވެފައެވެ.

ކުރިން އަޔަކްސް އަމްސްޓެރްޑަމް އަދި ބަޔާން މިއުނިކަށް ވެސް ކުޅެފައިވާ މަޒްރައުއީ އަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ، އަދި މުސްލިމުންގެ ހައްގުތަކަށް ވަކާލާތުކުރާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ މީހެކެވެ. އޭނާގެ އުމުރަކީ މިހާރު އެންމެ 28 އަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޮޅެއް ނުލިބި ޔުނައިޓެޑް އެއްމަސް ހަމަކޮށްފިކުޅިވަރު | ދުވަހެއް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 4 ދުވަސް ކުރިންކޫނިއާގެ ލަނޑާއެކު ޔުނައިޓެޑުން ފުލަމްއާ އެއްވަރުކޮށް ލަދުވެތި ބަލިވުމަކުން ސަލާމަތްވެއްޖެކުޅިވަރު | 24 ދުވަސް ކުރިންއަމިއްލަ ދަނޑުގައި ދެގޯލު ޖަހާފައިވަނިކޮށް ލަދުވެތި ގޮތަކަށް ފަހަތުން އަރައި ޔުނައިޓެޑް ކަޕުން ބޭރުކޮށްލައިފިކުޅިވަރު | މަހެއް ކުރިން