logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކުލަބާ ހަވާލުވިފަހުން އެމުއްދަތުގައި ޕްރީމިއަރ ލީގުގެ އެންމެ ގިނަ ޕޮއިންޓް ހޯދި ކެރިކްއަށް ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން

އަބްދުﷲ ޣާނިމް
15 މޭ 2026 - 18:39
ކުލަބާ ހަވާލުވިފަހުން އެމުއްދަތުގައި ޕްރީމިއަރ ލީގުގެ އެންމެ ގިނަ ޕޮއިންޓް ހޯދި ކެރިކްއަށް ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން

މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗުގެ މަގާމުގައި ހުރި މައިކަލް ކެރިކް، އެ ކްލަބުގެ ދާއިމީ ކޯޗަކަށް އައްޔަންކުރުމަށް ބޯޑުން ނިންމައިފިއެވެ. މި ނިންމުމާ ގުޅޭ ރަސްމީ އިއުލާން ވަރަށް އަވަހަށް ކުރާނެ ކަމަށް ބެލެވެއެވެ. ކެރިކް ވަނީ މިއަހަރުގެ ޖަނަވަރީމަހު ޔުނައިޓެޑް އާއި ހަވާލުވިފަހުން ފާއިތުވެދިޔަ 5 މަސް ދުވަސްތެރޭގައި ޕްރީމިއަރ ލީގުގެ އެންމެ ގިނަ ޕޮއިންޓް ހޯދިޓީމަށް މެންޗެސްޓަރ ޔުނައިޓެޑް ހަދައިދީފައެވެ.

މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާ ކެރިކް ހަވާލުވީ، އެ ކްލަބުގެ ކުރީގެ ކޯޗު ރުބެން އަމޮރިމް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އަމޮރިމް ވަކިކުރިއިރު ޔުނައިޓެޑް އޮތީ ތާވަލުގެ ހަވަނަ މަގާމުގައެވެ. އޭގެ ކުރީ ސީޒަންގައި އެ ޓީމު ނިންމާލީ ތާވަލުގެ 15 ވަނަ މަގާމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ހަތަރު މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. މިއީ ޔުނައިޓެޑްގެ ވަގުތީ ކޯޗެއްގެ ގޮތުގައި ކެރިކް މަސައްކަތްކުރި ތިންވަނަ ފަހަރެވެ.

ކެރިކްގެ އެންމެ ބޮޑު ކާމިޔާބީއަކީ، ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ޔުނައިޓެޑަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކޮށްދިނުމެވެ. މި ޖާގަ ކަށަވަރުވީ މި މަހުގެ ކުރީކޮޅު މިހާރުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކުރުމާ ގުޅިގެންނެވެ.

ޔުނައިޓެޑާއި އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ކެރިކްއާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ. މިއީ 20 ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްފައިވާ ކްލަބަށް އާ އުންމީދުތަކެއް ލިބިގެންދާނެ ނިންމުމެއް ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީގެ އަންދްރޭ ސަންޓޯސް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެކުޅިވަރު | 17 ދުވަސް ކުރިންއިމާމަކަށް ބަދަލުވެ ޤްރުއާން ހިތުދަސްކުރަން މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިޔާ ވޯލްޑްކަޕަށްފަހު ރިޓަޔާކުރަނީ؟ކުޅިވަރު | މަހެއް ކުރިންބޭނުން ކެނޑުމާއެކު ޔުނައިޓެޑުން ގެނައި ކުނިކޮތަޅު އަނބުރާ ފޮނުވާލަން ނިންމައިފިކުޅިވަރު | މަހެއް ކުރިންބާ ދަގަނޑަށް ކިރާލުމަށްފަހު ޔުނައިޓެޑުން 7 ކުޅުންތެރިޔަކު ދޫކޮށްލައިފިކުޅިވަރު | މަހެއް ކުރިން