logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕްރީމިަރ ލީގުގެ އެސިސްޓް ރެކޯޑްހަދައި ފެނާންޑޭޒް ބެލަންޑޯއާއި ދިމާލަށް

އަބްދުﷲ ޣާނިމް
18 މޭ 2026 - 02:06
ޕްރީމިަރ ލީގުގެ އެސިސްޓް ރެކޯޑްހަދައި ފެނާންޑޭޒް ބެލަންޑޯއާއި ދިމާލަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު 3-2 އިން ޔުނައިޓެޑް ކާމިޔާބުކުރިއިރު، އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ތާރީޚީ ރެކޯޑަކާ އަރާ ހަމަކޮށްފިއެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ތިންވަނަ ލަނޑު ޖެހުމަށް އެހީތެރިވެދީ، ފެނާންޑޭޒް ވަނީ މި ސީޒަނުގައި އޭނާ ދިން އެސިސްޓްގެ އަދަދު 20 އަށް އިތުރުކޮށްފައެވެ. މިއާއެކު މިސީޒަނުގައި އެފް.ޑަބްލިއު.އޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމްހޯދި ފެނާންޑޭސް އަށް ޕްރީމިއަރ ލީގުގެ ޕީއެފްއޭ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑްލިބުމަކީ ވަރަށް ގާތްކަމެކެވެ. އަދި އަންނަ މަހުގައި ފަށާ ވޯލްޑްކަޕްގެ އެންމެ ބޮޑު އެއް ފޭވަރިޓު ކަމަށްވާ ޕޯޗުގަލްއަށް އެމުބާރާތް ކާމިޔާބުކުރެވިއްޖެނަމަ ބެލަންޑޯއަށް އެންމެ ވާދަކުރާނެ އެއް ކުޅުންތެރިއަކީ ފެނާންޑޭސް އެވެ.

ފެނާންޑެސް އިއްޔެޖެހި ގޯލާއެކު، ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ދިނުމުގެ ރެކޯޑާ ފެނާންޑޭޒް މިވަނީ އަރާ ހަމަކޮށްފައެވެ. މި ރެކޯޑް މީގެ ކުރިން ހިއްސާކުރަނީ 2002/03 ވަނަ ސީޒަނުގައި އާސެނަލްގެ ތިއަރީ އޮންރީ އާއި 2019/20 ވަނަ ސީޒަނުގައި މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާ އެވެ. ލީގުގައި ބާކީ އެއް މެޗު އޮތުމާއެކު، މި ރެކޯޑް މުގުރާލުމުގެ ފުރުސަތު ފެނާންޑޭޒްއަށް އެބައޮތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންޗެސްޓާ ޔުނައިޓެޑްގެ ތާރީޚަށް ބަލާއިރު، މިއީ އެ ކްލަބުގެ ކުޅުންތެރިއަކު އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ދިން ފަހަރެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ ޑޭވިޑް ބެކަމް އަތުގައެވެ. އޭނާ ވަނީ ޔުނައިޓެޑްގައި ހޭދަކުރި އެންމެ ކާމިޔާބު ސީޒަނުގައި 16 އެސިސްޓް ދީފައެވެ. މި ސީޒަނުގައި ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ފެނާންޑޭޒް ވަނީ ޔުނައިޓެޑްގެ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ހުރިހާ މުބާރާތްތަކެއް ހިމެނޭހެން ފެނާންޑޭޒް މިހާތަނަށް 22 އެސިސްޓް ދީފައިވާއިރު، އޭނާގެ ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ޕްރިމިއާ ލީގުގެ ރެކޯޑް އެކަނިމާއެކަނި މިލްކުކުރުމެވެ. މިހާރު އޮތް ފޯމަށް ބަލާއިރު، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ޕޯޗުގަލް ޓީމުން ނުކުންނައިރު ފެނާންޑޭޒް އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ތަނބަށް ވާނެއެވެ.

ޓެކްޓިކަލް ގޮތުން ބަލާއިރު، ރޮބާޓޯ މާޓިނޭޒްގެ ޕޯޗުގަލް ޓީމުގައި ފެނާންޑޭޒް އަދާކުރަނީ މެދުތެރެއާއި ކުރިމަތި ގުޅުވައިދޭ މުހިންމު ދައުރެކެވެ. ބެނާޑޯ ސިލްވާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންނާއެކު އޭނާ އުފައްދާ ކޮމްބިނޭޝަންތަކަކީ އިދިކޮޅު ޓީމުތަކަށް އޮތް ބޮޑު ބިރެކެވެ. ޔުނައިޓެޑް މިހާރު ބަލިނުވެ ފަސް މެޗު ފުރިހަމަކޮށްފައިވާއިރު، ފެނާންޑޭޒް ހުރީ އޭނާގެ ކެރިއަރުގެ އެންމެ މޮޅު ފޯމުގައެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރީމިަރ ލީގުގެ އެސިސްޓް ރެކޯޑްހަދައި ފެނާންޑޭޒް ބެލަންޑޯއާއި ދިމާލަށްކުޅިވަރު | ގަޑިއިރެއް ކުރިންކުލަބާ ހަވާލުވިފަހުން އެމުއްދަތުގައި ޕްރީމިއަރ ލީގުގެ އެންމެ ގިނަ ޕޮއިންޓް ހޯދި ކެރިކްއަށް ޔުނައިޓެޑްގެ ދާއިމީ ކޯޗުކަންކުޅިވަރު | 2 ދުވަސް ކުރިންސަންޑަލޭންޑުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެކުޅިވަރު | 8 ދުވަސް ކުރިންޑެކްލަން ރައިސް ފަހަތަށް ޖައްސާލުމަށްފަހު އެފްޑަބްލިއުއޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ފެނާންޑޭޒްއަށްކުޅިވަރު | 9 ދުވަސް ކުރިން