logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގޯޓު ހެރީ މެގުއަރ މެންޗެސްޓަރ ޔުނައިޓެޑްގެ ކޮންޓްރެކްޓް އައުކޮށްފި

އަބްދުﷲ ޣާނިމް
8 އޭޕްރީލު 2026 - 03:45
ގޯޓު ހެރީ މެގުއަރ މެންޗެސްޓަރ ޔުނައިޓެޑްގެ ކޮންޓްރެކްޓް އައުކޮށްފި

މެންޗެސްޓަރ ޔުނައިޓެޑްގެ ތަޖުރިބާކާރު ސެންޓަރ ބެކް ހެރީ މެގުއަޔާ އެ ކްލަބާއެކު އައު އެއްބަސްވުމެއްގައި ސޮއިކޮށްފިކަން އެ ކްލަބުން ކަށަވަރުކޮށްދީފިއެވެ. ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން، މެގުއަޔާ ވަނީ އެއް އަހަރު ދުވަހުގެ އައު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، އިތުރު 12 މަސް ދުވަހަށް ކޮންޓްރެކްޓް އާކުރުމުގެ އިޚްތިޔާރު ކްލަބަށް ލިބިގެންވެއެވެ. އުމުރުން 33 އަހަރުގެ މެގުއަޔާގެ މިހާރުގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތުމުން، އޭނާ ހިލޭ ޓްރާންސްފަރއެއްގައި ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާ އަބަދުވެސް އިސްކަންދީފައިވަނީ އޯލްޑް ޓްރެފޯޑްގައި މަޑުކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެގުއަޔާގެ ފޯމު ރަނގަޅުވެ، އަލުން އިންގްލެންޑްގެ ގައުމީ ޓީމުން ޖާގަ ހޯދުމާ ގުޅިގެން ޔުނައިޓެޑުން ވަނީ އޭނާ ކްލަބުގައި ބެހެއްޓުމަށް ނިންމާފައެވެ. މީގެ އިތުރުން، ކްލަބުގެ ޒުވާން ޑިފެންޑަރުން ކަމަށްވާ ލެނީ ޔޯރޯ އާއި އޭޑަން ހެވަން ތަރައްގީކުރުމުގައި މެގުއަޔާގެ ތަޖުރިބާގެ ބޭނުން ހިފުމަކީވެސް ކްލަބުގެ އަމާޒެކެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ދެކޭގޮތުގައި މެގުއަޔާގެ ތަޖުރިބާގެ އެހީގައި ޒުވާން ކުޅުންތެރިންނަށް ގިނަ ފިލާވަޅުތަކެއް ލިބި، ދިގު މުއްދަތަކަށް ކްލަބުގެ ޑިފެންސް ވަރުގަދަވެގެންދާނެއެވެ. "މެގުއަޔާގެ ތަޖުރިބާއަކީ ޒުވާން ސެންޓަރ ބެކުން ކަމަށްވާ ލެނީ ޔޯރޯ އާއި އޭޑަން ހެވަންގެ ޕާޓްނަޝިޕް ވަރުގަދަކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް،" ކްލަބުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސެނަލްގެ ސަޕޯޓަރުން ކެމްޕެއިން ފެއިލްވެ، ބްރޫނޯއަށް ޕްރީމިއަރ ލީގުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ދީފިކުޅިވަރު | 2 ދުވަސް ކުރިންޕްރީމިަރ ލީގުގެ އެސިސްޓް ރެކޯޑްހަދައި ފެނާންޑޭޒް ބެލަންޑޯއާއި ދިމާލަށްކުޅިވަރު | 8 ދުވަސް ކުރިންކުލަބާ ހަވާލުވިފަހުން އެމުއްދަތުގައި ޕްރީމިއަރ ލީގުގެ އެންމެ ގިނަ ޕޮއިންޓް ހޯދި ކެރިކްއަށް ޔުނައިޓެޑްގެ ދާއިމީ ކޯޗުކަންކުޅިވަރު | 10 ދުވަސް ކުރިންސަންޑަލޭންޑުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެކުޅިވަރު | 16 ދުވަސް ކުރިން