logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބެކަމްގެ ރެކޯޑް ފެނާންޑޭޒް މުގުރާލައި ތާވަލުގެ ތިންވަނައިގައި ޔުނައިޓެޑް ހަމަޖެހިލައިފި

އަބްދުﷲ ޣާނިމް
16 މާރިޗު 2026 - 04:10
ބެކަމްގެ ރެކޯޑް ފެނާންޑޭޒް މުގުރާލައި ތާވަލުގެ ތިންވަނައިގައި ޔުނައިޓެޑް ހަމަޖެހިލައިފި

ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ވާދަވެރިކަމުގައި މުހިންމު މޮޅެއް ހޯދުމަށް ބެންޖަމިން ސެސްކޯ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ޖެހި ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން 3-1 އިން އެސްޓަން ވިލާ ބަލިކޮށްފިއެވެ.

މި މެޗަށް ނިކުތްއިރު ދެ ޓީމުގެ ދެމެދުގައި އޮތީ ހަމައެކަނި ގޯލުގެ ތަފާތެއް ނަމަވެސް، އޯލްޑް ޓްރެފޯޑުގައި ހޯދި މި މޮޅާއެކު ޔުނައިޓެޑުން ވަނީ ތާވަލުގައި ތިން ޕޮއިންޓުގެ ފަރަގެއް ގާއިމުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އަމަދު ޑިއާލޯ ފޮނުވާލި ބޯޅައެއް އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ ދިފާއުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ކަސެމީރޯއެވެ. މިއީ ބްރޫނޯ ފެނާންޑޭޒް ނަގައިދިން ކޯނަރަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް 64 ވަނަ މިނެޓުގައި ރޮސް ބާކްލީ ވަނީ ލަނޑެއް ޖަހައި އެސްޓަން ވިލާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޔުނައިޓެޑުން އަލުން ލީޑު ނެގީ 71 ވަނަ މިނެޓުގައި މަތިއަސް ކުންހާ ޖެހި ލަނޑުންނެވެ. މިއީ ފެނާންޑޭޒް ދިން ތަފާތު މޮޅު ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ފަހުކޮޅު ސެސްކޯ ވަނީ ޔުނައިޓެޑުގެ ތިންވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްދީފައެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވިލާގެ ޓައިރޯން މިންގްސް ގައިގައި ޖެހިފައެވެ.

މި މެޗުގައި ލަނޑެއް ނުޖެހުނު ނަމަވެސް ބްރޫނޯ ފެނާންޑޭޒް ވަނީ ތާރީޚީ ރެކޯޑެއް ގާއިމުކޮށްފައެވެ. އޭނާ ވަނީ މި ސީޒަނުގައި 16 އެސިސްޓް ހަމަކޮށް، 1999-00 ސީޒަނުގައި ޑޭވިޑް ބެކަމް ހެދި ރެކޯޑު މުގުރާލާފައެވެ. މީގެ އިތުރުން މިއީ ޔުނައިޓެޑަށް އޭނާ ކޮށްދިން 100 ވަނަ އެސިސްޓެވެ.

މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން މިހާތަނަށް ކުޅުނު 9 މެޗުން 22 ޕޮއިންޓް ހޯދާފައިވާއިރު، މިއީ ޖެނުއަރީ 17 ގެ ފަހުން ލީގުގެ އެހެން އެއްވެސް ޓީމަކަށް ހޯދުނު އެންމެ ގިނަ ޕޮއިންޓެވެ. އަނެއްކޮޅުން އެސްޓަން ވިލާ ވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގާ ގާތަށް ޖެހިލައިފިކުޅިވަރު | 3 ދުވަސް ކުރިންވޯލްޑް ޗެންޕިއަން ޗެލްސީ ބަލިކޮށް ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާއި ގާތަށްކުޅިވަރު | 12 ދުވަސް ކުރިންއޮކަފޯގެ ދެ ގޯލާއެކު 45 އަހަރުފަހުން ފުރަތަމަ ފަހަރަށް އޯލްޑް ޓްރެފޯޑްގައި ލީޑްސް މޮޅުވެއްޖެކުޅިވަރު | 17 ދުވަސް ކުރިންގޯޓު ހެރީ މެގުއަރ މެންޗެސްޓަރ ޔުނައިޓެޑްގެ ކޮންޓްރެކްޓް އައުކޮށްފިކުޅިވަރު | 23 ދުވަސް ކުރިން