logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބެންޖަމިން ސެސްކޯގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން އެވަަޓަން ބަލިކޮށްފި

އަބްދުﷲ ޣާނިމް
24 ފެބްރުއަރީ 2026 - 04:48
ބެންޖަމިން ސެސްކޯގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން އެވަަޓަން ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ބެންޖަމިން ސެސްކޯ ކާމިޔާބުކުރި ލަނޑާއެކު، އެވަަޓަންގެ މައްޗަށް 1-0 އިން ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ގަދަ ހަތަރަކަށް އަލުން ޖެހިލައިފިއެވެ. ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ސެސްކޯއެވެ.

މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅެމުންދާއިރު، ސެސްކޯ އަންނަނީ "ސުޕަ-ސަބް" އެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މެޗުގެ 71 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި ލަނޑަކީ ޔުނައިޓެޑުން އުފެއްދި ވަރަށް ފުރިހަމަ ކައުންޓާ އެޓޭކެއްގެ ނަތީޖާއެވެ. މަތިއަސް ކޫންޔާ ދިން ބޯޅައެއް ބްރަޔަން އެމްބިއުމޯ ކޮންޓްރޯލް ކުރުމަށްފަހު، އެވަަޓަންގެ މައިކަލް ކީން ކައިރިން ނައްޓާލާފައި ސެސްކޯއަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޅި މެޗަށް ބަލާއިރު، އެވަަޓަންއިން 12 ހަމަލާ އުފެއްދިއިރު ޔުނައިޓެޑަށް އުފެއްދިފައިވަނީ 11 ހަމަލާއެވެ. ނަމަވެސް އެވަަޓަންއަށް ލަނޑު ޖަހާނެ މާ ބޮޑު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ޔުނައިޓެޑްގެ ގޯލްކީޕަރު ސެން ލަމެންސް ވަނީ އެވަަޓަންގެ މައިކަލް ކީން އަދި ޓައިރީކް ޖޯޖް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުން މޮޅުވުމާއެކު، މައިކަލް ކެރިކް ޔުނައިޓެޑާ ހަވާލުވި ފަހުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ވަނީ ނުވަ މެޗަށް އިތުރުވެފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފައިވާއިރު، ދެ މެޗު ވަނީ އެއްވަރުވެފައެވެ. މިއީ ޔުނައިޓެޑްގެ ތާރީޚުގައިވެސް ކޯޗަކު ހަވާލުވެ ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރި ތިންވަނަ ރެކޯޑެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮކަފޯގެ ދެ ގޯލާއެކު 45 އަހަރުފަހުން ފުރަތަމަ ފަހަރަށް އޯލްޑް ޓްރެފޯޑްގައި ލީޑްސް މޮޅުވެއްޖެކުޅިވަރު | 3 ދުވަސް ކުރިންގޯޓު ހެރީ މެގުއަރ މެންޗެސްޓަރ ޔުނައިޓެޑްގެ ކޮންޓްރެކްޓް އައުކޮށްފިކުޅިވަރު | 9 ދުވަސް ކުރިންބެކަމްގެ ރެކޯޑް ފެނާންޑޭޒް މުގުރާލައި ތާވަލުގެ ތިންވަނައިގައި ޔުނައިޓެޑް ހަމަޖެހިލައިފިކުޅިވަރު | މަހެއް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ކެރިކްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބަލިކުޅިވަރު | މަހެއް ކުރިން