logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެންޕިއަން ލިވަޕޫލް ބޮކިޖަހާފައި އަޑިޔަށް

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2025 - 17:43
ޗެންޕިއަން ލިވަޕޫލް ބޮކިޖަހާފައި އަޑިޔަށް

ޕްރިމިއާ ލީގުގައި ލިވަޕޫލް އަނެއްކާވެސް މިރޭ ބަލިވެއްޖެއެވެ. ނޮޓިންހަމް ފޮރެސްޓް އަތުން ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު އެނބުރި އައިއިރު މި ބައްޔާއެކު އެ ޓީމު ވަނީ ތާވަލުގެ 11 ވަނަ އަށް ވެއްޓިފައެވެ. މެޗުގެ ފުރަތަމަ ގޯލު ފޮރެސްޓުން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. އެލިއޮޓް އެންޑަސަން ނެގި ކޯނަރެއް ވާޖިލް ވެން ޑައިކަށް ރަނގަޅަށް ދިފާއު ނުކުރެވުމުން، މުރިލޯ ވަނީ ބޯޅަ ތިރީ ކަނަށް ފޮނުވާލައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އޭގެ އިރުކޮޅެއްފަހުން ފޮރެސްޓްގެ އިގޯ ޖީސަސް ޖެހި މި ގޯލު ވީއޭއާރުން ބެލުމަށްފަހު ވަނީ ބާތިލުކޮށްފައެވެ. ސަބަބަކީ އޭނާ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން އަތުގައި ޖެހުން ކަމަށް ނިންމުމެވެ. ނަމަވެސް ދެވަނަ ގޯލެއް ޖެހުމަށް ފޮރެސްޓަށް މާ ގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ދެވަނަ ހާފު ފެށިގެން 39 ސިކުންތުތެރޭ ނިކޮލޯ ސަވޯނާ ވަނީ ނެކޯ ވިލިއަމްސް ދިން ބޯޅައަކުން ފޮރެސްޓަށް 2-0 ގެ ލީޑެއް ހޯދައިދީފައެވެ.

ލިވަޕޫލްގެ އެޓޭކްގެ ކުޅުން ރަނގަޅުކުރުމަށްޓަކައި ކޯޗު އާން ސްލޮޓް ވަނީ ހޫގޯ އެކިޓިކޭ އާއި ފެޑެރިކޯ ކިއޭސާ ކުޅެން ނެރެފައެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓުގައި މޯގަން ގިބްސް-ވައިޓް ވަނީ ރީބައުންޑް ބޯޅައަކުން ގޯލު ޖަހައި، ލިވަޕޫލްގެ އުންމީދުތައް ކަނޑުވާލައިފައެވެ. މި ކާމިޔާބީއާއެކު ފޮރެސްޓް ވަނީ ލީގު ތާވަލުގެ 16 ވަނައަށް ކުރިއަރާ، ޕްރިމިއާ ލީގުގައި އެ ޓީމު ބަލިނުވެ ތިން މެޗު ހަމަކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަން ލިވަޕޫލް ބޮކިޖަހާފައި އަޑިޔަށްކުޅިވަރު | 26 މިނިޓު ކުރިންސިޓީއަތުން ބަލިވެ މުޅި ޔޫރަޕު ފަތަޙަކުރަން ނިކުތް ލިވަޕޫލް ޔުނައިޓެޑަށްވުރެ ފަހަތުގައިކުޅިވަރު | 13 ދުވަސް ކުރިންމަހަކަށްވުރެ ގިނަދުވަސްފަހުން ލިވަޕޫލަށް ލީގުގައި މޮޅެއް ލިބިއްޖެކުޅިވަރު | 21 ދުވަސް ކުރިންލިވަޕޫލުގެ މެނޭޖްމަންޓުން ސްލޮޓް އަށް ސަތޭކަޕަސެންޓް އިތުބާރު އެބައޮތް ކުޅިވަރު | 21 ދުވަސް ކުރިން