logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލަށް ދޯކާދިނުމަށްފަހު ގުއޭހީ އެންމެފަހުން ސިޓީއަށް

އަބްދުﷲ ޣާނިމް
16 ޖެނުއަރީ 2026 - 16:06
ލިވަޕޫލަށް ދޯކާދިނުމަށްފަހު ގުއޭހީ އެންމެފަހުން ސިޓީއަށް

ކްރިސްޓަލް ޕެލަސްގެ ކެޕްޓަން މާކް ގުއޭހީ 20 މިލިއަން ޕައުންޑުގެ ފީއަކަށް މެންޗެސްޓަރ ސިޓީއަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ. އިނގިރޭސި ގައުމީ ޓީމުގެ ސެންޓަރ ބެކް ސިޓީއަށް ގެނައުމުގެ މަޝްވަރާތައް ފަށާފައިވަނީ އެ ޓީމުގެ ދިފާއީ ކުޅުންތެރިން ކަމަށްވާ ޖޮސްކޯ ގްވާޑިއޯލް އަދި ރޫބެން ޑިއާސްއަށް އަނިޔާވުމާ ގުޅިގެންނެވެ.

އުމުރުން 25 އަހަރުގެ ގުއޭހީ ސިޓީއަށް ބަދަލުވުމުގެ މަޝްވަރާތައް ފާއިތުވި 24 ގަޑިއިރު ތެރޭގައި ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައެވެ. އޭނާ ސިޓީއާއެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށް ބެލެވޭއިރު، އަމިއްލަ ޝަރުތުތަކާ މެދު އަދި ރަސްމީކޮށް އެއްބަސްނުވި ނަމަވެސް އެއީ މައްސަލައަކަށް ވާނެ ކަމަކަށް ނުބެލެވެއެވެ. ގުއޭހީއަކީ މިދިޔަ ހޫނު މޫސުމުގައި ލިވަޕޫލަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ ކުޅުންތެރިއެކެވެ. އަދި ލިވަޕޫލްއަށް ބަދަލުވާން މިދިޔަ ޓްރާންސްފާ މާކެޓްގައި ގުއޭހީ އޭރު މެޑިކަލްޓެސްޓްތައް ވެސް ހެދިއެވެ. ނަމަވެސް ޓްރާންސްފާ މާކެޓް ބަންދުވާން މަދު ވަގުތުކޮޅަކަށްވެފައިވަނިކޮށް، ޕެލަސްއިން ވަނީ އޭނާގެ ލިވަޕޫލް ޓްރާންސްފާ ހުއްޓުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚަބަރާ އެކު، ކްރިސްޓަލް ޕެލަސްގެ ކޯޗު އޮލިވަރ ގްލާސްނާ ވެސް ވަނީ އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ޖޫން މަހު ކްލަބް ދޫކޮށްލާނެކަން ކަށަވަރުކޮށްދީފައެވެ.

ގުއޭހީއަކީ 2021 ވަނަ އަހަރު ޗެލްސީން ޕެލަސްއާ ގުޅުނު ފަހުން އިނގިރޭސި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވެފައެވެ. ވަކިން ހާއްސަކޮށް ޔޫރޯ 2024 ގެ ފައިނަލަށް އިނގިރޭސި ޓީމު ދަތުރުކުރިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއީ މި ޓްރާންސްފާ ވިންޑޯގައި ސިޓީން ގެންނަ ދެވަނަ ކުޅުންތެރިޔާއެވެ. އެ ޓީމުން ވަނީ މީގެ ކުރިން ބޯންމައުތުގެ އެންޓޮއިން ސެމެންޔޯ 62.5 މިލިއަން ޕައުންޑަށް ގަނެފައެވެ.

މި ޓްރާންސްފާގެ ކަންކަން ކުރިއަށްދާއިރު، މެންޗެސްޓަރ ސިޓީން މާދާމާ ޕްރިމިއާ ލީގުގައި އެ ޓީމުގެ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް އޯލްޑް ޓްރެފޯޑްގައި ނުކުންނާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލަށް ދޯކާދިނުމަށްފަހު ގުއޭހީ އެންމެފަހުން ސިޓީއަށްކުޅިވަރު | 2 ގަޑިއިރު ކުރިންސެމެންޔޯގެ ގޯލާއެކު ސިޓީއިން ނިއުކާސަލް ބަލިކޮށް ސެމީއާއި ގާތަށްކުޅިވަރު | 2 ދުވަސް ކުރިންސިޓީ ޖެހިޖެހިގެން ތިން މެޗުން އެއްވަރުވުމާއެކު އާސެނަލް ގެ ސަޕޯޓަރުންނަށް އުފާވެރިކަން ކުޅިވަރު | 9 ދުވަސް ކުރިންލިވަޕޫލް މޮޅުވާން ދަނިކޮށް ފުލަމްއިން ފަހު ވަގުތު ޕޮއިންޓެއް ހޯދައިފިކުޅިވަރު | 12 ދުވަސް ކުރިން