logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެންޗެސްޓަރ ސިޓީ ހަނިގޮތަކަށް މޮޅުވެ އާސެނަލްއަށް ޕްރެޝަރުކޮށްފި

އަބްދުﷲ ޣާނިމް
1 މާރިޗު 2026 - 04:25
މެންޗެސްޓަރ ސިޓީ ހަނިގޮތަކަށް މޮޅުވެ އާސެނަލްއަށް ޕްރެޝަރުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ ތަރި އާލިން ހާލަންޑް ނުލައި ކުޅެ، ލީޑްސް ޔުނައިޓެޑްގެ މައްޗަށް 1-0 އިން ކުރިހޯދައި ސިޓީން ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ. އެލަންޑް ރޯޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ އެންޓޮއިން ސެމެންޔޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ސިޓީގެ އިތުބާރު ފޯވާޑް އާލިން ހާލަންޑަށް މި މެޗުގައި ނުކުޅެވުނީ ފަރިތަކުރުންތަކުގެ ތެރޭގައި ލިބުނު ކުޑަ އަނިޔާއެއްގެ ސަބަބުންނެވެ. ހާލަންޑް ނެތުމުގެ ދަތިކަން މެޗުގެ ކުރީކޮޅު ސިޓީއަށް އިހުސާސް ކުރެވުނުއިރު، ލީޑްސްއިން ވަނީ ފުރަތަމަ ހާފުގައި ވަރަށް ވަރުގަދަ ކުޅުމެއް ދައްކައި ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ލީޑްސްގެ ޑޮމިނިކް ކަލްވަޓް-ލެވިން އަދި ބްރެންޑަން އާރޮންސަންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލީޑްސްއިން ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީން ލަނޑެއް ޖަހައި ލީޑު ނެގުމެވެ. ރަޔާން ޗެރްކީ ތަނަވަސްކޮށްދިން ފުރުސަތަކުން، ރަޔާން އައިޓް-ނޫރީ ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ސެމެންޔޯއެވެ. މިއީ މި ސީޒަނުގައި ތަފާތު ދެ ޓީމަކަށް ކުޅެމުން އެލަންޑް ރޯޑުގައި ސެމެންޔޯ ޖެހި ދެވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ސިޓީން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނު ނަމަވެސް، ލަނޑު ޖަހާނެ މާ ގިނަ ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ލީޑްސްގެ ޖަކާ ބިޖޯލްއަށް މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މެޗު ނިމުމާއެކު ދެ ޓީމުގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގިއިރު، ބޭއަދަބީ ބަހުރުވަ ބޭނުންކުރުމުގެ ސަބަބުން ލީޑްސްގެ ކޯޗު ޑެނިއަލް ފާކޭއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

މިމޮޅާއެކު ސިޓީ ވަނީ އެއްވަނައިގައި އޮތް އާސެނަލް އާއި ދެޕޮއިންޓާއި ގާތަށް ޖެހިލާފައެވެ. ލީގުގައި އާސެނަލް ދެން އެންމެ އަވަހަށް ނިކުންނާނީ ޗެލްސީއާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެމެންޔޯގެ ލަނޑުން ޗެލްސީ ބަލިކޮށް މެންޗެސްޓަރ ސިޓީއިން ސީޒަނުގެ ދެވަނަ ތަށި އުފުލާލައިފިކުޅިވަރު | 4 ގަޑިއިރު ކުރިންކޮށި ކީހަކުން ގަސް ކީހާލައި، ގަހުކުރިޔަށް އެރިގޮތަށް ފައިބާން ނޭނގި 7 މަސްވީ އެލިފަންޓަށް ފެންބޯންދީފިކުޅިވަރު | މަހެއް ކުރިންއާސެނަލް ސަޕޯޓަރުންސަޕޯރޓްކުރިނަމަވެސް ޗެލްސީއިން ބުނީ ނޫނެކޭ، ސިޓީއަށް ފަސޭހަކަމާއެކު މެޗުދީފިކުޅިވަރު | މަހެއް ކުރިންސިޓީ ދޫކޮށް ރެއާލް އަށް ގޮސްފާނެކަމުގެ ބިރަށްޓަކައި ރޮޑްރީއަށް ބޮޑު މުސާރައެއް ހުށަހަޅައިފިކުޅިވަރު | މަހެއް ކުރިން