logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކާމިޔާބު 10 އަހަރަށްފަހު ގާޑިއޯލާ ސިޓީ ދޫކޮށްލާނެކަން ރަސްމީކޮށް އިޢުލާނުކޮށްފި

އަބްދުﷲ ޣާނިމް
22 މޭ 2026 - 14:44
ކާމިޔާބު 10 އަހަރަށްފަހު ގާޑިއޯލާ ސިޓީ ދޫކޮށްލާނެކަން ރަސްމީކޮށް އިޢުލާނުކޮށްފި

އިނގިރޭސި ފުޓްބޯޅައަށް ބޮޑެތި ބަދަލުތަކެއް ގެނުވި ކާމިޔާބު 10 އަހަރަށްފަހު، މި ސީޒަން ނިމުމުން މެންޗެސްޓަރ ސިޓީގެ ކޯޗުކަމުން ވަކިވާނެކަން ޕެޕް ގާޑިއޯލާ ހުކުރު ދުވަހު ކަށަވަރުކޮށްދީފިއެވެ.

ވޭތުވެދިޔަ 10 ސީޒަނުގައި ގާޑިއޯލާ ވަނީ ސިޓީއަށް 20 ތަށި ހޯދައިދީފައެވެ. މީގެ ތެރޭގައި ހަ ޕްރިމިއަރ ލީގު ތަށްޓާއި، އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހޯދި ޗެމްޕިއަންސް ލީގު ކާމިޔާބީ ހިމެނެއެވެ. އަންނަ އާދިއްތަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަކީ އޭނާ ސިޓީގެ ކޯޗެއްގެ ގޮތުގައި ފެންނާނެ ފަހު މެޗެވެ. ނަމަވެސް، އޭނާ ދެން މަސައްކަތް ކުރާނީ ސިޓީ ފުޓްބޯލް ގްރޫޕުގެ ގްލޯބަލް އެމްބަސެޑަރެއްގެ ގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްލަބުން ނެރުނު ބަޔާނެއްގައި ގާޑިއޯލާ ބުނެފައިވަނީ، "އަހަރެމެން އެކުގައި ހޭދަކުރީ ކިހާ ފުރިހަމަ ވަގުތުތަކެއް ހެއްޔެވެ! އަހަރެން ވަކިވާ ސަބަބާ ބެހޭގޮތުން ސުވާލު ނުކުރާށެވެ. ވަކި ސަބަބެއް ނެތެވެ. ނަމަވެސް މިއީ އަހަރެން ވަކިވާންވީ ވަގުތުކަން ހިތުގެ އަޑިން ގަބޫލުކުރެވެއެވެ."

އޭނާ އިތުރަށް ބުނީ އެއްވެސް ކަމަކީ ދާއިމީ ކަމެއް ނޫން ކަމަށާއި، ނަމަވެސް މެންޗެސްޓަރ ސިޓީއަށް އޮތް ލޯތްބާއި ހަނދާންތައް ދާއިމަށް ދެމިހުންނާނެ ކަމަށެވެ. ގާޑިއޯލާ ސިޓީ ދޫކޮށްލާނެ ކަމުގެ ޚަބަރުތައް ފުރަތަމަ ފެތުރެން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. އެހެންނަމަވެސް، އާސެނަލްއާ ވާދަކޮށް ލީގު ގެއްލުނު ވަގުތު އޭނާ ހުރީ މުސްތަގުބަލާ ބެހޭގޮތުން އެއްޗެއް ބުނަން ބޭނުންނުވެފައެވެ.

ބާސެލޯނާ އަދި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ގާޑިއޯލާގެ ބަދަލުގައި ސިޓީއާ ހަވާލުވާނީ ކުރިން އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި އެންޒޯ މަރެސްކާ ކަމަށް ގިނަ ރިޕޯޓްތަކެއް ބުނެއެވެ. މަރެސްކާ އަކީ އެންމެ ފަހުން ޗެލްސީގެ ކޯޗަކަށް ހުރި ފަރާތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާމިޔާބު 10 އަހަރަށްފަހު ގާޑިއޯލާ ސިޓީ ދޫކޮށްލާނެކަން ރަސްމީކޮށް އިޢުލާނުކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންސެމެންޔޯގެ ލަނޑުން ޗެލްސީ ބަލިކޮށް މެންޗެސްޓަރ ސިޓީއިން ސީޒަނުގެ ދެވަނަ ތަށި އުފުލާލައިފިކުޅިވަރު | 6 ދުވަސް ކުރިންކޮށި ކީހަކުން ގަސް ކީހާލައި، ގަހުކުރިޔަށް އެރިގޮތަށް ފައިބާން ނޭނގި 7 މަސްވީ އެލިފަންޓަށް ފެންބޯންދީފިކުޅިވަރު | މަހެއް ކުރިންއާސެނަލް ސަޕޯޓަރުންސަޕޯރޓްކުރިނަމަވެސް ޗެލްސީއިން ބުނީ ނޫނެކޭ، ސިޓީއަށް ފަސޭހަކަމާއެކު މެޗުދީފިކުޅިވަރު | މަހެއް ކުރިން