logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކޮށި ކީހަކުން ގަސް ކީހާލައި، ގަހުކުރިޔަށް އެރިގޮތަށް ފައިބާން ނޭނގި 7 މަސްވީ އެލިފަންޓަށް ފެންބޯންދީފި

އަބްދުﷲ ޣާނިމް
20 އޭޕްރީލު 2026 - 03:32
ކޮށި ކީހަކުން ގަސް ކީހާލައި، ގަހުކުރިޔަށް އެރިގޮތަށް ފައިބާން ނޭނގި 7 މަސްވީ އެލިފަންޓަށް ފެންބޯންދީފި

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށީގެ ރޭހުގައި މުހިންމު މޮޅެއް މެންޗެސްޓާ ސިޓީން ހޯދައިފިއެވެ. އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި އާސެނަލްގެ މައްޗަށް ސިޓީން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލީގު ތަށި ދިފާއުކުރުމުގެ ފުރުސަތު ސިޓީގެ އަމިއްލަ ބާރުގެ ދަށަށް މިވަނީ އައިސްފައެވެ.
މި ބަައްޔާއެ މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން ތާވަލުގެ އެއްވަނައަށް އަރައި ވެއްޓޭން ނޭނގުނު އާސެނަލްއިން ވަނީ ތަށި ހޯދުމަށް އެޓީމަށް ލިބުނު ހުރިހާ ފުރުސަތެއް މެންޗެސްޓަރ ސިޓީއަށާްވެސް ދީފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޖަހައި ސިޓީއަށް ކުރިހޯދައިދިނީ ރަޔާން ޗެރްކީއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ސިޓީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ހެދި ގޯހެއްގެ ފައިދާ ނަގައި، ކައި ހާވާޓްޒް ވަނީ އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުން ސިޓީ މޮޅުވި ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެރްލިންގް ހާލަންޑެވެ. މިއީ ނިކޯ އޯރައިލީ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި އާސެނަލްއަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން އެބެރެޗީ އެޒޭ އަދި ގަބްރިއެލް މަގަލްހައެސް ފޮނުވާލި ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، މެޗުގެ ފަހުވަގުތު ހާވާޓްޒްއަށް ލިބުނު ރަނގަޅު ފުރުސަތެއްގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

މި ނަތީޖާއާއެކު އާސެނަލްއަށް ވަނީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމުގެ ހިތްދަތިކަމާ ކުރިމަތިލާން ޖެހިފައެވެ. މިއީ މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެ ޓީމު މިފަދަ ގޮތަކަށް ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ލީގުގެ އެއްވަނައިގައި އޮންނަ ޓީމުތަކާ ދެކޮޅަށް އޭނާގެ އޮތް މޮޅު ރެކޯޑު ދަމަހައްޓާފައެވެ.

އޮޕްޓާ ސުޕަ ކޮމްޕިއުޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މޮޅާއެކު ސިޓީން ލީގު ތަށި ހޯދުމުގެ ފުރުސަތު މިހާރު ވަނީ 27 އިންސައްތައަށް އިތުރުވެފައެވެ. އަންނަ ބުދަ ދުވަހު ބާންލީއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ، ފައިދާގޯލުގެ ތަފާތުން ތާވަލުގެ އެއްވަނައަށް އެ ޓީމު އަރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔެ ތަޣައްޔަރުވުމުން ސަލާމަތްކޮށްދީ ޕީއެސްޖީއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރަޕުގެ ރަސްކަމަށްކުޅިވަރު | 5 ދުވަސް ކުރިންކާމިޔާބު 10 އަހަރަށްފަހު ގާޑިއޯލާ ސިޓީ ދޫކޮށްލާނެކަން ރަސްމީކޮށް އިޢުލާނުކޮށްފިކުޅިވަރު | 13 ދުވަސް ކުރިންމުޅި ރާއްޖެ ސިއްސުވާލާވަރުގެ ރެކޯޑް ޕެރޭޑްއެއް ރާއްޖޭގައި ބޭއްވުމަށް އާސެނަލްގެ ސަޕޯޓަރުން ނިންމައިފިކުޅިވަރު | 14 ދުވަސް ކުރިން22 އަހަރުވީ ނެޓްފްލިކްސް ސީރީޒް ނިންމާލައި އާސެނަލް އިނގިރޭސި ލީގުކާމިޔާބުކޮށްފިކުޅިވަރު | 16 ދުވަސް ކުރިން