ޕެނަލްޓީގެ ބާރުގައި ލިވަޕޫލް ގަދަ 8 އަށް
10 ޑިސެމްބަރު 2025 - 06:03

ޑޮމިނިކް ޝޮބޮސްލައި 88 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީން ލިވަޕޫލް ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެ، ލިވަޕޫލް ބަލިވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފިއެވެ.
ލިވަޕޫލްއިން 32 ވަނަ މިނެޓުގައި އިބްރާހިމާ ކޮނާޓޭ ގޯލު ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަތީ، އެ ހަމަލާގެ ކުރިން ވާޖިލް ވެން ޑައިކް ބޯޅަ ޖަހާފައިވަނީ ހިއުގޯ އެކިޓިކޭގެ އަތުގައި ކަމަށް ނިންމައިފައެވެ.

Ad by Hajj Corporation
އޭގެ ފަހުން އިންޓަ މިލާނުން ވަނީ ޕްރެޝަރު ބޮޑުކޮށްފައެވެ. ނިކޮލޯ ބަރެއްލާ ފްރީކިކެއް ގޯލާ ކައިރިން ބޭރަށް ފޮނުވާލި އިރު، އިތުރު ވަގުތުގައި ޕިއޮޓްރ ޒިއެލިންސްކީ އާއި ލައުޓާރޯ މާޓިނޭޒް ވަނީ ލިވަޕޫލުގެ ގޯލުކީޕަރު އެލިސަންއަށް ޕްރެޝަރު ކޮށްފައެވެ.
މެޗުގެ 88 ވަނަ މިނެތުގައި އެލެސަންޑްރޯ ބަސްޓޯނީ، ފްލޯރިއަން ވިއެރްޓްޒްގެ ޖޯޒީގައި ހިފެހެއްތުމުން ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނެވެ. ޝޮބޮސްލައި ވަނީ އޭނާގެ ސްޕޮޓް ކިކް ގޯލުގެ ވާތް ފަރާތުގެ މަތީ ކަނަށް ފޮނުވާލައި، ލިވަޕޫލް ތާވަލުގެ އަށް ވަނައަށް ގެންގޮސްފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން އަމިއްލަ ދަނޑުގައި ކުޅުނު 18 މެޗުން ބަލިނުވެ ދެމި އޮތުމަށް ފަހު ލިބުނު ބައްޔެކެވެ. މި ބަލިވުމާއެކު އެ ޓީމު ވަނީ ތާވަލުގެ ފަސް ވަނައަށް ވެއްޓިފައެވެ.


