އިސާކް މިއީ ސްކޭމް އެއްތަ؟ ލިވަޕޫލުން ކަންބޮޑުވާ ދަރަޖައަށް ކުޅުންތެރިޔާ ވެއްޓިއްޖެ
6 ޑިސެމްބަރު 2025 - 11:27

ޕްރީމިއަރ ލީގުގެ ތާރީޚުގެ އެންމެ އަގޮބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިދިޔަ ޓްރާންސްފާ މާކެޓްގައި ނިއުކާސަލް އިން ލިވަޕޫލަށް މިދިޔަ ޓްރާންސްފާ މާކެޓްގައި ބަދަލުވެފައިވާއިރު، ސީޒަނުގެ މެދާހަމައަށް އައިއިރު އިސާކްގެ ކުޅުން ވަނީ ކަންބޮޑުވާ ދަރަޖައަކަށް ވެއްޓިފައެވެ. 125 މިލިއަން ޕައުންޑްގެ އަގަކަށް ލިވަޕޫލާ ގުޅުނު މި ސްވިޑިޝް ކުޅުންތެރިޔާގެ މުހިންމު އެޓޭކިން ނަންބަރުތައް ވަނީ ނިއުކާސަލްގައި ހޭދަކުރި ފަހު ސީޒަނާ އަޅާބަލާއިރު، އަދި ލިވަޕޫލުން ދެއްކި ފީއާއި އަޅާބަލާފައި ސްކޭމްއެއްކަން ބަޔަކަށް ޤަބޫލުކުރެވޭހާ ދަރަޖައަށް ކުލުން ދަށްވެފައެވެ.
އުމުރުން 26 އަހަރުގެ އިސާކްގެ ހަރަކާތްތައް ކޮންމެ މުހިންމު ކެޓަގަރީއަކުން ވެސް ވަނީ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ދަށްވެފައެވެ. ޑެޑްލައިން ޑޭގައި ލިވަޕޫލަށް އައިތާ މަދު މަސްކޮޅެއްގެ ތެރޭގައި އާނޭ ސްލޮޓްގެ ސިސްޓަމާ އޭނާ ހޭނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ މެދު ސުވާލު އުފެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation
އިސާކްގެ ކުޅުމުގެ ތަފާސްހިސާބުތައް ކޮންމެ 90 މިނެޓަކަށް ބަލާއިރު ނިއުކާސަލްގައި އުޅުނު ދުވަސްކޮޅާއި ބަލާފައި ވަރަށް ބޮޑު ތަފާތުތަކެއް ފެނިފައިވެއެވެ. އޭނާގެ ފައިގައި ބޯޅަ ޖެހޭ މިންވަރު (ޓަޗްސް) 33.2 އިން 17.1 އަށް ވަނީ ދަށަށް ގޮސްފައެވެ. އަދި އިނދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ބޯޅައިގައި ޓަޗްކުރާ މިންވަރު 6.2 އިން 1.4 އަށް ވަނީ ވެއްޓިފައެވެ. މީގެ އިތުރުން ކޮންމެ 90 މިނެޓަކުން ހަދާ ޝޮޓްތަކުގެ އަދަދު 2.9 އިން 1.9 އަށް ދަށްވެފައިވާއިރު، ގޯލާއި އަމާޒުކޮށް ފޮނުވާ ޝޮޓްތައް 1.4 އިން 0.4 އަށް ވަނީ މަދުވެފައެވެ. ބޮޑެތި ފުރުސަތުތައް (ބިގް ޗާންސަސް) 1.06 އިން 0.71 އަށް ވަނީ ދަށްވެފައެވެ.

އެންފީލްޑްގައި އޭނާ ފަހުން ލީގުގައި ކުޅުނު ދެ މެޗުގައި އިސާކް އެވަޒެޖް ކޮށް ފައިގައި ބޯޅަޖެހިފައިވަނީ އެންމެ 14 ފަހަރުގައެވެ. ބުދަ ދުވަހު ސަންޑަލޭންޑްއާ ދެކޮޅަށް 1-1 ން އެއްވަރުވި މެޗުގައި ލިވަޕޫލުން މެޗު ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދަނިކޮށް ވެސް އޭނާ ވަނީ ބަދަލުކޮށްފައެވެ. ޕްރީ-ސީޒަން ތައްޔާރީތައް ނުލިބުމާއި، ޓީމާ މަޑުމަޑުން ހޭނެން ޖެހުމަކީ މިކަމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހިމެނުނު ނަމަވެސް، މިފަދަ ބޮޑު ތަފާތުތަކެއް ފެނުމަކީ ކްލަބްގެ ތާރީޚުގެ އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާގެ ގޮތުގައި ގެނައި ކުޅުންތެރިޔާގެ ސަބަބުން ކުލަބަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެކަމުގައި މިހާރުވަނީ ބެލެވިފައެވެ.
އެންމެ ފަހުގެ ލީގު ޗެންޕިއަން މިވަގުތު ލީގުގެ 9 ވަނަ އަށް ވެއްޓިފައިވާއިރު، ފާހަގަކޮށްލެވޭ ކަމަކީ އެންމެ ފަހުގެ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ހޯދުމަށް ލިިވަޕޫލުން ދުނިޔޭގެ ރެކޯޑް އަދަދަކާއި ގާތަށް 500 މިލިޔަން ޑޮަލަރު ޚަރަދުކޮށްފައެވެ. ނަމަވެސް މިހާރު މި ޚަރަދުތައް ފެންނަމުންދަނީ ކާމިޔާބީތަކެއްގެ ގޮތަށްވުރެ ބޮޑަށް ސްކޭމް ތަކެއްގެ ގޮތުގައެވެ.


