logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތާވަލުގެ ފުލުގައިއޮތް ޅީޑްސްއިން ފަހުވަގުތުޖެހި ގޯލާއެކު ލިވަޕޫލުގެ ބަނަދުވަސްތައް ކުރިޔަށް

އަބްދުﷲ ޣާނިމް
7 ޑިސެމްބަރު 2025 - 03:40
 ތާވަލުގެ ފުލުގައިއޮތް ޅީޑްސްއިން ފަހުވަގުތުޖެހި ގޯލާއެކު ލިވަޕޫލުގެ ބަނަދުވަސްތައް ކުރިޔަށް

ޗެންޕިއަން ލިވަޕޫލް ތާވަލުގެ ފުލުގައި އޮތް ލީޑްސް އަތުން ހައިރާން ކުރުވަނިވި ގޮތަކަށް ފަހުވަގުތު އެއްވަރުވެ، ޓީމުގެ ބަނަދުވަސްތަކަށް އަލިމަގެއް ނުފެނި ހިނގައްޖެއެވެ. ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ދިޔުމަކީ މި ސީޒަނުގެ ޗެމްޕިއަންކަން ދިފާޢުކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި އާއޯ ޓަނާކާ ލަނޑު ޖަހައި، ލިވަޕޫލް 2-0 އިން ކުރީގައި އޮވެ އަދި 3-2 އިން ކުރީގައި އޮވެވެސް އެއްވަރުކޮށްލީއެވެ. މިއީ ވަރަށް ހޫނުގަދަ މާހައުލެއްގައި ކުޅުނު މެޗެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިވަޕޫލުގެ މުހިންމު ކުޅުންތެރިންކަމަށްވާ ސަލާޙް އާއި އިސާކް ބެންޗުގައި ބައިންދައިގެން ފެށި މިމެޗުގައި ލިވަޕޫލުގެ ފޯވާޑް އެކިޓިކެ ވަނީ ދެވަނަ ހާފު ފަށައިގެން ކައިރި ކައިރީގައި ދެމިނެޓިތެރޭގައި ދެލަނޑުޖަހައި ޓީމަށް އުއްމީދެއް އައުކޮށްދީފައެވެ. ނަމަވެސް، ލީޑްސްއަށް 73 ވަނަ މިނެޓުގައި އުއްމީދެއް ލިބުނެވެ. އެއީ އިބްރާހިމާ ކޮނާޓޭ ވިލްފްރެޑް ގްނޮންޓޯއަށް ނުރައްކާތެރިކޮށް ފައުލް ކުރުމުން ވީއޭއާރް ބެލުމަށްފަހު ޕެނަލްޓީއެއް ދިނުމުންނެވެ. ކުރީގެ އެވަޓަން ފޯވާޑް ޑޮމިނިކް ކަލްވާޓް-ލެވިން އެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ވަގުތު މެޗުގެ މޮމެންޓަމް ލީޑްސްއަށް ބަދަލުވެފައި ވަނިކޮށް، އެންމެ ދެ މިނެޓު ފަހުން އެންޓަން ސްޓާޗް ހިލޭ ދޫކޮށްލުމެއްގެ ތެރެއިން ގޯލަށް ބާރު ޖެހުމަކުން ލަނޑު ޖަހައި އެއްވަރުކޮށްލިއެވެ.

ލިވަޕޫލުން 80 ވަނަ މިނެޓުގައި އަނބުރާ ލީޑު ނެގިއެވެ. ރަޔަން ގްރެވެންބާޗް ދިން ޕާހަކުން ޑޮމިނިކް ޝޮބޮސްލައި ގޯލުޖަހައި ލިވަޕޫލުގެ ކުލުންތެރިންނަށް ހަމަޖެހުމެއް އިރުކޮޅަކަށް ގެނެސްދިންނަމަވެސް އިތުރުވަގުތުގެ ފަހުކޮޅުގައި، ސްޓާޗް ވީލީގެ ކަނުން ނެގި ކޯނަރެއް ގިނަ ކުޅުންތެރިންގެ ތެރެއިން ގޮސް ޓަނާކާއަށް ލިބުނުއިރު، އޭނާ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި މެޗު އެއްވަރުކޮށްފައެވެ.

މި މެޗުން އެއްވަރުވުމާއެކު، އެންމެ ފަހުގެ ޗެންޕިއަން ލިވަޕޫލް ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން މޮޅުވެފައިވަނީ އެންމެ ދެމެޗުންނެވެ. ލިވަޕޫލް މިވަގުތު އޮތީ 15 މެޗުން ލިބުނު 23 ޕޮއިންޓާއެކު ފައިދާ އެއްވެސް ގޯލެއް ނެތި، ތާވަލުގެ 8 ވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެލިގޭޝަނުގައި އޮތް ވުލްވްސް އަތްދަށުވެ ލިވަޕޫލަށް ޗެންޕިއަންސް ލީގުގެޖާގަ ގެއްލުމުގެ ބިރުހީވެއްޖެކުޅިވަރު | 6 ދުވަސް ކުރިންއާސެނަލްގެ ކޯނަރ އެފްސީގެ ޓައިޓަލް ލިވަޕޫލަށްކުޅިވަރު | 9 ދުވަސް ކުރިންމެކަލިސްޓާގެ ފަހުވަގުތުގެ ގޯލާއެކު ލިވަޕޫލް އަށް މުހިންމު މޮޅެއްކުޅިވަރު | 15 ދުވަސް ކުރިންނިއުކާސަލް އަދި ސިޓީ އާއެކު ލިވަޕޫލްވެސް އެފްއޭކަޕްގެ ފަސްވަނަބުރަށް ދަތުރުކޮށްފިކުޅިވަރު | 23 ދުވަސް ކުރިން