logo
Bank of Maldives

Bank of Maldives

ކުޅިވަރު

9 މީހުންނާއެކު ކުޅުނު ޓޮޓްނަމް ބަލިކޮށް ލިވަޕޫލުން ޖެހިޖެހިގެން ތިން މޮޅުހޯދައިފި

އަބްދުﷲ ޣާނިމް
21 ޑިސެމްބަރު 2025 - 04:22
9 މީހުންނާއެކު ކުޅުނު ޓޮޓްނަމް ބަލިކޮށް ލިވަޕޫލުން ޖެހިޖެހިގެން ތިން މޮޅުހޯދައިފި

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ނުވަ ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ލިވަޕޫލް ޖެހިޖެހިގެން ތިން މޮޅު ހޯދައިފިއެވެ. މިމެޗު ލިވަޕޫލް ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްއަށް މި މެޗުން ލަނޑުތައް ކާމިޔާބުކޮށްދިނީ އެލެގްޒެންޑަރ އިސާކް އާއި ހޫގޯ އެކިޓިކޭއެވެ.

ޓޮޓެންހަމްގެ ފަރާތުން ހިތްވަރުގަދަ ކުޅުމެއް ފެނުނު ނަމަވެސް، ކުޅުންތެރިން މަދުވުމުގެ ސަބަބުން މެޗުގެ ނަތީޖާ ބަދަލުކުރެވޭ ގޮތެއް ނުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނިޓް ފަހަނައެޅިތަނާ، ޓޮޓެންހަމްގެ ޒަވީ ސިމަންސް ވަނީ ލިވަޕޫލްގެ ވާޖިލް ވެން ޑައިކްއަށް ނުރައްކާތެރި ގޮތަކަށް ފައުލްކޮށް ރަތް ކާޑެއް ދައްކައި ދަނޑުން ބޭރުކޮށްފައެވެ. މިއާއެކު ލިވަޕޫލްއިން ވަނީ ކުޅުންތެރިންގެ ނިސްބަތުން ލިބުނު ފައިދާ ނަގައި، މެޗުގެ 56 ވަނަ މިނިޓްގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި އިސާކްއެވެ.

އޭގެ އިރުކޮޅެއްފަހުން އިސާކް އަށް އަނިޔާވެ ދަނޑުން ބާލާފައިވާއިރު ، ހޫގޯ އެކިޓިކޭ ވަނީ 66 ވަނަ މިނެޓުގައި ބޮލުން ގޯލު ޖަހާ ލިވަޕޫލްގެ ލީޑު 2-0 އަށް ބޮޑުކޮށްފައެވެ.

ކޫލުންތެރިއަކު މަދުކޮށް ކުޅެމުންއައި ޓޮޓްނަމްގެ ހަމައެކަނި ގޯލު 83 ވަނަ މިނެޓުގައި ރިޗާލިސަން ޖެހިއިިރު، ޑިފެންޑަރ ރޮމެރޯ ވަނީ މެޗުގެ އިތުރު ވަގުތުގައި ދެރީނދޫކާޑާއެކު ރަތްކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް ތާވަލުގެ ފަސްވަނައަށް ޖެހިލާފައިވާއިރު، ޓޮޓްނަމް އޮތީ 13 ވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުކާސަލް އަތުން ބަލިވެ ޓޮޓްނަމް ރެލިގޭޓް ވުމާ ގާތަށްކުޅިވަރު | 10 ގަޑިއިރު ކުރިންލިވަޕޫލް ކޮޅަށް ސިޓީއިން ފަހުވަގުތުގައި ދެގޯލުޖަހައި މޮލުވެ، އާސެނަލް އަށް ޕްރެޝަރުކޮށްފިކުޅިވަރު | 2 ދުވަސް ކުރިންކެރިކްގެ ސައްތައިން ސައްތެ ރެކޯޑާއެކު ލީގުގައި މިއަހަރުގައި ބަލިނުވާ ހަމައެކަނި ޓީމަކީ ޔުނައިޓެޑްކުޅިވަރު | 4 ދުވަސް ކުރިންފަހަތުން އަރައި ނިއުކާސަލް ބަލިކޮށް ލިވަޕޫލުން މިއަހަރުގެ ލީގުގެ ފުރަތަމަ މޮޅު ހޯދައިފިކުޅިވަރު | 10 ދުވަސް ކުރިން