logo
MPL

MPL

ކުޅިވަރު

ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް ލިވަޕޫލުން މިއަހަރުގެ ލީގުގެ ފުރަތަމަ މޮޅު ހޯދައިފި

އަބްދުﷲ ޣާނިމް
1 ފެބްރުއަރީ 2026 - 04:06
ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް ލިވަޕޫލުން މިއަހަރުގެ ލީގުގެ ފުރަތަމަ މޮޅު ހޯދައިފި

ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅެއް ނުލިބި އޮތުމަށްފަހު، އެންފީލްޑްގައި ނިއުކާސަލް ޔުނައިޓެޑް 4-1 އިން ބަލިކޮށް ލިވަޕޫލުން އަލުން މޮޅުވުމުގެ މަގަށް އެނބުރި އަތުވެއްޖެއެވެ. މިއީ 2026 ވަނަ އަހަރު ލީގުގައި ލިވަޕޫލުން ހޯދި ފުރަތަމަ މޮޅެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނިއުކާސަލް އިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ ގޯޑަން އެވެ. ނަމަވެސް، ލިވަޕޫލުން ވަނީ މާގިނަ އިރުތަކެއް ނުވެ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ފްލޯރިއަން ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ހޫގޯ އެކިޓިކޭ ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން އެކިޓިކޭ ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވާޓްޒް އެވެ. މިއީ މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި އެސިސްޓާއެކު ސަލާހް ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ކްލަބަކާ ދެކޮޅަށް 10 އަށްވުރެ ގިނަ ލަނޑާއި 10 އަށްވުރެ ގިނަ އެސިސްޓް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ލިވަޕޫލްގެ ފަހު ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އިބްރާހިމާ ކޮނާޓޭ އެވެ. ބައްޕަ ނިޔާވުމާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކޮނާޓޭ މި ލަނޑު ޖެހީ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު އެކިޓިކޭ އާއި ވާޓްޒް ވަނީ މި ސީޒަނުގައި މިހާތަނަށް ގުޅިގެން 6 ލަނޑު އުފައްދާފައެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެހެން އެއްވެސް ޕެއާ އަކަށްވުރެ ގިނަ އަދަދެކެވެ. އަދި އެކިޓިކޭ މިހާރު ވަނީ މި ސީޒަނުގައި 10 ލަނޑު ހަމަކޮށްފައެވެ. މިއީ 2000-01 ވަނަ ސީޒަނުގައި މައިކަލް އޯވެންއަށްފަހު، ލިވަޕޫލްގެ ކުޅުންތެރިއަކު މިހާ ޒުވާން އުމުރެއްގައި ލީގު ސީޒަނެއްގައި 10 ލަނޑު ހަމަކުރި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

14 އަހަރަށްފަހު ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް، އާސެނަލް ތާވަލުގެ އެއްވަނަ އަށްކުޅިވަރު | 3 ދުވަސް ކުރިންޕެނަލްޓީ ޖަހައިގެން ޗެލްސީ ކަޓުވާލުމަށްފަހު ލިވަޕޫލް ކަރަބައޯ ކަޕްގެ ކުއާޓާ ފައިނަލަށްކުޅިވަރު | 7 ދުވަސް ކުރިންފޯމުގައި އޮތް ބްރައިޓަން ބަލިކޮށް ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށްކުޅިވަރު | 10 ދުވަސް ކުރިންފަހަތުން އަރައި ވިލަރެއާލް ބަލިކޮށް ލިވަޕޫލް ތާވަލުގެ ދެވަނައަށްކުޅިވަރު | 15 ދުވަސް ކުރިން