logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ކުޅިވަރު

ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް 2026 ވަނަ އަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް ލިވަޕޫލުން މޮޅެއް ހޯދައިފި

އަބްދުﷲ ޣާނިމް
31 ޖެނުއަރީ 2026 - 21:23
ފަހަތުން އަރައި ނިއުކާސަލް ބަލިކޮށް 2026 ވަނަ އަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް ލިވަޕޫލުން މޮޅެއް ހޯދައިފި

ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅެއް ނުލިބި އޮތުމަށްފަހު، އެންފީލްޑްގައި ނިއުކާސަލް ޔުނައިޓެޑް 4-1 އިން ބަލިކޮށް ލިވަޕޫލުން އަލުން މޮޅުވުމުގެ މަގަށް އެނބުރި އަތުވެއްޖެއެވެ. މިއީ 2026 ވަނަ އަހަރު ލީގުގައި ލިވަޕޫލުން ހޯދި ފުރަތަމަ މޮޅެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނިއުކާސަލް އިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ ގޯޑަން އެވެ. ނަމަވެސް، ލިވަޕޫލުން ވަނީ މާގިނަ އިރުތަކެއް ނުވެ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ފްލޯރިއަން ވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ހޫގޯ އެކިޓިކޭ ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން އެކިޓިކޭ ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވާޓްޒް އެވެ. މިއީ މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި އެސިސްޓާއެކު ސަލާހް ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ކްލަބަކާ ދެކޮޅަށް 10 އަށްވުރެ ގިނަ ލަނޑާއި 10 އަށްވުރެ ގިނަ އެސިސްޓް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ލިވަޕޫލްގެ ފަހު ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އިބްރާހިމާ ކޮނާޓޭ އެވެ. ބައްޕަ ނިޔާވުމާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކޮނާޓޭ މި ލަނޑު ޖެހީ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު އެކިޓިކޭ އާއި ވާޓްޒް ވަނީ މި ސީޒަނުގައި މިހާތަނަށް ގުޅިގެން 6 ލަނޑު އުފައްދާފައެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެހެން އެއްވެސް ޕެއާ އަކަށްވުރެ ގިނަ އަދަދެކެވެ. އަދި އެކިޓިކޭ މިހާރު ވަނީ މި ސީޒަނުގައި 10 ލަނޑު ހަމަކޮށްފައެވެ. މިއީ 2000-01 ވަނަ ސީޒަނުގައި މައިކަލް އޯވެންއަށްފަހު، ލިވަޕޫލްގެ ކުޅުންތެރިއަކު މިހާ ޒުވާން އުމުރެއްގައި ލީގު ސީޒަނެއްގައި 10 ލަނޑު ހަމަކުރި ފުރަތަމަ ފަހަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެލިގޭޝަން ޓީމުތަކަށް ލިވަޕޫލުން ހަދިޔާ ބަހަނީ، މިފަހަރު ޓޮޓްނަމްއަށްކުޅިވަރު | 3 ދުވަސް ކުރިންގަލަޓަސަރާއީ އަތުން ބަލިވެ ލިވަޕޫލްގެ ސީޒަން ހުސްއަތާ ނިންމާލުމުގެ ބިރުބޮޑުވެއްޖެކުޅިވަރު | 8 ދުވަސް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ކެރިކްގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބަލިކުޅިވަރު | 14 ދުވަސް ކުރިންރެލިގޭޝަނުގައި އޮތް ވުލްވްސް އަތްދަށުވެ ލިވަޕޫލަށް ޗެންޕިއަންސް ލީގުގެޖާގަ ގެއްލުމުގެ ބިރުހީވެއްޖެކުޅިވަރު | 15 ދުވަސް ކުރިން