logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޖެހިޖެހިގެން 5 މެޗުން މޮޅެއް ނުލިބި ޗެންޕިއަން ލިވަޕޫލަށް ގަދަ ހަތަރެއް ގެއްލުމުގެ ބިރުހީވެއްޖެ

އަބްދުﷲ ޣާނިމް
25 ޖެނުއަރީ 2026 - 02:29
ޖެހިޖެހިގެން 5 މެޗުން މޮޅެއް ނުލިބި ޗެންޕިއަން ލިވަޕޫލަށް ގަދަ ހަތަރެއް ގެއްލުމުގެ ބިރުހީވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ބޯންމައުތު އަތުން 3-2 އިން ބަލިވެ، ލިވަޕޫލް ލީގުގައި މޮޅެއް ނުލިބި ފަސް މެޗު ފުރިހަމަކޮށްފިއެވެ. މިއީ އާން ސްލޮޓްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލިވަޕޫލްގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައި މެޗެކެވެ.

ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ 33 މިނެޓުގެ ތެރޭގައި ބޯންމައުތުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެވަނިލްސަން އާއި އެލެކްސް ޖިމެނޭޒްއެވެ. މި ދެ ލަނޑު ވަނުމުގައިވެސް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ފެން ޑައިކްގެ އިހުމާލު އޮތްކަން ފާހަގަކުރެވުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޑޮމިނިކް ސޮބޮސްލާއި ނެގި ކޯނަރަކުން ފެން ޑައިކް ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް އުންމީދު އާކޮށްދީފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ސޮބޮސްލާއި ވަނީ ހިތްގައިމު ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.

ލިވަޕޫލުން މެޗު އެއްވަރުކޮށްގެން ނިންމާލެވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި އަމީން އަދްލީ ވަނީ ބޯންމައުތަށް މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ލިވަޕޫލްގެ އޭރިއާ ތެރެއަށް އެއްލި ދިގު ތުރޯއެއް ދިފާއު ނުކުރެވުމުގެ ނަތީޖާއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ފެން ޑައިކް ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ލިވަޕޫލަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޑިފެންޑަރުގެ ރެކޯޑާ ހަމަކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް 22 ލަނޑު ޖަހާފައެވެ. ނަމަވެސް، ޑިފެންސް ބެލެހެއްޓުމުގައި ލިވަޕޫލަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. ޚާއްޞަކޮށް ފުރަތަމަ ހާފުގައި ޖޯ ގޯމޭޒަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުން ޑިފެންސްލައިނަށް ބާރުބޮޑުވިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ 2021 ވަނަ އަހަރަށްފަހު ލީގުގައި މޮޅެއް ނުލިބި ލިވަޕޫލުން ހޭދަކުރާ އެންމެ ދިގު މުއްދަތެވެ. އަދި މި ސީޒަނުގައި ސެޓް-ޕީސްތަކުން ލިވަޕޫލް ކޮޅަށް ވަނީ 14 ލަނޑު ވަދެފައެވެ. މިއީ 2015-16 ސީޒަނަށްފަހު އެ ޓީމުގެ ޑިފެންސް މިހާ ބަލިކޮށް ފެނުނު ފުރަތަމަ ފަހަރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެހިޖެހިގެން 5 މެޗުން މޮޅެއް ނުލިބި ޗެންޕިއަން ލިވަޕޫލަށް ގަދަ ހަތަރެއް ގެއްލުމުގެ ބިރުހީވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ގުއޭހީ އެންމެފަހުން ސިޓީއަށްކުޅިވަރު | 8 ދުވަސް ކުރިންލިވަޕޫލް މޮޅުވާން ދަނިކޮށް ފުލަމްއިން ފަހު ވަގުތު ޕޮއިންޓެއް ހޯދައިފިކުޅިވަރު | 20 ދުވަސް ކުރިން9 މީހުންނާއެކު ކުޅުނު ޓޮޓްނަމް ބަލިކޮށް ލިވަޕޫލުން ޖެހިޖެހިގެން ތިން މޮޅުހޯދައިފިކުޅިވަރު | މަހެއް ކުރިން