logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލް މޮޅުވާން ދަނިކޮށް ފުލަމްއިން ފަހު ވަގުތު ޕޮއިންޓެއް ހޯދައިފި

އަބްދުﷲ ޣާނިމް
5 ޖެނުއަރީ 2026 - 03:30
ލިވަޕޫލް މޮޅުވާން ދަނިކޮށް ފުލަމްއިން ފަހު ވަގުތު ޕޮއިންޓެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރޭވަން ކޮޓޭޖްގައި ކުޅުނު ފޯރިގަދަ މެޗު 94 ވަނަ މިނެޓުގައި ލިވަޕޫލުން ކާމިޔާބު ކުރަން ދަނިކޮށް، ފަހު ސިކުންތުކޮޅުގެ ތެރޭގައި ހެރިސަން ރީޑް ޖަހައިދިން ލަނޑާއެކު 2-2 އިން ފުލަމްއިން އެއްވަރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖަހައި ކުރިހޯދީ ފުލަމްއިންނެވެ. ރައުލް ހިމެނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ހެރީ ވިލްސަން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ވަންއިރު، މި ލަނޑު ބަލައިގަތީ ވީއޭއާރް ބެލުމަށްފަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިވަޕޫލުން މެޗުގެ ނަތީޖާ އެއްވަރުކުރީ 57 ވަނަ މިނެޓުގައެވެ. ކޯނޯ ބްރެޑްލީ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ފްލޮރިއަން ވާޓްޒް އެވެ. އޭގެ ފަހުން މެޗުގެ 94 ވަނަ މިނެޓުގައި ޖެރެމީ ފްރިމްޕޮންގް ނަގައިދިން ހުރަހަކުން ކޯޑީ ގަކްޕޯ ލަނޑެއް ޖަހައި ލިވަޕޫލަށް ކުރިހޯދައިދިނެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން، އޭރިއާ ބޭރުން 30 ޔާޑު ދުރުން ރީޑް ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް ވަދެ، ފުލަމްއަށް މުހިންމު ޕޮއިންޓެއް ކަށަވަރުވިއެވެ.

މި ނަތީޖާއާއެކު ލިވަޕޫލްގެ ކޯޗު އާން ސްލޮޓަށް އަދިވެސް ފުލަމް އަތުން މޮޅެއް ހޯދިފައެއް ނުވެއެވެ. އޭނާ ވަނީ ފުލަމްއާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެފައެވެ. އަދި ލިވަޕޫލުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗު ވަނީ އެއްވަރުވެފައެވެ.

އެންމެފަހުގެ ޗެންޕިއަން މިވަގުތު އޮތީ ލީގުގެ ތާވަލުގެ 4 ވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލް މޮޅުވާން ދަނިކޮށް ފުލަމްއިން ފަހު ވަގުތު ޕޮއިންޓެއް ހޯދައިފިކުޅިވަރު | ދުވަހެއް ކުރިން9 މީހުންނާއެކު ކުޅުނު ޓޮޓްނަމް ބަލިކޮށް ލިވަޕޫލުން ޖެހިޖެހިގެން ތިން މޮޅުހޯދައިފިކުޅިވަރު | 16 ދުވަސް ކުރިންޕެނަލްޓީގެ ބާރުގައި ލިވަޕޫލް ގަދަ 8 އަށްކުޅިވަރު | މަހެއް ކުރިން ތާވަލުގެ ފުލުގައިއޮތް ޅީޑްސްއިން ފަހުވަގުތުޖެހި ގޯލާއެކު ލިވަޕޫލުގެ ބަނަދުވަސްތައް ކުރިޔަށްކުޅިވަރު | މަހެއް ކުރިން