logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯގެ ދެގޯލާއެކު ވޯލްޑްކަޕަށް ކޮލިފައިވުމުގެ މަގުމަތީގައިވާ ޕޯޗުގަލް, ފަހުވަގުތު ހަންގޭރީއިން ހިފަހަށްޓައިފި

އަބްދުﷲ ޣާނިމް
15 އޮކްޓޯބަރު 2025 - 05:11
ރޮނާލްޑޯގެ ދެގޯލާއެކު ވޯލްޑްކަޕަށް ކޮލިފައިވުމުގެ މަގުމަތީގައިވާ ޕޯޗުގަލް, ފަހުވަގުތު ހަންގޭރީއިން ހިފަހަށްޓައިފި

ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ދެ ލަނޑު ޖަހައި ވޯލްޑްކަޕަށް ކޮލިފައިވުމަށް މަދު ސިކުންތުކޮޅަކަށް ވެފައިވަނިކޮށް އިނދިކޮޅުޓީމުން ފަހުވަގުތު ގޯލުޖަހައި ޕޯޗުގަލްގެ ކޮލިފިކޭޝަން އިންތިޒާރު ދަންމާލައިފިއެވެ. ޕޯޗުގަލް އާއި ހަންގެރީ ވާދަކުރި މެޗު ނިމިގެންގޮސްފައިވަނީ 2-2 އިން މެޗު އެއްވަރުވެގެންނެވެ.

މާކޯ ރޮސީގެ ހަންގެރީ ޓީމުން މެޗުގެ ފެށުމުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، މެޗުގެ 8 ވަނަ މިނެޓުގައި ސޮބޮސްލާއީގެ ކޯނަރ ކިކުން އެޓިލާ ސަލާއީ ޖެހި ލަނޑުން އެޓީމު ލީޑުނެގިއެވެ. ނަމަވެސް 14 މިނެޓު ފަހުން ނެލްސަން ސެމެޑޯގެ ޕާހަކުން ރޮނާލްޑޯ ލަނޑެއް ޖަހައި މެޗު އެއްވަރު ކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

40 އަހަރުގެ ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ޖޯރު ފިލާފައި ނުވާކަން ދައްކާލަމުން، ފުރަތަމަ ހާފުގެ ފަހު ފަގުތު ނޫނޯ މެންޑެސްގެ ހުރަހަކުން ލަނޑެއް ޖަހައި ޓީމު ވޯލްޑްކަޕް ކޮލިފައިން ވުމުގެ އުއްމީދު އާކޮށްދިނެވެ. ނަމަވެސް މެޗުގެ 91 ވަނަ މިނެޓުގައި ލިވަޕޫލްގެ ސޮބޮސްލާއީ ލަނޑެއް ޖަހައި މެޗު އެއްވަރު ކޮށް، ޕޯޗުގަލް ގެ ވޯލްޑްކަޕް ކޮލިފިކޭޝަން އިތުރަށް ދަންމާލިއެވެ. ޕޯޗުގަލް ދެން ޖެހޭނީ އަންނަ މަހުގެ މެދުތެރޭޣައި ކުޅޭ ކޮލިފައިން ދެމެޗަށް މަޑުކުރާށެވެ.

މި މެޗާ އެކު ރޮނާލްޑޯ ވަނީ ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި ޖަހާފައިވާ ލަނޑުގެ އަދަދު 41 އަށް އިތުރުކޮށް، ކާލޮސް ރުއިޒްގެ ރެކޯޑު ފަހަނައަޅާފައެވެ. މިާއެކު ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ޖުމްލަ 948 ގޯލުޖަހާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ﷲ ގެ އިރާދަފުޅާއެކު 1000 ލަނޑު ހަމަކުރާނަން: ރޮނާލްޑޯކުޅިވަރު | މަހެއް ކުރިންޓްރަމްޕް ބައްދަލުވުމަށްފަހު ރޮނާލްޑޯގެ ސަސްޕެންޝަނަށް ލުއިދިނުމާއެކު ބޮޑު ބަހުސަކަށްކުޅިވަރު | 2 މަސް ކުރިންދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތްލީޓާއި އެންމެ ނުފޫޒުގަދަ ރައީސް ބައްދަލުކޮށްފިކުޅިވަރު | 2 މަސް ކުރިންރޮނާލްޑޯ ނުލައި ޕޯޗުގަލް އުދުހެނީ، 9 ގޯލުޖަހައި ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 2 މަސް ކުރިން