logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮނާލްޑޯ ނުލައި ޕޯޗުގަލް އުދުހެނީ، 9 ގޯލުޖަހައި ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

އަބްދުﷲ ޣާނިމް
17 ނޮވެމްބަރު 2025 - 05:28
ރޮނާލްޑޯ ނުލައި ޕޯޗުގަލް އުދުހެނީ، 9 ގޯލުޖަހައި ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ޖާގަ ޕޯޗުގަލް އިން ކަށަވަރުކޮށްފިއެވެ. މި ކާމިޔާބީ ހޯދާފައިވަނީ ކޮލިފައިންގެ ފަހުމެޗުގައި ރޭގައި އަރުމީނިއާ އަތުން 9-1 ގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. މި މެޗުގައި ބްރޫނޯ ފެނާންޑޭޒް އާއި ޖޯއާއޯ ނޭވޭސް ވަނީ ހެޓްރިކް ހަދައިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިޕަބްލިކް އޮފް އަޔަލެންޑް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވުމުގެ ސަބަބުން ގްރޫޕް އެފްގެ އެއްވަނަ ޖާގަ ކަށަވަރުކުރުން ޕޯޗުގަލްއަށް ލަސްވިއެވެ. އެ މެޗުގައި ރަތް ކާޑު ދެއްކުމާ ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ސަސްޕެންޑްވެފައިވީ ނަމަވެސް، ކޯޗު ރޮބާޓޯ މާޓިނޭޒްގެ ޓީމުން ވަނީ ރޮނާލްޑޯ ނެތިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕޯޗުގަލްއިން ވަނީ ފަސް ގޯލު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމެޗުގައި ހެޓްރިކްހެދި ފެނާންޑޭޒް އާއި ނެވޭސްގެ އިތުރުން ދެން ގޯލުޖަހާފައިވަނީ ވެއިގާ އާއި ރާމޯސްގެ އިތުރުން ކޮންސިއެންސާއޯއެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް ވަނީ ގްރޫޕް އެފްގެ އެއްވަނަ ޖާގަ ތިން ޕޮއިންޓުގެ ތަފާތަކުން ހޯދައި، ވޯލްޑް ކަޕަށް ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ކޮލިފައިވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ރޮނާލްޑޯގެ އަލް ނަސްރުގެ މެޗު ފަސްކޮށްފިކުޅިވަރު | 10 ދުވަސް ކުރިންސްޕެއިނުގެ ފުޓްބޯޅަ ޓީމެއް ރޮނާލްޑޯ ގަނެފިކުޅިވަރު | 13 ދުވަސް ކުރިން30 އަހަރުވީފަހުން 500 ގޯލުހަމަކުރި ހަމަ އެކަނި ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯއަށް، ކެރިއަރުގެ އަމާޒުހުރީ 1000 އަށްކުޅިވަރު | 18 ދުވަސް ކުރިންރޮނާލްޑޯ ރަމަޟާން މަހު ރޯދަ ހިފިކަން ހާމަވެއްޖެކުޅިވަރު | 19 ދުވަސް ކުރިން