logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތްލީޓާއި އެންމެ ނުފޫޒުގަދަ ރައީސް ބައްދަލުކޮށްފި

އަބްދުﷲ ޣާނިމް
19 ނޮވެމްބަރު 2025 - 05:52
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތްލީޓާއި އެންމެ ނުފޫޒުގަދަ ރައީސް ބައްދަލުކޮށްފި

ދުނިޔޭގެ މިވަގުތު ހުރި އެންމެ ނުފޫޒުގަދަ ފުޓްބޯޅަ ކުލުންތެރިޔާ އަދި އެތްލީޓު ކްރިސްޓިއާނޯ ރޮނާލްޑޯ، އަންގާރަ ދުވަހުގެ ރޭ ވައިޓް ހައުސްގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު އާއެކު ބައިވެރިވެއްޖެއެވެ. ސައުދީ ފުޓްބޯޅަ ލީގުގައި ރޮނާލްޑޯ އަދާކުރާ މުހިންމު ދައުރުގެ ސަބަބުން، ވަލީއަހުދުގެ ވެރިކަމުގެ ދަށުން އެ ޤައުމު "މޮޑަރނައިޒް" ކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔަކީ ރޮނާލްޑޯއެވެ.

މި ހަފްލާގެ ކުރިން ވާހަކަ ދައްކަވަމުން، ޓްރަމްޕް ވިދާޅުވީ ރޮނާލްޑޯއަށް މެހެމާންދާރީ އަދާކުރުމަކީ އޭނާއަށް ލިބުނު "ޝަރަފެއް" ކަމަށެވެ. ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބޭނުންވަނީ އެ ޤައުމުގެ އިޤްތިޞާދު ތެލުގެ އާމްދަނީއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކުޅިވަރާއި ފަތުރުވެރިކަން ފަދަ އެހެން ދާއިރާތަކަށް ފުޅާކުރުމަށެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ކުރިން ވަނީ ރޮނާލްޑޯ މި ހަފްލާއަށް ހާޒިރުވާނެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭނާ ބައިވެރިވީ ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ރަސްމީ ވަފުދުގެ ބައެއްގެ ގޮތުގައިތޯއެއް ހާމައެއް ނުކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ސައުދީ އަރަބިއްޔާއާ ގާތް ގުޅުން ބަދަހިކުރެއްވުމަށް ތައުރީފުކުރައްވާ، އެ ޤައުމަކީ "ނޭޓޯގެ މެމްބަރަކަށް ނުވާ މުހިންމު އެލައިއެއް" ކަމަށް ސިފަކުރައްވާފައެވެ. އެ ދުވަހުގެ ކުރިން ޓްރަމްޕް ވަނީ އޯވަލް އޮފީހުގައި ސައުދީގެ ވަލީއަހުދަށް މެހެމާންދާރީ އަދާކޮށްފައެވެ. ރޭޣެ ބައްދަލުވުމުގައި ރޮނާލްޑޯއަށް އިޝާރަާތްކޮށް ޓްރަމްޕް ބުނެފައިވަނީ : "އަޅުގަނޑުގެ ދަރިފުޅަކީ ރޮނާލްޑޯގެ ވަރަށް ބޮޑު ސަޕޯޓަރެއް." އަދި ވިދާޅުވިއެވެ: "ބެރަން (ޓްރަމްޕް) އަށް އޭނާއާ ބައްދަލުކުރެވުނު. އަދި އަޅުގަނޑަށް ހީވަނީ ތިމަންނާ ތި ތަޢާރަފުކޮށްދިނުމުގެ ސަބަބުން، އޭނާގެ ބައްޕައަށް އޭނާ ކުރާ އިޙްތިރާމް ކޮންމެވެސް ވަރަކަށް އިތުރުވެގެން ދިޔައީ ކަމަށް."

މި ޑިނަރގައި ބައިވެރިވި އެހެން ބޭފުޅުންގެ ތެރޭގައި ޓެކް ބިލިއަނަރު އެލޮން މަސްކް ވެސް ހިމެނެއެވެ. އޭނާގެ އިތުރުން އެޕަލްގެ ސީއީއޯ ޓިމް ކުކް ފަދަ ނުފޫޒުގަދަ ވިޔަފާރިވެރިން ވެސް ބައިވެރިވިއެވެ. މިދިޔަ އޭޕްރީލް މަހު ޓްރަމްޕްގެ އިދާރާގެ ޑިޕާޓްމަންޓް ފޯ ގަވަރމަންޓް އެފިޝެންސީ (ޑޯޖް) ގެ އިސްކަންތައްތަކުން އިސްތިއުފާ ދެއްވުމަށް ފަހު، މަސްކް ވައިޓް ހައުސްއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. ޓްރަމްޕާއި ޓެސްލާގެ ވެރިޔާގެ ދެމެދުގައި ހިނގި ބޮޑު ދެބަސްވުމެއް މަސްތަކެއް ވަންދެން އާންމުކޮށް ފެންނަމުން ދިޔައިރު، އޭގެ ތެރޭގައި މަސްކް އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާންކުރެއްވުން ވެސް ހިމެނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތްލީޓާއި އެންމެ ނުފޫޒުގަދަ ރައީސް ބައްދަލުކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންރޮނާލްޑޯ ނުލައި ޕޯޗުގަލް އުދުހެނީ، 9 ގޯލުޖަހައި ވޯލްޑްކަޕަށް ކޮލިފައިވެއްޖެކުޅިވަރު | 2 ދުވަސް ކުރިންޤައުމީ ކެރިއަރުގެ ފުރަތަމަ ރަތްކާޑާއެކު ރޮނާލްޑޯއަށް ވޯލްޑްކަޕް ހޫޅުވާ މެޗު ގެއްލިދާނެކަމުގެ ބިރުކުޅިވަރު | 5 ދުވަސް ކުރިންމެޗުން މޮޅުވަންދެން ހުއްޓާނުލައި ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީއާއެކު އަލް ނަޞްރު މޮޅުވެއްޖެކުޅިވަރު | 17 ދުވަސް ކުރިން