logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓްރަމްޕް ބައްދަލުވުމަށްފަހު ރޮނާލްޑޯގެ ސަސްޕެންޝަނަށް ލުއިދިނުމާއެކު ބޮޑު ބަހުސަކަށް

އަބްދުﷲ ޣާނިމް
26 ނޮވެމްބަރު 2025 - 17:37
ޓްރަމްޕް ބައްދަލުވުމަށްފަހު ރޮނާލްޑޯގެ ސަސްޕެންޝަނަށް ލުއިދިނުމާއެކު ބޮޑު ބަހުސަކަށް

ކްރިސްޓިއާނޯ ރޮނާލްޑޯއަށް، ނޮވެމްބަރު 13 ގައި ޑަބްލިންގައި އޮތް މެޗެއްގައި އައިލޭންޑްއާ ދެކޮޅަށް ދެއްކި ރެޑް ކާޑާ ގުޅިގެން ދިގު މުއްދަތެއްގެ ސަސްޕެންޝަނަކުން ސަލާމަތްވެއްޖެ ކަމަށް ފީފާއިން ކަށަވަރުކޮށްދިނުމުން، ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. މިފަދަ މައްސަލަތަކުގައި އާންމުކޮށް ދޭއް ނުވަތަ ތިން މެޗުގެ ސަސްޕެންޝަން ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ތިން މެޗުގެ ސަސްޕެންޝަން ދިނުމަށްފަހު، އޭގެތެރެއިން އެއްމެޗު ފިޔަވައި ދެންހުރި މެޗުތަކުގެ ސަސްޕެންޝަން އެއް އަހަރަށް ލަސްކުރުމަށެވެ. ކުރިން ބެލެވުނީ ރޮނާލްޑޯ އަށް ތިން މެޗުގެ ސަސްޕެންޝަނާއެކު އަންނަ އަހަރުގ ވޯޅްޑްކަޕްގެ ފުރަތަމަ 2 މެޗު ގެއްލޭނެކަމަށެވެ. ނަމަވެސް ފީފާގެ މި ނިންމުމާއެކު އަންނަ އަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ މެޗުވެސް ރޮނާލްޑޯއަށް ކުޅެވޭނެއެވެ.

އެގޮތުން އެއްބަޔަކުވަނީ ފީފާގެ މި ނިންމުން އިންސާފެއް ނޫން ކަމަށް ސިފަކޮށްފައެވެ. އެއްބަޔަކު ދެކޭގޮތުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ރޮނާލްޑޯ ތިން މެޗަށް ސަސްޕެންޑް ކުރިކުރުން ޝަރުތުތަކަކާ އެކު ފަސްކުރެވިފައިވާ ސަސްޕެންޝަނަކަށް ބަދަލުކުމުގެ ބޭނުމަކީ ރޮނާލްޑޯ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެއްބަޔަކު ތުހުމަތުކުރާ ގޮތުގައި ފީފާގެ ޑިސިޕްލިނަރީ އިޖުރާއަތުގެ ސަބަބުން އިތުބާރާއި، އެ ޖަމިއްޔާގެ ރެފްރީންގެ އިމްތިނާޢު ވަނީ ކުޑަވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝައްކެއް ނެތް ގޮތުގައިރޮނާލްޑޯއަކީ މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއަކަށްވެފައި، އަދިކެރިއަރުގެ ފަހުކޮޅު ގުނަމުންގެންދާ ކުޅުންތެރިއަކަށްވެފައި، އޭނާގެ ސޯޝަލް މީޑިއާގައި ހުރި ބިލިއަނެއްހާ ފޮލޯވަރުންގެ ސަބަބުން މާކެޓިންގ އަދި ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން ފީފާއަށް ވަރަށް ބޮޑު މުހިންމުކަމެއް ދެއެވެ. އަދި މެސީއާއި ރޮނާލްޑޯގެ 'ފަހު' ވޯލްޑް ކަޕްގައި ފެނުމަކީ ފީފާއާއި ޓެލެވިޜަންތަކަށް ހުވަފެނެކެވެ.

ރޮނާލްޑޯގެ ސަސްޕެންޑް ކުރަންޖެހުނީ އަޔަލޭންޑްގެ ކުޅުންތެރިއެއްގެ ބުރިކަށްޓަށް އުޅަބޮށިން ޖަހެމާގުޅިގެންނެވެ. ފުރަތަމަ އޭނާއަށް ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީއޭއާރްގެ ސަބަބުން އެކަން ރަނގަޅަށް ބަދަލުކޮށް ރެޑް ކާޑެއް ދެއްކިއެވެ. އެއީ ހަމަލާދޭ އަމަލެއް ކަމުން އާންމުކޮށް ތިން މެޗުގެ ސަސްޕެންޝަން ލިބޭނެއެވެ. މިކަމުގެ ސަބަބުން ފީފާއިން ވަނީ ވީއޭއާރްގެ އިމްތިނާޢު ކުޑަކޮށްފައެވެ.

ރޮނާލްޑޯގެ ސަސްޕެންޝަން ސަސްޕެންޑްކޮށްފައިވާއިރު، މީގެ ދެތިންދުވަސްކުރިން ރޮނާލްޑޯ ވަނީ ފީފާގެ ރައީސް އާއެކު އެމެރިކާގެ ރައީސް ޓްރަމްޕް އާ ވައިޓްހައުސްގައި ބައްދަލުކޮށްފައެވެ. އެއްބަޔަކު ތުހުމަތު ކުރާގޮތުގައި މި ނިންމުމަކީ މި ބައްދަލުވުމަށްފަހު ފީފާއިން ނިންމި ނިންމުމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕް 2026: މުބާރާތުގެ ކަވަރެޖް ފުޅާކުރުމަށް ޓިކްޓޮކް އާއި ފީފާ އިން "ޕްރިފަރޑް ޕްލެޓްފޯމް" އެއްބަސްވުމަކަށްކުޅިވަރު | 10 ދުވަސް ކުރިންމެސީގެ ސަޕޯޓަރުން ޖޯކުޖަހާ ޑުބާއީޑިއޯ އެންމެފަހުން ފީފާގެ އެންމެ ޝަރަފުވެރި އެވޯޑަށްކުޅިވަރު | 19 ދުވަސް ކުރިންއޮފްސައިޑް ޤަވާއިދު ބަދަލުކުރަން ފީފާއިން މަސައްކަތްފެށުމާއެކު ބާސެލޯނާ ތުރުތުރު އަޅަންފަށައިފިކުޅިވަރު | 19 ދުވަސް ކުރިންﷲ ގެ އިރާދަފުޅާއެކު 1000 ލަނޑު ހަމަކުރާނަން: ރޮނާލްޑޯކުޅިވަރު | 22 ދުވަސް ކުރިން