logo
ކުޅިވަރު

މެޑްރިޑްގެ ލެޖެންޑަރީ ޖޯޒީ ނަންބަރު 9 އެއް އެންޑްރިކްއަށް

އަބްދުﷲ ޣާނިމް
9 އޯގަސްޓު 2025 - 08:34
އެންޑްރިކް
އެންޑްރިކް

ގިނަ ދުވަސްތަކެއް ވަންދެން ދެކެވެމުން އައި ވާހަކަތަކަށް ފަހު، ރެއަލް މެޑްރިޑްގެ 9 ނަންބަރު ޖާރސީ ބްރެޒިލްގެ ޒުވާން ތަރި އެންޑްރިކްއަށް ދޭން ނިންމައިފިއެވެ. މި ޖާރސީއަކީ ކުރިން ކިލިއަން އެމްބާޕޭ ލައިގެން ކުޅުނު ޖާރސީއެވެ.

19 އަހަރުގެ ސްޓްރައިކަރު އެންޑްރިކް ރެއަލް މެޑްރިޑަށް ބަދަލުވީ މިދިޔަ އަހަރު ބްރެޒިލްގެ ޕަލްމެއިރާސް އިންނެވެ. އޭނާގެ ފުރަތަމަ ސީޒަންގައި 16 ނަންބަރު ޖާރސީގައި ކުޅެ، 7 ލަނޑާއި އެއް އެސިސްޓް ހޯދިއެވެ.

Hajj Corpooration

ލޫކާ މޮޑްރިޗް ކްލަބުން ވަކިވުމާ ގުޅިގެން އެމްބާޕޭ 10 ނަންބަރު ޖާރސީއަށް ބަދަލުވުމުން، 9 ނަންބަރު އޮތީ ހުސްވެފައެވެ. އެންމެ ފުރަތަމަ މި ޖާރސީ އެންޑްރިކްއަށް ދޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ފީފާ ކްލަބް ވޯލްޑް ކަޕްގައި ގޮންޒާލޯ ގާސިއާ ފާހަގަވުމާ ގުޅިގެން އެކަމާ މެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އަދި އޭރު ބައެއް ނޫސްތަކުން މި ޖާރސީ ގާސިއާއަށް ދޭން ނިންމާފައިވާކަންވެސް ރިޕޯޓްކުރިއެވެ. އެންޑްރިކްއަށް 9 ނަންބަރު ދީފައިވާކަން ރެއާލްގެ އޮފިޝިއަލް ވެބްސައިޓް އައި މީސްމީޑިޔާތަކުގައި ވަނީ ހާމަކޮށްފައެވެ.

އަދި ގޮންޒާލޯ އާ ކޮންޓްރެކްޓެއްގައި ސޮއިކޮށް، އޭނާ 16 ނަންބަރު ޖާރސީގައި ކުޅޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

އެންޑްރިކްއަށް މިހާރު ލިބިފައިވާ 9 ނަންބަރު ޖާރސީއަކީ ރޮނާލްޑޯ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ކަރީމް ބެންޒެމާ ފަދަ ކްލަބުގެ އެންމެ މަޝްހޫރު ކުޅުންތެރިން ލައިގެން ކުޅުނު ޖާރސީއެކެވެ. ފުރަތަމަ ސީޒަންގައި މަދު ވަގުތުކޮޅެއް ލިބުނު ނަމަވެސް، ޒާބީ އަލޮންސޯގެ ދަށުން އިތުރު ފުރުސަތުތައް ލިބޭނެކަމަށް އެންޑްރިކް އުންމީދު ކުރެއެވެ. މިވަގުތު އޭނާ ހުރީ އަނިޔާގައެވެ.

Hajj Corpooration
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިއަލް މެޑްރިޑް ވިދިވިދިގެން ދެވަނަ އަހަރަށް ދުނިޔޭގެ އެންމެ އަގުހުރި ފުޓްބޯޅަ ބްރޭންޑަށްކުޅިވަރު | 2 ދުވަސް ކުރިންމެޑްރިޑްދެކެ ބިރުން ލަލީގާއިން ރެފްރީން ފޮރުވަނީ! ލަލީގާ މެޗުގެ ރެފްރީ ދެން ޔަޤީންވާނީ އެންމެ ދުވަހެއްގެ ކުރީންކުޅިވަރު | 3 ދުވަސް ކުރިންބާސާ އޯކޭ، ވިލަރެއާލް އޯކޭ އެކަމް ރެއާލް އަކަށް އޯކޭ އެއް ނޫން. މަޔާމީގައި މެޗު ކުޅެން ނިންމުމާއެކު ޕެރޭޒް ރަތަށްކުޅިވަރު | 4 ދުވަސް ކުރިންމެޑްރިޑްގެ ލެޖެންޑަރީ ޖޯޒީ ނަންބަރު 9 އެއް އެންޑްރިކްއަށްކުޅިވަރު | 8 ދުވަސް ކުރިން