ރިއަލް މެޑްރިޑް ވިދިވިދިގެން ދެވަނަ އަހަރަށް ދުނިޔޭގެ އެންމެ އަގުހުރި ފުޓްބޯޅަ ބްރޭންޑަށް
15 އޯގަސްޓު 2025 - 04:48

ބްރޭންޑް ފައިނޭންސް ފުޓްބޯޅަ 50-2025 ރިޕޯޓުގައި ވާގޮތުން، 1.921 ބިލިއަން ޔޫރޯގެ ބްރޭންޑް އަގަކާއެކު ރިއަލް މެޑްރިޑް ދުނިޔޭގެ އެންމެ އަގުހުރި ފުޓްބޯޅަ ކުލަބަށް ޖެހިޖެހިގެން ދެވަނަ އަހަރު ހޮވިއްޖެއެވެ. މެޑްރިޑް ވަނީ ޕޮއިންޓް ރޭޓިންގައި 100 އިން 94.9 ހޯދާފައެވެ.
މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 14 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގައި ކުލަބަށް މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް، ބްރޭންޑް ގެ ގޮތުން ހާސިލް ކުރި މި ކާމިޔާބީ އަކީ ދަނޑުގެ އެތެރެއާއި ދަނޑުން ބޭރުގައި ކުލަބުގެ ނުފޫޒު ހާމަވާކަމެކެވެ.

ރެއާލް މެޑްރިޑްގެ މި ކުރިއެރުން ހާސިލުވެފައިވަނީ ވިދިވިދިގެން ދެ ސީޒަނުގައި ރެކޯޑު އާމްދަނީއެއް ހޯދުމާއެކު، ބައިނަލްއަގުވާމީ މާކެޓްތަކުގައި މަތީ ބްރޭންޑް ޕްރޮފައިލެއް ދެމެހެއްޓުމުގެ ސަބަބުންނެވެ.
ބްރޭންޑް ފެންވަރު ވަޒަންކުރުމުގައި، މާކެޓިންގ އިންވެސްޓްމަންޓް، ސްޓޭކްހޯލްޑަރުންގެ ދެކޭގޮތް، އަދި ވިޔަފާރީގެ ކުރިއެރުން ހިމެނޭ ގޮތުން، ރިއަލް މެޑްރިޑް ވަނީ ވިދިވިދިގެން ހަތަރުވަނަ އަހަރަށް އެންމެ މަތީ މަގާމު ހިފަހައްޓާފައެވެ. އަދި އެންމެ މަތީ AAA+ ރޭޓިންގ ހާސިލުކޮށްފައެވެ. ރެއާލްގެ ބްރޭންޑް ގެ އަގު މިވަގުތު އުޅެބީ 1.9 ބިލިޔަން ޔޫރޯގައެވެ.
ދެވަނައަށް ބާސެލޯނާ އޮތްއިރު، އެ ކުލަބުގެ ބްރޭންޑް އަގު 11 ޕަސެންޓް އިތުރުވެ 1.7 ބިލިއަން ޔޫރޯއަށް އަރާފައިވެއެވެ. 2021 އިން ފެށިގެން ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ މަތީ ދެ މަގާމުގައި ސްޕެއިންގެ ކުލަބުތައް ވަނީ ހިމެނިފައެވެ.
ތިންވަނައިގައި މެންޗެސްޓަރ ސިޓީ އޮތްއިރު، އެ ކުލަބުގެ ބްރޭންޑް އަގަކީ 1.4 ބިލިއަން ޔޫރޯއެވެ. ހަތަރުވަނައިގައި ލިވަޕޫލް އޮތްއިރު، ފަސްވަނައިގައި ޕެރިސް ސަންޓް-ޖަރމޭން އަދި ހަވަނައިގައި ބަޔަން މިއުނިކް ހިމެނެއެވެ. ޓޮޕް 10 ގެ ބާކީ ހުރި މަގާމުތަކުގައި ހިމެނެނީ ޕްރިމިއަރ ލީގުގެ ކުލަބުތަކެވެ.