logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެޑްރިޑްދެކެ ބިރުން ލަލީގާއިން ރެފްރީން ފޮރުވަނީ! ލަލީގާ މެޗުގެ ރެފްރީ ދެން ޔަޤީންވާނީ އެންމެ ދުވަހެއްގެ ކުރީން

އަބްދުﷲ ޣާނިމް
13 އޯގަސްޓު 2025 - 14:04
މެޑްރިޑްދެކެ ބިރުން ލަލީގާއިން ރެފްރީން ފޮރުވަނީ! ލަލީގާ މެޗުގެ ރެފްރީ ދެން ޔަޤީންވާނީ އެންމެ ދުވަހެއްގެ ކުރީން

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް) އިން ލަލީގާގެ މެޗުތަކުގައި ރެފްރީކަން ކުރާނެ ފަރާތްތައް އިއުލާނު ކުރުން މެޗު ކުޅޭ ދުވަހުގެ ކުރީ ދުވަހަށް ބަދަލުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ރެފްރީންނަށް ކުރިމަތިވާ ފުރައްސާރައާއި ބިރުދެއްކުމުގެ އަމަލުތައް ހުއްޓުވުމަށެވެ.

މިކަން މިގޮތަށް ނިންމާފައިވާއިރު، މިިދިޔަ ސީޒަންގައި ރެފްރީންގެ ނިންމުންތަކާއި ދެކޮޅަށް ރެއާލް މެޑްރިޑުން ވަނީ ފާޅުކަން ބޮޑުގޮތެއްގައި ފާޑުކިޔާފައެވެ. އަދި މިކަމުގެ ސަބަބުން ރެފްރީންނަށް އަސަރުކޮށްފައިވާކަމަށް މީގެކުރިން މީޑިޔާގައި ބައެއް ރެފްރީން ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެފްރީ ރިކާޑޯ ރޮއެ ހިތާމަކުރި މަންޒަރު ފެނިގެން ދިޔައީ ރެފްރީންނަށް ކުރިމަތިވާ ނަފްސާނީ ޒަހަމްތަކުގެ ބޮޑުކަން ދައްކުވައިދޭ ހެއްކެއްގެ ގޮތުގައެވެ. އެހެންކަމުން ލަލީގާގެ މި ނިންމުމަކީ މިފަދަ ޕްރެޝަރުތަކުން ރެފްރީން ސަލާމަތްކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ މޫސުމުގައި ސީޒަނުގައި ކުރިމަތިވި ގިނަ ފުރައްސާރައިގެ އަމަލުތަކާއި، މަރުގެ އިންޒާރުތަކާ ގުޅިގެން މި ނިންމުން ނިންމާފައިވާކަމަށް އާރްއެފްއީއެފްއިން އަންގާރަ ދުވަހު ހާމަކުރިއެވެ. މީގެ ތެރޭގައި ފާއިތުވި ފެބްރުއަރީ މަހު ރެއަލް މެޑްރިޑް އާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ ކުރިން ރެފްރީ ޖޯސް ލުއިސް މުނުއެރާ މޮންޓެރޯއަށް ދިމާވި ހާދިސާވެސް ހިމެނެއެވެ.

ކޮންމެ ހަފްތާ ބަންދެއްގައިވެސް ރެފްރީންނަށް ކުރިމަތިވާ "ނަފްރަތާއި އަނގަބަހުން ކުރާ އަނިޔާވެރި އަމަލުތައް" ރެފްރީންގެ ފަރާތުން ވަނީ ކުށްވެރިކޮށްފައެވެ. މި މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ މިދިޔަ އޭޕްރީލް މަހު ބާސެލޯނާއާ ދެކޮޅަށް ކުޅުނު ކޯޕާ ޑެލް ރޭ ފައިނަލްގެ ކުރިން ރެއަލް މެޑްރިޑްގެ ޓީވީ ޗެނަލުން ރެފްރީ ރިކާޑޯ ޑެ ބާގޮސް ބެންގޮއެޗެއާއަށް ފާޑުކިޔުމުންނެވެ.

އާރްއެފްއީއެފްއިން މި ގެނައި ބަދަލާއެކު، ރެފްރީންނަށް ކުރިމަތިވާ ނޭދެވޭ އަސަރުތައް މަދުވެ، އެފަރާތްތަކަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލްއިން އެލަންސޯ ވަކިނުކުރަން ނިންމުމުން ބާސެލޯނާގެ ސަޕޯޓަރުންނަށް ދެޢީދު އެއްފަހަރާ ލައްވާލައިފިކުޅިވަރު | 3 ދުވަސް ކުރިންޒަބީބޯލް ފޫގޮސް ސިޓީއަތުން ބަލިވެ އެލަންސޯ ކަރުތާފެނުގައިކުޅިވަރު | 4 ދުވަސް ކުރިންމިރޭ ރެއާލް މެޑްރިޑް ބަލިވެއްޖެނަމަ ޒަބީ އެލަންސޯ ކޯޗުކަމުން ބޭރުކުރަނީ - ރިޕޯރޓްސްކުޅިވަރު | 5 ދުވަސް ކުރިންފަޓާސްބަރިއެއްހެން ކާޑުބަހާލައި 9 މީހުންނާއެކު ކުޅުނު މެޑްރިޑްގެ ދަނޑުގައި 19 އަހަރުފަހުން އެޓީމުބަލިކޮށްފިކުޅިވަރު | 7 ދުވަސް ކުރިން