logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލީގު ފޭސްގައި ރެއާލް އަށް ދޯކާދިން ބެންފީކާގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށް ނޮކްއައުޓް ފުރަތަމަ ބުރު ރެއާލްއަށް

އަބްދުﷲ ޣާނިމް
18 ފެބްރުއަރީ 2026 - 05:36
ލީގު ފޭސްގައި ރެއާލް އަށް ދޯކާދިން ބެންފީކާގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށް ނޮކްއައުޓް ފުރަތަމަ ބުރު ރެއާލްއަށް

ޗެމްޕިއަންސް ލީގު ޕްލޭ-އޮފްގެ ފުރަތަމަ ލެގުގައި ބެންފީކާގެ އެސްޓާޑިއޯ ޑާ ލޫޒްގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ކުރިހޯދައިފިއެވެ. މި މެޗުގައި ރެއާލް މެޑްރިޑަށް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއަރއެވެ. ނަމަވެސް، މި މެޗު ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ދަނޑުމަތީގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ނޭދެވޭ މަންޒަރުތަކެއްގެ ސަބަބުންނެވެ.

މެޗުގެ 50 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއަރ ލަނޑު ޖެހިތަނާހެން، ކުޅުން 10 މިނެޓަށް މެދުކަނޑާލަން ޖެހުނެވެ. ވިނީޝިއަސްއާ ދިމާލަށް ބުނި ބަހެއްގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ކުޅުން ކުރިއަށް ގެންދަން ބޭނުންނުވެގެން ބެންޗުގައި އިށީނެވެ. ޔޫއެފާގެ ނަސްލީ އިމްތިޔާޒުގެ ޕްރޮޓޮކޯލްގެ ދަށުން ރެފްރީ ފްރާންސުއާ ލެޓެކްސިއޭ މެޗު މެދުކަނޑާލީ، ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީއާ ދެމެދު ހިނގި ކަންތައްތަކަކާ ގުޅިގެން ވިނީޝިއަސް ޝަކުވާ ހުށަހެޅުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ކީލިއަން އެމްބާޕޭއަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ބެންފީކާގެ ކީޕަރު އަނަޓޯލީ ޓްރޫބިންއެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވިނީޝިއަސް ވަނީ ބެންފީކާގެ އަމާރް ޑެޑިކް ކައިރިން ނައްޓާލުމަށްފަހު، އޭރިއާގެ އަރިމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ރެއާލަށް ލީޑު ހޯދައިދީފައެވެ.

މެޗުގެ ފަހުކޮޅުގައި ބެންފީކާގެ ބެންޗުގައި މަސްލަހަތު ގޯސްވެ، އެ ޓީމުގެ ކޯޗު ޖޯސޭ މޮރީނިއޯއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މޮރީނިއޯއަށް ރަތް ކާޑު ދެއްކީ ދެ ސިކުންތެއްގެ ތެރޭގައި ދެ ރީނދޫ ކާޑު ދެއްކުމަށްފަހުއެވެ. މީގެ އިތުރުން، އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 13 މިނެޓުގެ ތެރޭގައި ކޯނަރެއް ނަގަން މަޑުކޮށްގެން ހުރި ވިނީޝިއަސްގެ ގަޔަށް ސަޕޯޓަރުން ވަނީ ފުޅިއަކުންވެސް ޖަހާފައެވެ.

މި ލަނޑާއެކު ވިނީޝިއަސް ވަނީ ޗެމްޕިއަންސް ލީގުގައި 31 ލަނޑު ހަމަކޮށް، ބްރެޒިލްގެ ކުރީގެ ތަރި ކަކާ (30 ލަނޑު) ފަހަތަށް ޖައްސާލާފައެވެ. މިހާރު އޭނާއަކީ މި މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ބްރެޒިލް ކުޅުންތެރިޔާއެވެ. މި ލިސްޓުގެ އެއްވަނައިގައި 43 ލަނޑާއެކު އޮތީ ނޭމާ އެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވި ނަމަވެސް، މެޗުގެ ތެރޭގައި ހިނގާދިޔަ ނަސްލީ ތަފާތުކުރުންތަކުގެ މައްސަލަ ޔޫއެފާއިން ބަލާނެ ކަމަށް ބެލެވެއެވެ. ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރެއާލް މެޑްރިޑުގެ ދަނޑުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮކްއައުޓް ފުރަތަމަ މެޗު ހޫނުވެ، ފުޓްބޯޅައިގެ ނަސްލީ ތަފާތުކުރުންތަކާ ގުޅޭ ބޮޑު ބަހުސެއް އުފެދިއްޖެކުޅިވަރު | ގަޑިއިރެއް ކުރިންލީގު ފޭސްގައި ރެއާލް އަށް ދޯކާދިން ބެންފީކާގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށް ނޮކްއައުޓް ފުރަތަމަ ބުރު ރެއާލްއަށްކުޅިވަރު | ގަޑިއިރެއް ކުރިންލިވަޕޫލުގެ މިސީޒަނުގ އެންމެ މޮޅުކުޅުންތެރިޔާ ސަބޮޒްލައިގެ ޑްރީމް ޓީމަކީ ރެއާލް - ޤައުމީ ޓީމުގެ ކޯޗުކުޅިވަރު | ދުވަހެއް ކުރިންރެއާލް މެޑްރިޑް އެކަނި އެންމެ ފަހުން ހަތިޔާރު ބަހަަށްޓައި ސުޕަލީގު ދޫކޮށްލުމަށް ޔުއޭފާއާއެކު އެއްބަސްވުމަކަށް އައިސްފިކުޅިވަރު | 6 ދުވަސް ކުރިން