logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނޮކްއައުޓް ފުރަތަމަ މެޗު ހޫނުވެ، ފުޓްބޯޅައިގެ ނަސްލީ ތަފާތުކުރުންތަކާ ގުޅޭ ބޮޑު ބަހުސެއް އުފެދިއްޖެ

އަބްދުﷲ ޣާނިމް
18 ފެބްރުއަރީ 2026 - 05:50
ނޮކްއައުޓް ފުރަތަމަ މެޗު ހޫނުވެ، ފުޓްބޯޅައިގެ ނަސްލީ ތަފާތުކުރުންތަކާ ގުޅޭ ބޮޑު ބަހުސެއް އުފެދިއްޖެ

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ރެއާލް މެޑްރިޑާއި ބެންފީކާ ބައްދަލުކުރި މެޗުގައި ރެއާލްގެ ވިނީޝިއަސް ޖޫނިއާއަށް ބެންފީކާގެ ކުޅުންތެރިއަކު ނަސްލީ ގޮތުން ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ފުޓްބޯޅަ ދުނިޔޭގައި ބޮޑު ބަހުސެއް އުފެދިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބެންފީކާގެ އާޖެންޓީނާ ޑިފެންޑަރު ޕްރެސްޓިއާނީ، ވިނީޝިއަސްއާ ދިމާލަށް ބޭއަދަބީ ބަހެއް ބޭނުންކުރުމާ ގުޅިގެންނެވެ.
މިމައްސަލައިގައި ރެފްރީ ވަނީ ޔުއޭފާގެ ނަސްލީ ތަފާތުކުރުންތަކުގެ ގަވާއިދިތަކުގެ ތެރެއިން ރޭގެ މެޗު 10 މިނިޓަށް މެދުކަނޑާލާފައެވެ. ރޭގެ މެޗުގައި އާޖެންޓީނާގެ ކުޅުންތެރިއެއްކަމަށްވާ ޕްރިސްޓިއާނީ ވަނީ އަނގަމަތީގައި ޖޯޒީ އަޅައި ވިނީޝިއަސް އާއި ދިމާލަށް އޭނެ ރުޅިއަރުވާލުމަށް ކޮންމެވެސް އެއްޗެކޭ ބުނެފައެވެ. މިއާއެކު ވިނީ ވަނީ ވަގުތުން ރެފްރީއަށް އެކަން އަންގައި ދަނޑުން ފައިބާފައެވެ.

މި މައްސަލައިގައި ރެއާލް މެޑްރިޑްގެ ތަރި ކީލިއަން އެމްބާޕޭ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްބާޕޭ ބުނި ގޮތުގައި "ޕްރެސްޓިއާނީ ދެން ދުވަހަކުވެސް ޗެމްޕިއަންސް ލީގުގައި ކުޅެގެން ނުވާނެ" އެވެ. އަދި ނަސްލީ ފުރައްސާރައިގެ ސަބަބުން ދަނޑު ދޫކޮށް ދިއުމާ މެދު ވިނީޝިއަސްއާ މަޝްވަރާކުރި ކަމަށާއި، މިފަދަ ކަންކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެމްބާޕޭ ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި ކުޅުންތެރިންނަކީ ކުޑަކުދިން ނަމޫނާ ނަގާ ބަޔަކަށްވާއިރު، މިފަދަ އަމަލުތައް ބަލައިނުގަނެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގަން މެދުވެރިވީ ވިނީޝިއަސް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރުމުގެ ގޮތުން ނެށުމުން، ބެންފީކާގެ ސަޕޯޓަރުން އޭނާއަށް މަލާމާތްކޮށް އަޑުގަދަ ކުރަން ފެށުމުންނެވެ. ރެއާލްގެ މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީ ބުނި ގޮތުގައި ޕްރެސްޓިއާނީ ވިނީޝިއަސްއާ ދިމާލަށް ބުނީ "މަކުނު" (monkey) ކަމަށެވެ. ނަމަވެސް ޕްރެސްޓިއާނީ އެކަން ދޮގުކޮށް ބުނެފައިވަނީ އޭނާ ބޭނުންކުރީ އެހެން ބޭއަދަބީ ބަހެއް ކަމަށެވެ. ފެޑެ ވަލްވާޑޭ ބުނި ގޮތުގައި ޕްރެސްޓިއާނީ ވާހަކަ ދެއްކީ މޫނު ނިވާކޮށްގެން ކަމަށާއި، އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މި މައްސަލައިގައި ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯގެ ހިޔާލު ތަފާތެވެ. މޮރީނިއޯ ބުނީ ވިނީޝިއަސް 60,000 ސަޕޯޓަރުންގެ ކުރިމަތީގައި އެގޮތަށް އުފާފާޅުކޮށް މީހުން ރުޅިއަރުވައިގެން ނުވާނެ ކަމަށެވެ. "ވިނީޝިއަސްއަކީ މޮޅު ކުޅުންތެރިއެއް، އެކަމަކު އުފާފާޅުކުރަންވާނީ އިހުތިރާމާއެކު ޓީމު ކުޅުންތެރިންނާއެކު،" މޮރީނިއޯ ބުންޏެވެ. އަދި ބެންފީކާއަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ ކްލަބެއް ނޫން ކަމަށާއި، ދެ ކުޅުންތެރިން ދައްކަނީ ދެ ވާހަކައެއް ކަމަށްވާތީ ވަކި ފަރާތަކަށް ޖެހެން ބޭނުންނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން މިހާރު ބެންފީކާއިން ވަނީ ޕްރިސްޓިއާނީގެ ދިފާއުގައި އެކްސްގައި ވާހަކަ ދައްކާފައެވެ. އެގޮތުން ކުޅުންތެރިން ތިބި ހިސާބުން އޭނާ އެފަދަ ވާހަކައެއް ދެއްކި އަޑުނީވޭނެ ކަމަށްބުނެ ކުލަބުން ވަނީ ޓްވީޓްކޮށްފައެވެ. މީގެ އިތުރުން ހޮލެންޑްގެ ލެޖެންޑް ސްނެއިޑަރ ބުނެފައިވަނީ ވިނީ އާއި ދިމާލަށް ނަސްލީގޮތުން އެއްޗެކޭ ބުނިކަމަށް ޔަގީންވާކަމަށެވެ. މީގެ އިތުރުން އާސެނަލް އަދި ބާސާގެ ލެޖެންޑް އޮންރީވެސް ވަނީ ވިނީ ގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

މި މެޗުގައި ވިނީޝިއަސް އުފާފާޅުކުރި ގޮތުން އޭނާއަށް ރީނދޫ ކާޑެއްވެސް ވަނީ ދައްކާފައެވެ. މި ހާދިސާއާ ގުޅިގެން ޕްރެސްޓިއާނީއަށް ޔޫއެފާއިން ފިޔަވަޅެއް އަޅާނެތޯ މިހާރު ގިނަ ބަޔަކު އަންނަނީ ބަލަމުންނެވެ.
މީގެ އިތުރުން މީގެ ކުރިންވެސް ވިނީ އާއި ދިމާލަށް ނަސްލީ ތަފާތުކުރުންތަލުގެ މައްސަލައިގައި ފުޓްބޯޅައިގެ މަޝްހޫރު ލެޖެންޑުން މީގ ކުރިން ވަނީ އޭނައާއި އެއްކޮޅަށް އަރާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮކްއައުޓް ފުރަތަމަ މެޗު ހޫނުވެ، ފުޓްބޯޅައިގެ ނަސްލީ ތަފާތުކުރުންތަކާ ގުޅޭ ބޮޑު ބަހުސެއް އުފެދިއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންލީގު ފޭސްގައި ރެއާލް އަށް ދޯކާދިން ބެންފީކާގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށް ނޮކްއައުޓް ފުރަތަމަ ބުރު ރެއާލްއަށްކުޅިވަރު | 2 ގަޑިއިރު ކުރިންލިވަޕޫލުގެ މިސީޒަނުގ އެންމެ މޮޅުކުޅުންތެރިޔާ ސަބޮޒްލައިގެ ޑްރީމް ޓީމަކީ ރެއާލް - ޤައުމީ ޓީމުގެ ކޯޗުކުޅިވަރު | ދުވަހެއް ކުރިންރެއާލް މެޑްރިޑް އެކަނި އެންމެ ފަހުން ހަތިޔާރު ބަހަަށްޓައި ސުޕަލީގު ދޫކޮށްލުމަށް ޔުއޭފާއާއެކު އެއްބަސްވުމަކަށް އައިސްފިކުޅިވަރު | 6 ދުވަސް ކުރިން