logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނަސްލީގޮތުން ދިމާކުރި ބެންފީކާއަށް ވިނީސިއަސްގެ ފަރާތުން ވަރުގަދަ ރަށްދެއްދީ މުބާރާތުން ބޭރުކޮށްލައިފި

އަބްދުﷲ ޣާނިމް
26 ފެބްރުއަރީ 2026 - 04:15
ނަސްލީގޮތުން ދިމާކުރި ބެންފީކާއަށް ވިނީސިއަސްގެ ފަރާތުން ވަރުގަދަ ރަށްދެއްދީ މުބާރާތުން ބޭރުކޮށްލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފްގެ ދެވަނަ ލެގުގައި ބެންފީކާގެ މައްޗަށް 2-1 އިން ކުރިހޯދައި، މުބާރާތުގެ ގަދަ 16 އިން ރެއާލް މެޑްރިޑް ޖާގަ ކަށަވަރުކޮށްފިއެވެ. އަލްވާރޯ އަރްބެލޯއާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރެއާލް މެޑްރިޑް މި މެޗުން މޮޅުވުމާއެކު، އެގްރިގޭޓް 3-1 ގެ ނަތީޖާއަކުން ވަނީ ކުރިހޯދާފައެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ބެންފީކާއިން ވަނީ ލަނޑެއް ޖަހައި ސެންޓިއާގޯ ބާނަބިއު ހިމޭންކޮށްލާފައެވެ. ރަފާ މި ލަނޑު ކާމިޔާބުކުރީ ރެއާލްގެ ރައުލް އަސެންސިއޯ އަތުން ބައިކޮޅަށް ވަންނަން ދިޔަ ބޯޅައެއް ކީޕަރު ކޯޓުއާ ދިފާއުކުރުމުން، ރިބައުންސްގައި ލިބުނު ފުރުސަތުގައެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ފެޑެރީކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތަކުން އައުރެލިއަން ޗުއަމެނީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި އާރްދާ ގުލާ ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ޖެހި ވަގުތު ގޮންޒާލޯ ގާސިއާ އޮފްސައިޑްގައި ހުރުމުން އެ ލަނޑުވަނީ ބާތިލް ކޮށްފައެވެ. ރެއާލް މޮޅުވި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ.

ވިނީޝިއަސް މިހާރު ވަނީ ރެއާލް މެޑްރިޑަށް ކުޅުނު އެންމެ ފަހު ފަސް މެޗުގައި ޖުމްލަ ހަ ލަނޑު ޖަހާފައެވެ. މިއީ އޭނާގެ ކެރިއަރުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހި ރެކޯޑާ އެއްވަރުވުމެކެވެ. މީގެ އިތުރުން، މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރެއްގެ ދެ ލެގުގައި ވެސް އޭނާ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މިމޮޅާއެކު ރެއާލް ގަދަ 16 ގައި ވާދަ ކުރަންޖެހޭނީ މެންޗެސްޓަރ ސިޓީ ނުވަތަ ސްޕޯޓިންގ އާއެވެ. ގަދަ 16 ގެ ގުރުއަތުލުން އޮންނާނީ މާދަމާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސްލީގޮތުން ދިމާކުރި ބެންފީކާއަށް ވިނީސިއަސްގެ ފަރާތުން ވަރުގަދަ ރަށްދެއްދީ މުބާރާތުން ބޭރުކޮށްލައިފިކުޅިވަރު | 2 ގަޑިއިރު ކުރިންމެޑްރިޑްއަށް ތަށީގެ ވަސްޖެހިލާފައި ގޮސްފި، ހުރިހާ ބާރެއް ބާސާއަށްކުޅިވަރު | 4 ދުވަސް ކުރިންނޮކްއައުޓް ފުރަތަމަ މެޗު ހޫނުވެ، ފުޓްބޯޅައިގެ ނަސްލީ ތަފާތުކުރުންތަކާ ގުޅޭ ބޮޑު ބަހުސެއް އުފެދިއްޖެކުޅިވަރު | 8 ދުވަސް ކުރިންލީގު ފޭސްގައި ރެއާލް އަށް ދޯކާދިން ބެންފީކާގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށް ނޮކްއައުޓް ފުރަތަމަ ބުރު ރެއާލްއަށްކުޅިވަރު | 8 ދުވަސް ކުރިން