logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމްބާއްޕޭގެ ބޯފަޅައިގެންދިޔަސް ރެފްރީންގެ ނިންމުން މުލިޔަކުން ގޯހެއް ނޫން

އަބްދުﷲ ޣާނިމް
15 އޭޕްރީލު 2026 - 03:33
އެމްބާއްޕޭގެ ބޯފަޅައިގެންދިޔަސް ރެފްރީންގެ ނިންމުން މުލިޔަކުން ގޯހެއް ނޫން - ރެފްރީސް ކޮމިޓީ

ސްޕެއިންގެ ރެފްރީންގެ ޓެކްނިކަލް ކޮމިޓީ (ސީޓީއޭ) އިން ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗުގައި ކީލިއަން އެމްބާޕޭއަށް ކުރި ފައުލާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތައް މުރާޖައާކޮށް، އެ ހާދިސާގައި ވީއޭއާރު ނުބަލަން ރެފްރީ ނިންމި ނިންމުމުގައި ކުށެއް ނެތް ކަމަށް ނިންމައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މެޗުގެ 87 ވަނަ މިނެޓުގައެވެ. ޖިރޯނާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ރެއިސްގެ އުޅަނބޮށިން އެމްބާޕޭގެ މޫނުމަތީގައި ޖެހުމުގެ ސަބަބުން އޭނާގެ ނޭފަތުން ލޭ އައިސް، މެޑިކަލް ފަރުވާ ހޯދަން ޖެހުނެވެ. ނަމަވެސް، ދަނޑުމަތީގައި ހުރި ރެފްރީ އެއީ ޕެނަލްޓީއެއް ކަމަށް ނިންމާފައެއް ނުވެއެވެ. އަދި ވީއޭއާރު ބަލަން ވަނީ ދެކޮޅުހަދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސީޓީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ހާދިސާއާ މެދު "ތަފާތު ގޮތްގޮތަށް މާނަކުރުމުގެ ފުރުސަތު އެބައޮތް" ކަމަށާއި، އަދި އެއީ "ޕެނަލްޓީއެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑު" ކަމަށެވެ. އެހެންނަމަވެސް، ރެފްރީ އެ ނިންމުން ނިންމީ އޭނާއަށް އެ މަންޒަރު ފެނުނު ގޮތުގެ މައްޗަށް ބިނާކޮށް ކަމަށް އެ ކޮމިޓީން ފާހަގަކުރިއެވެ.

ވީއޭއާރުގެ ދައުރާ ގުޅޭގޮތުން ކޮމިޓީން ބުނީ، "ވީއޭއާރުން އެކަމުގެ ތެރެއަށް ނުވަދެ އޮތުމަކީ ރަނގަޅު ނިންމުމެއް" ކަމަށެވެ. ސަބަބަކީ އެއީ ރެފްރީގެ ފަރާތުން ފެނުނު ސާފު އަދި ބޮޑު ގޯހަކަށް ނުވާތީ ކަމަށް އެ ފަރާތުން ތަފްސީލްކޮށްދިނެވެ.

ކޮމިޓީން އިތުރަށް ފާހަގަކުރި ގޮތުގައި، ރެއިސްގެ އަތް އެމްބާޕޭގެ މޫނުގައި ޖެހުނު ގޮތުން އެއީ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ބެލެވިދާނެއެވެ. ނަމަވެސް، ރެފްރީގެ ނިންމުމަކީ ކަނޑައެޅިގެން ގޯސް ނިންމުމެއް ކަމަށް ބުނަން އެ ކޮމިޓީން ވަނީ އިންކާރުކޮށްފައެވެ. މީގެ އިތުރުން މީގެ ކުރިން އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި ރެފްރީ ޕެނަލްޓީ ނުދިނީ ހެދުނު ގޯހަކުންކަމަށް މިދިޔަ ހަފްތާގައި ރެފްރީންގެ ކޮމިޓީއިން ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބާއްޕޭގެ ބޯފަޅައިގެންދިޔަސް ރެފްރީންގެ ނިންމުން މުލިޔަކުން ގޯހެއް ނޫން - ރެފްރީސް ކޮމިޓީކުޅިވަރު | ގަޑިއިރެއް ކުރިންޖިރޯނާއާއި އެއްވަރުވެ ރެއާލް މެޑްރިޑުން އެލް ކްލެސިކޯގައި ބާސެލޯނާއަށް ތަށި ހޯދުމުގެ ފުރުސަތު ހޯދައިދީފިކުޅިވަރު | 4 ދުވަސް ކުރިންޗެންޕިއަންސްލީގުގެ ކިންގްކަމަށް ހެދިގެންއުޅޭ ރެއާލްގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށް ބަޔާން ސެމީއާއި ގާތަށްކުޅިވަރު | 7 ދުވަސް ކުރިންރެލިގޭޝަނުގައި އޮތް ޓީމެއް އަތުން މެޑްރިޑް ބަލިވެ ލީގުހޯދުމުގެ އްމީދު ފަނުފުލަށްކުޅިވަރު | 10 ދުވަސް ކުރިން