logo
Bank of Maldives

Bank of Maldives

ޚަބަރު

ނޭކުރެންދޫގައި ބެހެއްޓި 400 ކިލޯވޮޓުގެ އައު ޖެންސެޓް ބޭނުން ކުރަން ފަށައިފި

އައިމިނަތު މޫސާ
9 އޯގަސްޓު 2025 - 11:33
ނޭކުރެންދޫގައި ބެހެއްޓި 400 ކިލޯވޮޓުގެ އައު ޖެންސެޓް ބޭނުން ކުރަން ފަށައިފި

ހދ. ނޭކުރެންދޫއަށް ގެންދިޔަ 400 ކިލޯވޯޓުގެ އައު ޖެންސެޓް އިންސްޓޯލްކުރުމަށްފަހު، ބޭނުން ކުރަން ފަށަފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން "އެކްސް"ގައި ކުރި ޕޯސްޓުގައި ބުނީ، ނޭކުރެންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކަައި އެރަށަށް ގެންގޮސްފައިވާ 400 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލުކުރުމަށް ފަހު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މިއާއެކު އެރަށުގެ ކަރަންޓު މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

ފެނަކައިން ރާއްޖޭގެ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާތާ ދުވަސްތަކެއްވެފައިވާއިރު ގިނަ ރަށްތަކުގެ ޖެންސެޓުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެކުންފުނިން ކުރިން ވަނީ ފާހަގަކޮށްފައެވެ. މީގެ ކުރީގެ ސަރުކާރުތަކުން ރަށްރަށަށް ފޯރުކޮށްދެމުންދާ ކަރަންޓަށް އިހުމާލުވެފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާބާދީ ކުދި ރަށްތަކާއި، އާބާދީ ބޮޑު ސިޓީތަކުގައިވެސް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! ފެނަކައިގެ ނަމުގައި ބިލުތަކުން ފައިސާ ދޭނެކަމަށް ބުނެ ޕޭޖެއް ހިންގަނީޚަބަރު | 4 ދުވަސް ކުރިންލ. ގަމަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިން، މިރޭގެ ވަގުތެއްގައި ކަރަންޓުދެވޭނެ: ފެނަކަޚަބަރު | 5 ދުވަސް ކުރިންފުވައްމުލަކު ފެނުގެ މައްސަލަ: މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި ޚަބަރު | 7 ދުވަސް ކުރިންފެނަކައިން ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައިވެސް ކޮރަޕްޝަންޚަބަރު | 8 ދުވަސް ކުރިން