logo
ޚަބަރު

50 ކައުންސިލް ޢިމާރާތުގެ ފިޒިބިލިޓީ ހެދުމުގެ މަސައްކަތް ފެށިއްޖެ

އާމިނަތު ޝަފާ
10 އޯގަސްޓު 2025 - 09:45
50 ކައުންސިލް ޢިމާރާތުގެ ފިޒިބިލިޓީ ހެދުމުގެ މަސައްކަތް ފެށިއްޖެ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 50 ކައުންސިލް ޢިމާރާތުގެ ފިޒިބިލިޓީ ހެދުމުގެ މަސައްކަތް ފެށިއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނީ މާލެ އަތޮޅުގެ ގުރައިދޫ، ހިންމަފުށި، ތުލުސްދޫ، ގާފަރު އަދި ކާށިދޫއަށް ޗައިނާގެ ޓެކްނިކަލް ޓީމުގެ ބޭފުޅުންނާއި ވުޒާރާގެ ޕްރޮޖެކްޓް ޑިޕާޓްމެންޓްގެ ބޭފުޅުން ވަނީ ޒިޔާރަތްކޮށް ފީޒިބިލިޓީ ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވަގުތު ޓީމުގެ ބޭފުޅުން މަސައްކަތްކުރަމުން އަންނަނީ ރ. އަތޮޅުގައެވެ. 50 ކައުންސިލް ޢިމާރާތުގެ ތެރޭގައި ރ. އަތޮޅު ވާދޫއާއި، ހުޅުދުއްފާރުގައި ކައުންސިލް އެޅުމަށް ހަމަޖެހިފައި ވެއެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް އަލުން ޢިމާރާތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވައި މަޝްރޫޢެކެވެ.

ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުގައި 50 ކައުންސިލެއް ތަރައްގީކުރުމަށް ނިންމާފައިވާއިރު މިއީ ޕްރީ ފެބްރިކޭޓެޑް އިމާރާތްތަކެކެވެ.

މި މަޝްރޫއުގެ ދަށުން ސްޓޭންޑަޑައިޒްޑް ޒަމާނީ ވޯކް ސްޕޭސްތައް ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއާއެކު ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުރި އުޅަނދުތައް ނަގަނީޚަބަރު | 19 ދުވަސް ކުރިން50 ކައުންސިލް ޢިމާރާތުގެ ފިޒިބިލިޓީ ހެދުމުގެ މަސައްކަތް ފެށިއްޖެ ޚަބަރު | 25 ދުވަސް ކުރިންކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން އިސްކަންދޭ: ވަޒީރު އާދަމް ޝަރީފު ޚަބަރު | މަހެއް ކުރިންކައުންސިލުތަކުގެ އާމްދަނީ އިތުރުކުރުމާ ގުޅޭ މަޝްވަރާތަކެއް ފަށައިފިޚަބަރު | މަހެއް ކުރިން