logo
ޚަބަރު

މިދިޔަ މަހުވެސް ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރު

އަޙްމަދު ޒަލީފް
10 އޯގަސްޓު 2025 - 11:59
މީރާގެ ސާރވިސް ސެންޓަރ
މީރާގެ ސާރވިސް ސެންޓަރ

ޖުލައި މަހު މީރާ މެދުވެރިކޮށް ދައުލަތަށް 3.39 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި އާ އަޅާބަލާއިރު، މި އަހަރުގެ ޖުލައި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީންޓެކުހާއި އެއަރޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %15.4 އިތުރު އަދަދެކެވެ. އަދި، މި އަހަރު ޖުލައިގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.8 އިތުރު އަދަދެކެވެ.

ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީ އިން ނަގާ ޓެކުހެވެ. އެއީ %48.9 ނުވަތަ 165.6 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީއެވެ. އެއީ %31.7 ނުވަތަ 107.2 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 159.7 މިލިއަން ރުފިޔާ (%4.7)،އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 149.5 މިލިއަން ރުފިޔާ (%4.4)، ޑިޕާރޗަރ ޓުކުހުގެގޮތުގައި 139.9 މިލިއަން ރުފިޔާ (.1%4) އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 69.7 މިލިއަން ރުފިޔާ (%2.1) ބަލައިގަނެފައިވެއެވެ.

މިދިޔަ ޖުލައި މަހުގައި ލިބިފައިވާ އާމްދަނީގެ %14.9 އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. މީގެ އިތުރުން، އާމްދަނީގެ %7.4 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.

އަދި މިދިޔަ ޖުލައިގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ ބޯޑަށް އައްޔަންކުރުމަށް 4 ބޭފުޅަކަށް ރުހުންދީފި ޚަބަރު | 4 ދުވަސް ކުރިންމީރާގެ އިދާރީ މުސްތަޤިއްލުކަން އިތުރުކުރުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތައް ގެންނަނީޚަބަރު | 20 ދުވަސް ކުރިންއެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް މީރާއިން އެވޯޑު ދީފި ވިޔަފާރި | 21 ދުވަސް ކުރިންމިދިޔަ މަހުވެސް ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރު ޚަބަރު | 21 ދުވަސް ކުރިން