logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް މީރާއިން އެވޯޑު ދީފި

އަޙްމަދު ޒަލީފް
10 އޯގަސްޓު 2025 - 12:27
އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް މީރާއިން އެވޯޑު ދީފި

ފާއިތުވި 15 އަހަރުގެ ތެރޭގައި ޓެކުހުގެ ގޮތުގައި އެންމެ ގިނައިން މީރާއަށް ފައިސާދައްކާފައިވާ ފަރާތްތަށް ދެނެގަނެ، އެ ފަރާރްތަކުގެ އަގު ވަޒަންކުރުމަށް "ރަން ފަނަރަ" އެވޯޑްނަމުގައި ޚާއްސަ އެވޯޑެއް ދީފިއެވެ.

"ރަން ފަނަރަ" އެވޯޑު ލިބުނު ފަރާތްތައް:

Ad by Hajj Corporation

Ad by Hajj Corporation

- ބޭންކް އޮފް މޯލްޑިވްސް
- ދިރާގު
- އައި އެންޑް ޓީ މެނޭޖްމަންޓް
- އިތާފުށި އިންވެސްޓްމެންޓް
- ކާސާ ހޯލްޑިންގްސް
- ކުރެއްދޫ ހޯލްޑިންގްސް
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)
- އުރީދޫ މޯލްޑިވްސް
- ގަތަރު އެއާވޭސް
- ރީތި ރަށް ރިސޯޓް
- ސްޓޭޓް ބޭންކް އޮފް އިންޑިއާ
- އެސްޓީއޯ
- ޓީއެމްއޭ
- ޔުނިވާސަލް އެންޓަޕްރައިސަސް
- ވިލާ ޝިޕިން އެންޑް ޓްރޭޑިން

މި އެވޯޑު ދީފައިވަނީ މީރާގެ 15ވަަނަ އަހަރީ ދުވަހުގެ މުނާސަބުތުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެހަފްލާގެ ޝަރަފުވެރި މެހެމާން، މާލީ ކަންކަމާއި ތަރައްޤީއާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

މީރާއިން އަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ރަންފަނަރަ އެވޯޑް ދިނުމުގައިވެސް ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި އާންމުކުރިއެެވެ. އަދި މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ޙަފްލާގައި މީރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 10 އަހަރުގެ ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނާއި 15 އަހަރު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ޚާއްސަ އެވޯޑް ދީފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭރު ފައިސާއިން ލިބުނު އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެޚަބަރު | 15 ދުވަސް ކުރިންޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ 135 ފަރާތެއްގެ ނަން ހާމަކޮށްފިޚަބަރު | މަހެއް ކުރިންފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓް އިތުރު ޚަބަރު | 2 މަސް ކުރިން